އިންޑިއާއިން ރާއްޖެއަށް 70 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިންޑިއާއިން ރާއްޖެއަށް 70 މިލިއަން ރުފިޔާ ދޭން ނިންމީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ހިންގުމާ ބެހޭ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރް އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މި އެމް.އޯ.ޔޫގެ ދަށުން ރާއްޖޭގެ އެކި ރަށު އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 9 ނުވަތަ 10 ހައި-އިމްޕެކްޓް މަޝްރޫއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދޭނެ އެވެ.

އެގޮތުން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާއި، ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި، ސިއްހަތާއި ކޮމިއުނިޓީ ޑިވެލޮޕްމެންޓް، ތިމާވެއްޓާއި ސަގާފީ ތަރިކަ ހިމާޔަތް ކުރުން އަދި އަންހެނުން ބާރުވެރިކުރުވުމުގެ އިތުރުން ކުޑަކުދިންގެ ވެލްފެއާއާއި ގުޅުން ހުރި ދާއިރާތައް ހިމެނެއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދގެ ޖެނެރަލް އެސެމްބްލީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން