އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް
އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ ޕްރެސް ސެކްރެޓަރީ، ކޭޓީ މިލަރ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހަށް ހުކުރު ދުވަހު ޕޮޒިޓިވްވެފައި ވީނަމަވެސް، ޕެންސް އަމިއްލަފުޅަށް ކަރަންޓީނުވެ ވަޑައިގެން ނުހުންނަވަން ނިންމަވައިފިއެވެ.

ޕެންސްގެ ސްޕޯކްސްޕާސަން، ޑެވިން އޯމެލީ ވިދާޅުވީ ނައިބު ރައީސް އަމަލުކުރައްވާނީ ވައިޓް ހައުސްގެ ސިއްހީ މާހިރުންގެ ޓީމުގެ ލަފަޔާއި އިރުޝާދުގެ މަތީން ކަމަށެވެ. އަދި އޭނާ ހުންނެވީ ކަރަންޓީނުގައި ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނައިބު ރައީސް ވަނީ ކޯވިޑް-19 އަށް ނެގެޓިވްވެފައިކަމަށާއި، ހޯމަ ދުވަހު ވައިޓް ހައުސްއަށް ވަޑައިގަތުމަށް ވެސް ޕެންސް ނިންމަވާފައިވާކަމަށް އޯމެލީގެ ބަޔާނުގައި ވެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާ ކޮންޓެކްޓްވާ މީހުންނަކީ ހައިރިސްކް މީހުން ކަމުގައި ބަލައި އެމީހުން ނެގެޓިވްވި ވިޔަސް ބަލީގެ އަލާމާތެއް ފެނޭތޯ ކަރަންޓީނުކޮށްގެން ވަކި މުއްދަތެއް ވަންދެން ބެލުމަކީ ބަލީގައި އަމަލު ކުރާ މިންގަނޑުގެ ތެރޭގައި ގެންގުޅޭ އުސޫލެކެވެ.

މިލަރއާއި ބައްދަލުވެފައިވާ ކޯވިޑް-19 ޓާސްކްފޯހުގެ އިސް މެންބަރުން އަމިއްލައަށް ވަނީ ކަރަންޓީނަށް ވަޑައިގެންފައެވެ. މީގެ ތެރޭގައި، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑިރެކްޓަރ، ޑރ. އެންތަނީ ފައުޗީއާއި، ސެންޓަރސް ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީގެ ޑިރެކްޓަރު، ރޮބަރޓް ރެޑްފީލްޑް ގެ އިތުރުން، ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެފްޑީއޭގެ ކޮމިޝަނަރ ސްޓީވެން ހާހްން ހިމެނެއެވެ.

މައިކް ޕެންސްގެ އޮފީހުން ބުނެފައިވަނީ ނައިބު ރައީސްގެ ތާވަލު ކުރިއަށް އޮތް ދުވަސްތަކުގައި އޮންނާނީ ވަރަށް ލުއިކޮށް ކަމަށެވެ. ނަމަވެސް ފުރިހަމަ ކަރަންޓީނުވުމެއްގެ ގޮތުގައި ނައިބު ރައީސް މަޑެއް ނުކުރައްވާނެއެވެ.

ކޭޓީ މިލަރ ކައިވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް އެޑްވައިޒަރ، ސްޓީވެން މިލަރ އާއެވެ. ސްޓީވެން މިލަރ އަވަސް މުއްދަތެއްގައި ވައިޓް ހައުސްއަށް ވަޑައިގަތުމަށް ގަސްދުނުކުރެއްވި ނަމަވެސް، އޭނާ ހުކުރު ދުވަހު ވައިރަހަށް ނެގެޓިވްވެފައިވާކަން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


9

މުހައްމަދު ޝަފީގު

13-May-2020

ޑިމޮކްރަސީ ގެ ނަމޫނާ ގައުމުގެ ހާލު ހުރިގޮތް


12

ހަސަނު

12-May-2020

އޭ ބުރާންޗާ ކަލޭމެން ތިހެން އުަޅެގެން ކިހިނެއް ކަލޭމެން ރައްޔަތުންނަށްމަގު ދައްކީ އިސްތިއުފާ ދީ



ޓްރެންޑިން