ދީނުގެ މައިގަނޑު ތިންބައި
އިސްލާމް ދީނުގައި އޮންނަނީ މައިގަނޑު ތިން ބައެކެވެ. މިކަން ބަޔާން ކުރަށްވަނީ ކީރިތި رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ވަޑައިގެން ޖިބްރީލުގެފާނުގެ ދޫފުޅުންނެވެ. އެއީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމެވެ. މިތިން ބައިން އުފެދި ފުޅާވެގެން އައީ ބޮޑު ތިން ޢިލްމެކެވެ. އީމާންކަމުން އުފެދުނީ ޢަޤީދާގެ ޢިލްމެވެ. އިސްލާމްކަމުން އުފެދުނީ އިސްލާމީ ޝަރީޢަތާއި ފިޤުހު ޢިލްމެވެ. ތަޞައްވުފުގެ ޢިލްމު އުފެދިގެން އައިސް ދީނުގައި އޮތް އިޙްސާންކަމުގެ މަޤާމު ދައްކުވައިދިނެވެ. ޞޫފިއްޔަތަކީ މިއީއެވެ. މިއަށް ޢިލްމުއް ތަޒްކިޔާ ނުވަތަ ޢިލްމުލް އަޚްލާޤު ނުވަތަ ޢިލްމުއް ސުލޫކިއްޔާތު އޭވެސް ބުނެވެ. ވަލީވެރިކަމަކީ މިއީއެވެ. ޙަޤީޤީ ޞޫފީންނަކީ ﷲގެ ވަލީވެރިންނެވެ.
ތަޞައްވުފުގެ އަޞްލަކީ އިޙްސާންކަމެވެ.
ޞޫފިއްޔަތާއި ތަޞައްވުފުގައި މަސައްކަތް ކުރެވުމުން އައީ މީހާގެ ތަޤްވާވެރިކަން އިތުރު ކުރުމަށާއި ނަފްސު ޠާހިރުކޮށް އަޚްލާޤު މާތްކުރުމަށެވެ. މީހާގެ ކިބައިގައި ނަފްސުގެ ނަޒާހަތްތެރިކަން އުފައްދައި އޭނާ ވަރަޢަވެރިއަކަށް ހެދުމަށެވެ. އިޙްސާންކަމަކީ މިއީއެވެ. އެހެންކަމުން ޖިބްރީލުގެފާނު ވަޑައިގެން ކީރިތި ރަސޫލާއާ ކުރެއްވި ހަަތަރުސުވާލުގެ ތެރެއިން އެއްސުވާލަކީ مَا الْإِحْسَانُ؟ އެވެ. ޖަވާބުގައި ކީރިތި ރަސޫލާ ޙަދީޘުކުރެއްވީ: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ މިފަދައިންނެވެ. މާނައީ: އިޙްސާންކަމަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ކީރިތި ރަސޫލާ ޙަދީޘު ކުރެއްވަނީ، އިޙްސާންކަމަކީ އަޅާ ﷲ އަށް އަޅުކަން ކުރުމުގައި ތިމާގެ ކުރިމަތީ އެއިލާހު ވޮޑިގެންވާކަމާއި ތިމާގެ ލޮލަށް އެއިލާހު ފެންނަ ފަދައިން ހުރެ އަޅުކަން ކުރުމެވެ. އެހެނަސް ތިމާގެ ލޮލަށް ﷲ ނުފެންނާނެތީވެ، ތިމާގެ ކުރިމަތީގައި ﷲ ވޮޑިގެން އެބަވާކަމާއި އެއިލާހު ތިމާއަށް ބައްލަވައި ވޮޑިގެންވާކަން ޔަޤީންކޮށްގެން ހުރެ އެއިލާހަށް އަޅުކަން ކުރުމެވެ. މިއެވެ. އަޞްލު ޞޫފިއްޔަތާއި ތަޞައްވުމުގެ މަންހަޖަކީ މިއީއެވެ.
ސޫފިއްޔަތަކީ ބައެއް އަޞްޙާބު ބޭކަލުންގެ ކިބައިން ފެށުނު ކަމެކެވެ.
ޞޫފިއްޔަތު އުފެދުނީ ކީރިތި ރަސޫލާގެ ދުވަސްވަރުން ފެށިގެން ލޮބުވެތި އަޞްޙާބު ބޭކަލުންގެ ތެރެއިންނެވެ. ޚާއްޞަކޮށް ޚަލީފާވެރި ބޭކަލުންގެ ދުވަސްވަރުގައެވެ. رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މިސްކިތްކޮޅުގައި އަޅުކަމަށް ޚާއްޞަވެ ވަޑައިގެން އެކަމުގައި މަޝްޣޫލުވެ ތިއްބެވި ޞުއްފާގެ ބޭކަލުންނަކީވެސް ހަމަ ޞޫފީ ބޭކަލުންނެވެ.
ޞޫފީންގެ ތެރޭގައި ބޮޑެތި އިމާމުން ހިމެނިވަޑައިގަންނަވާ
ދީނުގެ ބޮޑެތި ޢިލްމުވެރިން ވަނީ ޞޫފިއްޔަތާ ބެހޭގޮތުން ފޮތްތައް ލިއުއްވާފައެވެ. މިފަދަ ފޮތްތައް ބެލުމުން އެކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ސާފުވާނެއެވެ. ހަމައެކަނި އެކަމާ އިންކާރުކޮށްފައި ތިބިމީހުންގެ ލިއުންތަކަކުން ޙަޤީޤަތް ނޭގޭނެއެވެ. މިގޮތުން ޞޫފީން ފެށުނު ދުވަސްވަރަށް ބަލާއިރު މިމަގު ފެށިފައިވަނީ ކުރީންވެސް ދެންނެވި ފަދައިން ޞަޙާބީންގެ ތެރެއިންނެވެ. އެހެންކަމުން ޞަޙާބީންގެ ތެރޭގައި ޞޫފީން ތިއްބެވިއެވެ. އަދި ތާބިޢީ ބޭކަލުންގެ ތެރޭގައިވެސް ޞޫފީން ތިއްބެވިއެވެ. އެހެންނަމަވެސް މިފައްނު ފައްކާވެ ދޮންވާން ފެށީ ހިޖުރައިން ތިންވަނަ ޤަރުނުގެ ތެރޭގައެވެ. މިގޮތުން ސައްޔިދުއްތާބިޢީންގެ ލަޤަބުން މަޝްހޫރުވެ ވަޑައިގެންފައިވާ އިމާމު އަލްޙަސަނުލް ބަޞްރީ (އުފަންވެ ވަޑައިގަތީ ހިޖުރައިން 110 ގައި) ހިމެނި ވަޑައިގަންނަވަނީ ޞޫފީންގެ ތެރެއިންނެވެ. އަދި ޞޫފިއްޔަތަށް އެނަން ދެއްވީވެސް އެކަލޭގެފާނު ކަމުގައި ބުނެވެއެެވެ. އެކަލޭގެފާނު މިކަމުގެ ބައެއް އުޞޫލުތައް ހޯއްދެވީ ހަތަރުވަނަ ޚަލީފާ އަލްއިމާމު ޢަލީ އިބްނި ޢަބީ ޠާލިބުގެ އަރިހުން ކަމުގައި ބުނެވެއެވެ. ހަމައެހެންމެ އިމާމު ސުފްޔާނުއް ޡައުރީ (އުފަންވެ ވަޑައިގަތީ ހިޖުރައިން 97 ގައި) އަކީ ޞޫފީއެކެވެ. މިނޫނަސް ޞޫފީންގެ ތެރޭގައި ބޮޑެތި މުޙައްދިޘުންނާއި ފިޤުހުވެރިންނާއި ޤާރީވެރިންނާއި އެނޫން ފައްނުތަކުގެ އިމާމުވެރި ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ. މިބޭކަލުންގެ ތެރޭން އިމާމު އަލްޖުނައިދު އަލްބަޣްދާދީއާއި އަޙްމަދު އައްރަފާޢީއާއި އަބޫ ސުލައިމާން އައްދާރާނީއާއި ޙައްމާދު އިބްނި މުސްލިމާއި ޢަބްދުލް ޤާދިރު އަލްޖީލާނީއާއި އަބުލް ޙަސަން އައްޝާޛިލީއާއި ޖަލާލުއްދީން އައްރޫމީއާއި ނަވަވީއާއި ޣަޒާލީއާއި އަލްޢިއްޒައްދީން ޢަބްދުއް ސަލާމާއި އެނޫންވެސް ބޮޑެތި އިމާމުން އެހާރާއި މިހާރު ތިއްބެވިކަމީ އަދި އުޅުއްވަމުން ގެންދަވާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. 1980 ވަނަ އަހަރު މަދީނާއަށް އަވަހާރަވި ޢައްލާމާ އަލްމުޙައްދިޘު މުޙައްމަދު ޒަކަރިއްޔާ ކާންދަލަވީއަކީ ފަހަކަށް އައިސް ދުނިޔެއަށް މަޝްހޫރުވެ ވަޑައިގަތް މުޙައްދިޘެކެވެ. ހަމައެހެންމެ އޭނާއަކީ މަޝްހޫރު ޞޫފީއެކެވެ. އޭނާގެ ފަހުގެ ޢުމުފުޅު ހޭދަކުރެއްވީ މަދީނާގައެވެ. ކީރިތި ރަސޫލާގެ މިސްކިތްކޮޅުގައި އަޅުކަން ކުރެއްވުމާއި ދަރުސު ދެއްވުމުގެ މަސައްކަތް ޕުޅުގައެވެ. އޭނާގެ އަރިހުގައި އޭނާގެ ގިނަގުނަ މުރީދުން ތިއްބެވިއެވެ.
ޙަދީޘު ޢިލްމުގެ ވަރަށް މަޝްހޫރު އިމާމެއް ކަމުގައިވާ އިމާމު އަބޫ ނުޢައިމު އަލް އަޞްފަހާނީ (އުފަންވެ ވަޑައިގަތީ ހިޖުރައިން 336 ގައި) މިމަގާމެދު "ޙުލިއްޔަތުލް އައުލިޔާ"ގެ ނަމުގައި ވަރަށް މަޝްހޫރު ފޮތެއް ލިއުއްވިއެވެ. އޭގައި އަޞްޙާބު ބޭކަލުންނާއި ތާބިއީ ބޭކަލުންނާއި އިމާމުވެރި ބޭކަލުންގެ ތެރެއިން ތަޞައްވުފުގައި އުޅުއްވި ބޭކަލުންގެ ވާހަކަ ލިއުއްވާފައި ވެއެވެ. އޭގައި ޙަންބަލީ މަޛްހަބުގެ ބާނީ ކަމުގައިވާ އިމާމު އަޙްމަދުގެ ނަންފުޅުވެސް ގެންނަވާފައި ވެއެވެ.
ޞޫފިއްޔަތާއި ތަޞައްވުފު ފެށުނުގޮތާއި އެކަން ފެތުރިގެން އައިގޮތުގެ މައްޗަށް ވާހަކަ ދައްކަވަމުން މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ އިމާމު އިބްނި ޚުލްދޫން ވިދާޅުވެފައި ވެއެވެ. "މިކަމަކީ ޞަޙާބީންނާއި ސަލަފުއްޞާލިޙުންގެ މެދުގައި ޢާއްމުވެފައި އޮތް ކަމެކެވެ. ދެން ފަހެ މީސްތަކުން ދެވަނަ ޤަރުނުގައި މާބޮޑަށް ދުނިޔެއާ ގައިގޯޅިވެ އަޅުކަމާ އަޅާލުން ކުޑަވާން ފެށުމުން، ދީންވެރިން އަޅުކަމުގެ މަގު އިޚްތިޔާރުކޮށް ވަރަޢަވެރި ތަޤްވާވެރި ނަޒާހަތްތެރި މަގެއް އިޚްތިޔާރު ކުރިއެވެ. އެއަށް އެބޭކަލުން ޞޫފިއްޔަތާއި ތަޞައްވުފުގެ ނަމުން ނަންދެއްވިއެވެ. ދެން ތަޞައްވުފު އޭގެ އެންމެ ފުރިހަމަ މަރްޙަލާ ކަޑައްތު ކުރުމަށް ފަހު ތިންވަނަ ޤަރުނުގައި ތަޞައްވުފު އޭގެ މައިދާނުގައި ފައްކާވެ ފުރިހަމަވެފައި އޮތް އެންމެ މުހިއްމު މަރްޙަލާގައި ފަތަން ފެށިއެވެ. އޭގެ މަޢުރިފާތަކާއި ޤަވާޢިދުތައް އެކުލަވާ ލެވުނެވެ. މިނިވަން މަންހަޖެއްގެ ދަށުން ދީނުގެ މުސްތަޤިއްލު ފައްނަކާއި، ޢަމަލީގޮތުން ޤަލަންކުރެވި ކުރެހިފައިވާ ޢިލްމަކާ ހަމައަށް ތަޞައްވުފު ވާޞިލު ވިއެވެ. އެއީ ފިޤުހު ވެރިންނާއި ޙަދީޘު ޢިލްމުވެރިން އެފައްނުތައް އެކުލަވާލައްވައި ކުރިއެރުއްވި ބީދައިންނެވެ."
ފަހަކަށް އައިސް އުފެދުނު ބައެއް ޖާހިލުންގެ ޢަމަލުތަކަކީ ޞޫފިއްޔަތާ ގުޅުމެއް އޮތް ކަމެއް ނޫނެވެ.
ފަހަކަށް އައިސް ތަޞައްވުފުގެ މައިދާނުގައި ބައެއް ޖާހިލުން އުޅެން ފެށުމުން ޞޫފީންގެ ތެރެއަށް ދީނާ ޚިލާފު ވަރަށް ގިނަ ކަންތައް ތަކެއް އެބައިމީހުން އިތުރުކޮށް އެކަންކަން ކުރަންފެށިއެވެ. މީގެ ސަބަބުން ޞޫފިއްޔަތު ބަދުނާމުވާގޮތް ވިއެވެ. އެހެނަސް މިފަންނަކީ މާތް މަތިވެރި އުޞޫލުތަކެއްގެ ދަށުން ފައްކާ މަންހަޖަކަށް ތަބާވަމުންއައި ޢިލްމަކަށްވީނަމަވެސް މިބުނެވުނު ޖާހިލުންގެ ފަރާތުން ފެންނަންފެށި ނޭދެވޭ ކަންތައްތަކެއް ފެނުނެވެ. މިއީވެސް މުސްލިމުންގެ ޢަދާވާތްތެރިންގެ ރޭވުމެއްގެ ދަށުން ހިނގަންފެށި ކަމެކެވެ. މީގެ ނަތީޖާއަކަށްވީ ދީނުގެ ބޭރުފުށުގެ ލޯގަނޑުން ދީން މާނަކުރަމުން އައި ހަރުކަށި ބަޔަކު ތަޞައްވުފުގެ ޙަޤީޤަތަށް ބެލުމެއްނެތި މިއުފެދުނު ކަންތައްތަކާހުރެ މުޅި ތަޞައްވުފާ އިންކާރުކުރުމެވެ. އެކަމަކު މިއިންކާރަކީ ދީނުގައި ބައިބައިކުރުމުގެ ފިކުރުގެ ދަށުން އުފެދުނު ދެވަނަ ފިކުރަކަށްވާތީ މިފަދަ މީހުން މިބެނެވުނު ބިދުޢަވެރިން އިސްލާމް ދީނުން ބޭރުކުރަން ފެށިއެވެ. ހަމައެއާއެކު މިހަރުކަށި ފަރާތްތަކުން ދީނުގެ ޢިލްމުވެެރިން ޤަބޫލުކުރަށްވަމުން ޢަމަލުކުރަށްވަމުން ގެންދެވި ބައެއް ކަންތައްތައް ވެސް ކުފުރާއި ބިދުޢައިގެ ތެރެއަށް ލައިގެން ގުނަންފެށިއެވެ. އެކަންތައްތަކަކީ ޢާއްމުކޮށް ޞޫފީންގެ މާޙައުލުގައި ހިނގަމުންދާ ކަންކަމަށްވާތީއެވެ. މިސާލަކަށް ޢިއްޒަތްތެރިންނަށް އަދަބު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވުމާއި ޢިލްމުވެރި ދީންވެރިންގެ ކިބައިން ބަރަކާތް ޙާޞިލުކުރުމާއި ވަލީވެރިންގެ ވަސީލަތާއެކު ﷲގެ ޙަޟުރަތުގައި ދުޢާ ދެންނެވުމާއި މިފަދަ ކަންތައްތަކަކީ ވެސް ކުފުރުވެރި މުންކަރާތުގެ ތެރޭން ހިމެނޭ ކަންކަން ކަމުގައި ބުނެ މިފަދަ ހަރުދަށި މީހުން ދަޢުވާ ކުރަން ފެށިއެވެ. މިސަބަބާހުރެ މިފަދަ ކަންކަން ކުރާ މީހުންގެ ބުރަކަށީގައި ކުފުރުގެ ލޭބަލް ޖަހަން ފެށިއެވެ. މިކަމަކީވެސް ލާދީނީ ފިކުރުގެ އޮއިވަރުގެ ތެރެއިން ހިމެނިގެން ދިޔަ ކަމެކެވެ. ޝައްކެއްނެތި މިއީ ފަރަންޖީ އިސްތިޢުމާރީން އެބައިމީހުންގެ މަޤްޞަދު ކާމިޔާބު ކުރުމަށް ހުޅުވައިލި އައު ދޮރެކެވެ. މިކަންވެސް ފެށިފައިވަނީ އިސްތިޢުމާރުގެ ދުވަސްވަރު އިނގިރޭސީންގެ މަކަރާއި ޙީލަތުގައި ޖެހުނު ބައެއް ދީނީ ޢާލިމުންގެ ފަރާތުންނެވެ. މިދެންނެވި ތަކްފީރީން ދިޔައީ ބަޔާންވެދިޔަ ނޭދެވޭ ކަންކަމުގެ ނިވަލުގައި މުޅި ތަޞައްވުފަކީ މުންކަރާތެއް ކަމަށާއި ކުފުރެއްކަމުގައި ބަޔާންކޮށް މީސްތަކުން އޮޅުވައި މަގުފުރައްދަމުންނެވެ. މިހާރަކަށް އައިސް އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިކުލަވަރު ޖެހެން ފަށައިފިއެވެ. ބައެއް މީހުން މާބޮޑު ފިކުރު ކުރުމެއް، ވިސްނުމެއްނެތި އަމިއްލަ ދިރާސާއެއް ކުރުމެއްނެތި ބުނިބުނީގެ ތެރެއިން މިބުނެވުނު އިސްތިޢުމާރީ ދަޅައިގައި ޖެހިގެންތިބެ ޝަހާދަތުގެ މާތް ކަލިމައިގެ އަހުލުވެރިން ކާފަރު ކުރަމުން ދަނީއެވެ. ޙައްޤާއި ބާޠިލުވެސް މަސްހުނި ކުރީއެވެ. ތިމާމެންނަކީ ސަލަފުން ކަމަށް ދަޢުވާކޮށް ސަލަފުއް ޞާލިޙުންނަށް ބަދުބަސް ބުނަން ފެށީއެވެ.
ޞޫފިއްޔަތާ ބެހޭގޮތުން ބައެއް އިމާމުވެރި ބޭކަލުންގެ ކިބައިން އައިސްފައިހުރި ބަސްފުޅުތައް
ކުރިންވެސް ދެންނެވި ފަދައިން، އިމާމުވެރި ބޭކަލުން މިބުނެވުނު ޞޫފިއްޔަތު ދެކެވަޑައިގެންފައި ވަނީ ވަރަށް މާތް މަތިވެރި ޢަމަލެއްގެ ގޮތުގައެވެ. ދީނުގެ ފަންނުގެ ތެރެއިން އެކުލެވިފައިވާ ޠާހިރު ފަންނެއްގެ ގޮތުގައެވެ. ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟުރަތަށް ކުއްތަންވެ އެއިލާހުގެ ރުހިވޮޑިގަތުން ޙާޞިލު ކުރުމަށް އެޅެވޭ ހަރުފަތެއްގެ ގޮތުގައެވެ. މިގޮތުން ޞޫފިއްޔަތާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ހާމަކޮށްލާނަމެވެ.
(ހ) މާތް ﷲ ރުއްސުންލެއްވި އިމާމު މާލިކު ވިދާޅުވެފައި ވެއެވެ. مَنْ تَفَقَّهَ وَلَمْ يَتَصَوَّفْ فَقَدْ تَفَسَّقَ، وَمَنْ تَصَوَّفَ وَلَمْ يَتَفَقَّهْ فَقَدْ تَزَنْدَقَ، وَمَنْ جَمَعَ بَيْنَهُمَا فَقَدْ تَحَقَّقَ(1) މާނައީ: ތަޞައްވުފުވެރިކަމެއްނެތި ޝަރީޢަތް ކިޔަވައި ފިޤުހުވެރިވި މީހާ ވާހުށީ ފާސިޤަކަށެވެ. އަދި ފިޤުހުވެރިކަމެއްނެތި ޞޫފީއަކަށް ވެއްޖެ މީހަކު ވެގެންދާނީ ދީނެއްނެތް މުނާފިޤަކަށެވެ. އެހެނަސް އެދެބައި އެކުއެކީ ތިމާގެ ކިބައިގައި އަށަގަނުވައިފިމީހާ ޙަޤީޤަތާ ހަމައަށް ވާޞިލުވެއްޖެކަން ކަށަވަރެވެ.
(ށ) މާތް ﷲ ރަޙްމަތްލެއްވި އިމާމު ޣަޒާލީ ވިދާޅުވެފައި ވެއެވެ. ولقد علمت يقيناً أن الصوفية هم السالكون لطريق الله تعالى خاصة وأن سيرهم أحسن السير وطريقتهم أصوب الطرق وأخلاقهم أزكى الأخلاق(2) މާނައީ: ޔަޤީން ކަމާއެކު އަހުރެންނަށް އެނގިފައިވާ ގޮތުގަައި ޞޫފިއްޔަތަކީ ޚާއްޞަގޮތެއްގައި ތަޤްވާވެރިން މަތިވެރި މާތް ﷲގެ މަގުގައި ހިނގުމަށް ކޮށާލެވުނު މަގެކެވެ. އެހެންކަމުން އެބައިމީހުންގެ ޢަމަލަކީ އެންމެ ރީތި ޢަމަލެވެ. އަދި އެބައިމީހުންގެ މަގަކީ އެންމެ ސީދާ މަގެވެ. އެބައިމީހުންގެ ސުލޫކާއި ޚުލްޤަކީ އެންމެ ޠާހިރު ރިވެތި އަޚްލާޤެވެ.
(ނ) މާތް ﷲ ރަޙްމަތްލެއްވި އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. أصول طريق التصوف خمسة: تقوى الله في السر والعلانية، إتباع السنة في الأقوال والأفعال، الإعراض عن الخلق في الإقبال والإدبار، الرضا عن الله تعالى في القليل والكثير، الرجوع إلى الله في السراء والضراء(3) މާނައީ: ތަޞައްވުފުގައި ވަނީ ފަސް މަގެކެެވެ. އެއީ:
(ހ) ސިއްރާއި ފައުޅުގައި ﷲ އަށް ތަޤްވާވެރިވުން.
(ށ) ބަހާއި ޢަމަލުން ކީރިތި ރަސޫލާގެ ސުއްނަތަށް ތަބާވުން.
(ނ) ކުރިމަތީގައްޔާއި ނެތްތާއި ރިވެތި އަޚްލާޤެއްގައި އުޅުން.
(ރ) ތިޔާގިޙާލަތާއި ދަތިޙާލުގައި ދެއްވި އެއްޗަކަށް ރުހިގެން އުޅުން.
(ބ) ސިއްރާއި ފާޅުގައި ﷲގެ ޙަޟުރަތަށް ކުއްތަންވެ އުޅުން. މިއެވެ.
މިބޭކަލުން ފިޔަވައި އެނޫނަސް ވަރަށް ގިނަ އިމާމު ވެރި ބޭކަލުން ޞޫފިއްޔަތާ ބެހޭގޮތުން ރިސާލާތަކާއި ފޮތްތައް ލިއުއްވާފައި ވެއެވެ. އެހެނަސް ބައެއް ބޭކަލުން ޞޫފިއްޔަތާ އިންކާރުކޮށް އޭގައި ހުރި ބައެއް ޢައިބުތައް ބަޔާންކުރަށްވާފައި ވެސް ވެއެވެ. އެބޭކަލުންގެ ތެރޭގައި ހިޖުރައިން 510 ގައި ވަޑައިގެންނެވި އިމާމު އިބްނުލްޖައުޒީ ހިމެނި ވަޑައިގަންނަވައެވެ. އެކަލޭގެފާނު ތަޞައްވުފަށް ފާޑު ވިދާޅުވެ "ތަލްބީސު އިބްލީސް"ގެ ނަމުގައި ފޮތެއް ލިއުއްވިއެވެ. އެހެންނާ ޙަންބަލީ މަޛްހަބުގެ ބާނީ ކަމުގައިވާ އިމާމު އަޙްމަދު އިބްނި ޙަންބަލަކީ ވެސް ވަލީވެރި، ޞޫފީއެކެވެ. އިމާމު އަޙްމަދަށް ބަލާއިރު އެކަލޭގެފާނުންގެ އަރިހަށް މީސްތަކުން ދުރުތަންތަނުން ދަތުރުކޮށްފައި ދުޢާކޮށްދެއްވުމަށް އެދި އެކަލޭގެފާނުންގެ ދޮރާށިކޮޅަށް ޙާޟިރުވެ ތިބެއެވެ. އިމާމު އަޙްމަދު އިމާމު ޝާފިޢީގެ އެންމެ އަރިސް ދަރިވަރަކަށް ވީހިނދު ޚުދް އިމާމު ޝާފިޢީ އިމާމު އަޙްމަދުގެ އަރިހުން ދުޢާކޮށް ދެއްވުމަށް އެދިވަޑައިގަންނަވާފައި ވެއެވެ. އަދި އިމާމު އަޙްމަދު އިމާމު ޝާފިޢީގެ އަތްޕުޅުގައި ބޮސް ދެއްވައި ހެދުންކޮޅު ދޮވެލައްވައިގެން ބަރަކާތަށްޓަކައި އޭގެ ފެން ބައްލަވައި ހައްދަވަތެވެ. އެނޫނަސް ޙަންބަލީ މަޛްހަބުގެ ބޮޑެތި އިމާމުންގެ ތެރޭގައި ޞޫފީން ތިއްބެވިއެވެ. މިވާހަކަ އިމާމު އަބޫ ނުޢައިމު (336ހ-430ހ) އެކަލޭގެފާނުންގެ ޠަބަޤާތުއް ޞޫފިއްޔާގައި ލިއުއްވާފައި ވެއެވެ. ޙަންބަލީ މަޛްހަބުގެ ފަހުގެ އިމާމެއް ކަމުގައިވާ އިމާމު އިބްނި ތައިމިޔާ ވިދާޅުވެފައި ވެއެވެ. فإنه لم يكن مشهوراً في القرون الثلاثة، وإنما اشتهر التكلم به بعد ذلك، وقد نقل التكلم به عن غير واحد من الأئمة والشيوخ؛ كالإمام أحمد ابن حنبل، وأبي سليمان الداراني، وغيرهما މާނައީ: ޞޫފިއްޔަތަކީ ތިންވަނަ ޤަރުނާ ޖެހެންދެން އޭގެ ކުރިއަކުން މީސްތަކުންގެ ތެރޭގައި ނަންއަރާފައި އޮތް ކަމެއް ނޫނެވެ. އެހެނަސް އިމާމުވެރި ބޭކަލުންނާއި ޝައިޚުން އެއާމެދު ވާހަކަ ދައްކަވާން ފެއްޓެވުމުން ތަޞައްވުފު މަޝްހޫރުވެގެން ދިޔައެވެ. މިއާބެހޭގޮތުން ވާހަކަ ދެއްކެވި ބޭކަލުންގެ ތެރޭގައި އިމާމު އަޙްމަދު އިބްނި ޙަންބަލާއި އިމާމު އަބޫ ސުލައިމާން އައްދާރާނީއާއި އެނޫން ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.
އިމާމު އިބްނި ތައިމިޔާގެ ބަސްފުޅު ފުށުއަރައެވެ.
ޞޫފިއްޔަތާ އިދިކޮޅަށް އެންމެ ބޮޑު ހަނގުރާމައެއް ފެއްޓެވި ބޭކަލަކީ ހިޖުރައިން 8 ވަނަ ޤަަރުނުގައި ވަޑައިގެންނެވި އިމާމު އިބްނި ތައިމިޔާއެވެ. އެއްކޮޅުން އެކަލޭގެފާނު ޞޫފީންގެ ބޮޑެތި އިމާމުންނަށް މަދަޙަ ވިދާޅުވެ ތަޢުރީފު ކުރެއްވިއެވެ. އަނެއްކޮޅުން ޞޫފީންގެ ބޮޑެތި އިމާމުންގެ ޢަމަލުތައް ބާޠިލް ކުރަށްވައި އެބޭކަލުން ކާފަރު ކުރެއްވިއެވެ. އެކަލޭގެފާނު ޤަބޫލުފުޅު ނުކުރަށްވާ ކޮންމެ ކަމެއް ގޯސްވެ އެކަމަށް ތާއީދުކުރަށްވާ ޢިލްމުވެރިން ގޯސްވީއެވެ. މިސާލަކަށް ކީރިތި ރަސޫލާގެ ޤަބުރުފުޅަށް ޒިޔާރަތް ކުރުމުގެ ބޭނުމުގައި ދަތުރު ކުރުމާއި އެޤަބުރުފުޅަށް ބޮސް ދިނުމާއި އިތުރު އެކަލޭގެފާނުންގެ ހެދުންކޮޅުތަކާއި ގެންގުޅުއްވި ބައެއް އެއްޗެހި ކޮޅުތަކުން ބަރަކާތް ޙާޞިލު ކުރުމުގެ ވާހަކައެވެ. ހަމައެހެންމެ ޞާލިޙު އަޅުތަކުންނާއި ވަލީވެރިންގެ ކިބައިންނާއި އެބޭކަލުންގެ އެއްޗެހި ކޮޅުތަކުން ބަރަކާތް ޙާޞިލު ކުރުމާއި އެފަދަ ބޭކަލުންގެ ޒަރީޢާއިން ވަސީލަތަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވުމުގެ ވާހަކައެވެ. އެތަކެއް ޞަޙާބީންނާއި ވަރަށް ގިނަ އިމާމުވެރި ބޭކަލުންގެ ކިބައިން މިކަންކަން ދީނުގައި ހުއްދަކަމެއް ކަމުގައި ސާބިތުވާއިރު އިބްނި ތައިމިޔާ މިކަންކަން ހިމަނުއްވަނީ ޝިރުކާއި ޙަރާމް ކަންކަމުގެ ތެރޭގައެވެ. މައްކާގެ މުޝްރިކުންނާއި ޔަހޫދީންގެ ނުބައިވެގެންވި ޢަމަލުތަކަށް ވުރެންވެސް މިކަންކަމުގެ ޙަރާންކަން އުފުލިގެންވާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އިބްނި ތައިމިޔާގެ ފަތްފުށްތައް ކިޔާލުމުން ވަރަށް ގިނަ ފަހަރަށް މިފަދަ މައްސަލަތަކުގައި ފުށުއަރާގޮތް ފެންނަމުން ދެއެވެ.
ތަޞައްވުފުގެ ޢިލްމުވެރިންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަށް ފާޑު ވިދާޅުވަމުން އިބްނި ތައިމިޔާ ވަނީ ޞޫފިއްޔަތާ އިންކާރު ކުރަށްވަމުން އަޅުގަނޑު ވަރަށް ޙައިރާންކުރަނިވި ވާހަކަފުޅެއް ވިދާޅުވެފައެވެ. އެއީ އިމާމު ޣަޒާލީ ޛިކުރު ކުރުން ބައްސަވާފައި އޮތް ތިން ބައެވެ. އޭގެ މައްޗަށް ފާޑު ވިދާޅުވެ އެއީ އެކަލޭގެފާނު އުފެއްދެވި ބިދުޢަވެރި މުންކަރާތެއް ކަމުގައި ވިދާޅުވިއެވެ. މިސާލަކަށް ޛިކުރު ކުރާމީހާ لاَ إِلَهَ إِلاَّ اللَّهُ ކިޔަމުންގޮސް އޭގެ ބަދަލުގައި اللَّهُ اللَّهُ ކިޔަކިޔައި އިނުމާއި إِلاَّ اللَّهُ إِلاَّ اللَّهُ ކިއުމާއި މިފަދަ ޢަމަލުތަކެވެ. ވިދާޅުވަނީ މިއީ ދެކޮޅު ނުޖެހޭ ބިދުޢަތަކެއް ކަމުގައެވެ. އެހެންނާ ޞައްޙަ ޙަދީޘަކުން އެފަދަ މިސާލުތައް ފެންނާން އެބަހުއްޓެވެ. މިސާލަކަށް ބަލަމާ ހިނގާށެވެ. އިމާމު ތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައި މިފަދައިން އައިސްފައި ވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اللَّهَ اللَّهَ فِي أَصْحَابِي اللَّهَ اللَّهَ فِي أَصْحَابِي އެވެ. މިތާގައި ކީރިތި މިވަނީ ޖުމްލައިގައި އޮންނަންޖެހޭ ކަމާއި ކަންކުރާ ދޫކޮށްލައްވާފައެވެ. އެބައިބައި މުޚާޠަބުގެ ސިކުޑިއަށް ވިސްނޭތީއެވެ. އެހެންކަމުން ޛިކުރު ކުރާމީހާ اللَّهُ اللَّهُ ކިއުމާއި إِلاَّ اللَّهُ إِلاَّ اللَّهُ ކިޔަކިޔައި ހުރުމީ ﷲ އަށް ކުއްތަންވުމުގައި ބޮޑަށް ހިތަށް ގަދަކަން ގެނެސްދީ ހިތް ސާފުކުރުމަށް ކުރެވޭ ޢަމަލަކަށް ވާއިރު އަޅާގެ ހިތުގައި އޮތް މަޤްޞަދެއް ހަމަގައިމު ﷲ އަށް ބޮޑަށް އެނގިވޮޑިގެން ވާނެތާއެވެ. ވުމާއެކު މިފަަދަ ޢިބާރާތްތަކާއި ބަޔާންވެދިޔަ ޙަދީޘުގައި އޮތް ޢިބާރަތާއި ދެމެދު އެއްވެސް ތަފާތެއް ނެތެއް ނުންތޯއެވެ. ﷲގެ އަޅާ އެއިލާހު ހަނދުމަކޮށް ޛިކުރު ކުރަމުންދާއިރު يَا اللَّهُ يَا اللَّهُ ކިއުމުގެ ބަދަލުގައި اللَّهُ اللَّهُ ކިޔަނީއެވެ. ޙަޤީޤަތަށް ބަލާއިރު އިމާމު އިބްނި ތައިމިޔާގެ އުޞޫލާމެދު ވިސްނައިލާނަމަ ހަމައެކަނި يَا اللَّهُ يَا اللَّهُ ކިޔަކިޔައި ހުރުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ. ނުވިސްނޭ މީހަކަށް ނުވިސްނުނަކަސް މިކަންކަމަކީ ތިމާގެ ހިތާއި ސިކުނޑި ބޮޑަށް ﷲ އަށް ކުއްތަން ކުރުވުމުގެ ގޮތުން ދުލާއި ހިތާއި ސިކުނޑިއަށް އެކުއެކީ ދެވޭ ތަމްރީނެކެވެ. އަދިވެސް އަޅުގަނޑު ޙައިރާން ކުރަނިވި އެހެން މިސާލެއް ދަންނަވާލާނަމެވެ. މީހަކު އިމާމު އަޙްމަދުގެ އަރިހުގައި ދެންނެވި ސުވާލެކެވެ. ކީރިތި ރަސޫލާގެ ޤަބުރުފުޅަށާއި މެންބަރުކޮޅަށް ބޮސް ދިނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ ޖަވާބުގައި އަޙްމަދު ވިދާޅުވިއެވެ. އެއީ މައްސަލައެއް ނޫނެވެ. އިމާމު އަޙްމަދުގެ މިފަތުވާ ޢިލްމުވެރިއަކު އިބްނި ތައިމިޔާއަށް ދެއްކުމުން އިބްނި ތައިމިޔާ އެކަމާ ޙައިރާންވެ ވަޑައިގަތެވެ. އަދި ވިދާޅުވީ ތިމަން އިމާމު އަޙްމަދަށް އިޙްތިރާމު ކުރަށްވާ ކަމަށާއި އެހެންނަސް އެކަލޭގެފާނުންގެ އެބަސްފުޅާ އިންކާރު ކުރަށްވާ ކަމަށެވެ.(4)
މިއާ ޚިލާފަށް ތަޞައްވުފު ޢިލްމުވެރިންގެ ތަޢުރީފު ކުރަށްވަމުން އިބްނި ތައިމިޔާ މަޖްމޫޢުލް ފަތާވާގެ 5/321 ގައި ވިދާޅުވެފައި ވެއެވެ. وَالْجُنَيْدُ وَأَصْحَابُهُ مِنْ أَئِمَّةِ الهُدَى މާނައީ: އިމާމު ޖުނައިދާއި އެކަލޭގެފާނުންގެ މުރީދުންނަކީ ތެދުމަގުގެ އިމާމުންނެވެ. އަދި 369/8 ގައި ވިދާޅުވެފައި ވެއެވެ. وَأَمَّا أَئِمَّةُ الصُّوفِيَّةِ وَالْمَشَائِخُ الْمَشْهُورُونَ مِنَ الْقُدَمَاءِ مِثْلُ الْجُنَيْدِ وَأَتْبَاعِهِ وَمِثْلُ الشَّيْخِ عَبْدِ الْقَادِرِ وَأَمْثَالِهِ فَهَؤُلاَءِ مِنْ أَعْظَمِ النَّاسِ لُزُومًا لِلْأَمْرِ وَالنَّهْيِ وَتَوْصِيَةً بِاِتِّبَاعِ ذَلِكَ މާނައީ: ދަންނާށެވެ! ޞޫފީންގެ އިމާމުންނާއި އެއުރެންގެ އިހުގެ މަޝްހޫރު ޝައިޚުންނަކީ މިސާލަކަށް އިމާމު ޖުނައިދާއި އެކަލޭގެފާނުންގެ މުރީދުންނާއި ޝައިޚު ޢަބްދުލް ޤާދިރު ޖީލާނީއާއި އެފަދަ ބޭކަލުންނާއި މިއެންމެހައި ބޭކަލުންނަކީ އެންމެ މަތިވެރި މާތް ބޭކަލުންނެވެ. ދީނުގެ އަމުރާއި ނަހީގެ މަތީ ފުރިހަމައަށް ޤާއިމުވެ ތިއްބެވި ބޭކަލުންނެވެ. ބަޔަކަށް ތަބާވުމުގައި އެންމެ އެދެވިގެންވާ ބޭކަލުންނަކީ އެބޭކަލުންނެވެ.
އަދިވެސް އިބްނި ތައިމިޔާ އެފޮތުގެ 10/516-517 ގައި ވިދާޅުވެފައި ވެއެވެ. فأما المستقيمون من السالكين كجمهور مشايخ السلف مثل الفضيل بن عياض، وإبراهيم بن أدهم، وأبي سليمان الداراني، ومعروف الكرخي، والسري السقطي، والجنيد بن محمد، وغيرهم من المتقدمين، مثل الشيخ عبد القادر الجيلاني، والشيخ حماد، والشيخ أبي البيان، وغيرهم من المتأخرين فهم لا يسوغون للسالك ولو طار في الهواء أو مشى على الماء أن يخرج عن الأمر والنهي الشرعيين، بل عليه أن يعمل المأمور ويدع المحظور إلى أن يموت. وهذا هو الحق الذي دل عليه الكتاب والسنة وإجماع السلف، وهذا كثير من كلامهم މާނައީ: ޞޫފިއްޔަތުގެ އުޞޫލުގެ މަތީ ދެމިތިބި މީހުންނަކީ ސަލަފުގެ ޖުމްހޫރު އިމާމުންނެވެ. އެއީ ފުޟައިލު އިބްނި ޢިޔާޟު އާއި އިބްރާހީމު އިބްނި އަދްހަމް އާއި އަބޫ ސުލައިމާން އައްދާރާނީ އާއި އަލް ކަރްޚީއާއި އައްސަޤްޠީއާއި އަލްޖުނައިދާއި އެނޫންވެސް އެފަދަ އިހުގެ ބޭކަލުންނެވެ. އަދި ފަހުގެ ބޭކަލުންނަށް ބަލާއިރު ޢަބްދުލް ޤާދިރު ޖީލާނީއާއި ޙައްމާދާއި އަބުލް ބައްޔާނާއި އެނޫންވެސް ބޭކަލުންނެވެ. މިބޭކަލުންނަކީ ހިލާ ތިމާމެންގެ ހަވާ ނަފްސަށް ތަބާވެ ތިމާމެންގެ ސުލޫކުގައި ފަސާދައިގެ ކުލަޖައްސާނެ ބޭކަލުންނެއް ނޫނެވެ. އަދި މިއިން ބޭކަލަކު ވައިގައި ދަތުރު ކުރަށްވަން ޖެހިވަޑައިގަތަސް ފެންމަތީ ހިންގަވަން ދިމާވެ ވަޑައިގަތަސް ވެސް އިސްލާމީ ޝަރީޢަތުގެ ދެ އުޞޫލު ކަމުގައިވާ އަމުރާއި ނަހީއިން ބޭރުވެވަޑައެއް ނުގަންނަވާނެއެވެ. އަބަދުމެ ޢަމަލު ކުރަށްވާނީ ހެއްދެވި ފަރާތުން އެންގެވިގޮތަކަށެވެ. އަދި ދުނިޔެ ދޫކުރަށްވަންދެން ފާފައާއި މުންކަރާތްތަކުން އެއްކިބާވެ އުޅުއްވާނެއެވެ. އެހެންކަމުން މިމަގަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުއްނަތާއި ސަލަފުއްޞާލިޙުންގެ އިޖްމާޢުން ސާބިތުވާ ސާފު ޙައްޤު ގޮތެވެ. އެބޭކަލުންގެ ވާހަކަފުޅުތަކުންވެސް ގިނައިން ފެންނާންހުރީ މިބަސްތަކެވެ.
ވައްހާބީ ސަލަފީ ނޫން މީހުން ދީނުން ބަރީއަވުން:
އިމާމު އިބްނި ތައިމިޔާގެ ބަސްފުޅުތައް މިފަދައިން ހުރިއިރު، އެކަލޭގެފާނަށް ތަބާވާ ބައެއް މީހުން މިމީހުން ޤަބޫލުކުރާ ވައްހާބީ ސަލަފީން ފިޔަވައި ދެންތިބި އެންމެހައި މުސްލިމުން ދީނުން ބޭރުކޮށް އެމީހުންގެ ޢަޤީދާ ބާޠިލު ކުރަންފެށިއެވެ. 18 ވަނަ ޤަރުނުގައި ނަޖުދު ކަރައިން އުފެދުނު ހަރުކަށި ބައެއް ޝައިޚުން އެމީހުން ފިޔަވައި އެހެން އެންމެން ކާފިރު ކުރަމުން ދިޔައެވެ. ދީނުގައި ދެމިތިބި މުސްލިމު އެންމެހައި ޖަމާޢަތްތަކާއި ފިކުރުތައް މުރުތައްދު ކުރިއެވެ. ތިމާމެންނަކީ ސަލަފުއްޞާލިޙުން ކަމުގައި ދަޢުވާ ކުރުމާއެކު ތިމާމެން ފިޔަވައި ދެން ތިބި އެންމެންނަކީ އަހުލު ސުއްނަތު ވަލް ޖަމާޢަތުން ބޭރުވެފައި ތިބި ބަޔަކުކަމުގައި އަޑުއުފުލަމުން އެފަތުވާތައް ފަތުރަމުން ދިޔައެވެ. ހިޖުރައިން ދެވަނަ ޤަރުނުން ފެށިގެން އިސްލާމް ދީން ޙިމާޔަތް ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އަޝްޢަރީއާއި މާތުރީދީ ޢަޤީދާގެ އެންމެހައި އިމާމުން މަގުފުރެދިފައިވާކަމަށް ފަތުވާދީ އެމީހުން ކާފިރު ކުރިއެވެ. މިމީހުންގެ ކުރިމަތީގައި ވަރަށްގިނަ މުޙައްދިޘުންނާއި ފިޤުހުވެރިންނާއި ޤާރީވެރިންނާއި ތަޞައްވުފުގެ ޢިލްމުވެރިންނާއި އެނޫންވެސް އިސްލާމީ ތަފާތު ފައްނުތަކުގެ އަހުލުވެރިން މަގުފުރެދި ކާފިރުވީއެވެ. މިމީހުންގެ ފަތުވާއަށް ބަލާއިރު ދުނިޔޭގައި އެހާރާއި މިހާރުގައި އުޅުނީ އަދި އުޅެނީ އިނގިލިން ގުނާލެވޭ މުސްލިމް މަދުމީސް ކޮޅެކެވެ. އާދެ، އެއީ މިމީހުން އެކަންޏެވެ. އެހެންނާ އިސްލާމީ ދުނިޔެ މިއޮތީ 1.7 ބިލިޔަނަށް އަރާފައެވެ.
އިސްތިޢުމާރުން މުސްލިމު ބައެއް ޝައިޚުންގެ ސިކުނޑިއާ ކުޅެން ފެށުން
ޝައްކެއްނެތި މީސްތަކުން ހަލާކުވަމުން ފަސާދަވަމުން ދުނިޔޭގެ އެދުންތަކަށް ތިމާމެންގެ އާޚިރަތް ވިއްކާލެވޭ ގޮތް ގިނަވީވީހެން އިސްލާމް ދީނުގައިހުރި ވަރަށްގިނަ ޢިލްމުތަކަށާއި ފަންނުތަކަށް މިފަދަ މީސްމީހުންގެ ޒަރީޢާއިން ބިދުޢަތަކާއި ޚުރާފާތްތައް ވައްދައި މަސްހުނިކޮށް ދީން މުޑުދާރުކުރަން ފެށިއެވެ. ނަޖުދު ކަރާގައި ވައްހާބިއްޔަތު އުފެދުނު ފަދައިން އޭޝިޔާ ބައްރުގައި ޤާދިޔާނިއްޔަތާއި ބަރޭލެވިއްޔަތު އުފެދުނެވެ. އާދެ، މި ދެޖަމާޢަތް އުފެއްދުމުގެ މޭސްތިރީންނަކީ ވެސް އޭރުގެ އިނގިރޭސި އިސްތިޢުމާރެވެ. ބޭނުންކުރީ އެމީހުންގެ ނުފޫޒާއި ފައިސާއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަނދުމަ ބަހައްޓަވާށެވެ. ތަޞައްވުފުގެ ޢިލްމަކީ އިސްލާމީ ރިވެތި ފަންނެކެވެ. ފިޤުހު ޢިލްމާއި ތައުޙީދާއި ތަޞައްވުފުގެ ޢިލްމާއި މިއިން ކޮންމެ ޢިލްމަކީ ދީނުގެ މަގުތަކުގެ ތެރޭގައި ހިމެނޭ މަގެކެވެ. ތަފާތަކީ މަންހަޖުގެ ތަފާތެވެ. ފަހަކަށް އައިސް ޖާހިލު ބައެއް މީސްމީހުން މެދުވެރިކޮށް ފަރަންޖީންގެ ރޭވުމުގެ ދަށުން ތަޞައްވުފަށް ވައްދާފައިވާ ބިދުޢަތަކާއި ޚުރާފާތްތަކާއި މުންކަރާތްތަކަކީ ޙައްޤު ތަޞައްވުފާއި އެއްވެސް ގުޅުމެއްހުރި ކަންތައްތަކެއް ނޫނެވެ. އެމީހުންގެ މިބަދު ޢަމަލުތައް ރައްދުވާނީ އެމީހުންނަށެވެ. އޭގެފުރައްސާރަ ދީނަށް ނުވަތަ ތަޞައްވުފަށް ރައްދު ކުރުމަކީ ޙައްޤާއި ޢަދުލުވެރިކަމުން އެއްކިބާވުމެވެ.
(1)ޙާޝިޔާ: ޝަރަޙުލް އިމާމު އައްޒަރްޤާނީ (211)
(2)ޣަޒާލީ: އަލްމުންޤިޛު މިނައްޟަލާލި (49)
(3)ނަވަވީ: މަޤާޞިދުއްނަވަވީ (20)
(4)އިމާމު ޢައިނީ: ޢުމްދަތުލް ޤާރީ (9/345-346)

ކިޔުންތެރިންގެ ހިޔާލު