މިރޭ އިރާދަކުރެއްވިއްޔާ އިންޑިޔާ ބަލިކޮށް ދިވެހިން ފައިނަލަށް ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިރެޔަކީ އިރާދަ ކުރެއްވިއްޔާ ދިވެހިން ފައިނަލަށް ދާ ރޭ ކަމަށެވެ. އަދި އެކަމާގުޅޭ ގޮތުން ފުޓުބޯޅައިގެ މާހިރުންނާއި، މަޖިލީހުގެ އިސް މުވައްޒަފުންނާވެސް ވާހަކަ ދެއްކެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިރެއަކީ އިރާދަކުރެއްވިއްޔާ ދިވެހިން ފައިނަލަށް ދާރޭ. އަޅުގަނޑު މާހިރުންނާއި މަޝްވަރާކޮށްފިން. އަމީން އާންމާއި ކައުންސެލް ޖެނެރަލްއާ ވެސް ވާހަކަދެކެވުނު. ކައުންސެލް ޖެނެރަލްގެ ޒަވާޖީ ހަޔާތް ވަރަށް ބޮޑަށް ގުޅިފައި އޮންނަނީ ބޯޅަ އާ. ވިދާޅުވި އެއްވަރު ވިޔަސް ފައިނަލަށް ދާނެއޭ. އެހެންވީމަ އެއްވެސް ޝައްކެއް ވެސް ނެތް މިރެއަކީ އަޅުގަނޑުމެން ދިވެހި ޓީމް މޮޅުވެގެން ފައިނަލަށް ދާ ރޭ." މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާއި އިންޑިއާ ކުޅޭ މެޗަކީ ފައިނަލަށް ދިއުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. މިރޭގެ މެޗު އެއްވަރުކޮށްގެން ރާއްޖެއަށް ފައިނަލްގެ ފުރުސަތު ހުޅުވިފައިވާއިރު އިންޑިއާ ފައިނަލަށް ދާނީ ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ދެފަހަރު ހޯދާފައިވަނީވެސް ފައިނަލްގައި އިންޑިއާ ބަލިކުރުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު