ގައުމުގެ ކުޑަބޮޑު އެންމެން އެ ކަމަކަށް ހުސްވެ އިންތިޒާރުކުރަމުން ދިޔައީ ވަރަށް ޚާއްސަ ހިނދުކޮޅަކަށެވެ. އާދެ މުޅި ސަރައްޙައްދުގައިވެސް ނެތްވަރުގެ ފުރިހަމަ ޤާނޫނު އަސާސީއެއް ދިވެހީންނަށް ކަށަވަރުވި ވަގުތުކޮޅެވެ. 07 އޯގަސްޓް 2007 ގައި ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމް، މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވި ވަގުތުކޮޅެވެ. އިދިކޮޅަސް އަދި އެއްކޮޅަސް އެ ދުވަހު އެންމެންވެސް ޤާނޫނު އަސާސީ ބަލައިގަތީ ނުހަނު ހެޔޮހިތުން ފަޚުރުވެރިކަމާއެކު ވަރަށް ބޮޑެތި އުއްމީދުތަކާ އެކުގައެވެ.

ޤާނޫނު އަސާސީގައިވާ ގޮތުގެމަތީން ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެމީހާ ހޮވާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ވޯޓުލާ މީހުންގެ 50 އިންސައްތަ ވޯޓާއި އެކު އިތުރަށް އެއްވޯޓު ލިބުނަސް އެމީހާ މިވަނީ މުޅި ގައުމުގެ އަދި އެންމެހާ ރައްޔިތުންގެ ރައީސަށެވެ. ބޮޑުކާފު ލިޔަސް ކުޑަކާފު ލިޔަސް ރަސްގެ ލިޔަސް އަދި ކަރުދާސްކޮޅުގައި ކުރަހައިގެން ވޯޓުގަނޑު ބާތިލު ވިޔަސް ވަރިހަމައެވެ. ދެން މިގާނޫނު އަސާސީގައި އޮންނަނީ އެމީހާ ވެރިކަން ކުރާން ފަސޭހަކޮށްދޭން އެހީތެރިވާން، އަތްގާތްކޮށްދޭން "ވަޒީރުންގެ މަޖިލީސް" ކިޔާ މަޖިލީހެއް އައްޔަންކޮށް އެމަޖިލީހުގައި ބަޔަކު ތިބެންވާނެ ކަމަށެވެ. ދެން މިގައުމުގެ ކަންކަން ހިންގާން އުފައްދާ ވުޒާރާތައް ހަވާލު ކުރާނީ އެމީހުންނާއެވެ. މީގެއިތުރުން ކިތަންމެ ބޮޑުކޮށް ރީތިކޮށް މޮޅުކޮށް މިނިސްޓަރޭ ކިޔާފައި ކިތަންމެ ބޮޑު އޮފީހެއް ދީފައި ބެއިންދިޔަސް އެއީ މި ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރެއްގެ ހައިސިއްޔަތު އޮތް ބައެއް ނޫނެވެ.

މިދެންނެވި ޒަމާނީ ޑިމޮކްރެސީގެ މަސްހުނި ގަނޑު މޮޑެގެން ނެރެފައި އޮތް ގާނޫނު އަސާސީއަކީ ނިކަން ދުއްޕާން ބޮޑުވެސް އެއްޗެކެވެ. އެގޮލާ ގެނައިފަހުން ވެރިކަމަށް އަންނަ މީހަކަށް ވެރިކަމަށް އާދެވެނީ ރައްޔިތުންނަށް ވަރަށް އުއްމީދީ ވަޢުދުތަކެއް ވެގެންނެވެ. ވަރަށް ސަޅި ހުވަފެން ދައްކައިގެންނެވެ. އުރަމުން އުރަމުން ގޮސް މީހުންނާ އިންނަވަރުވެފައި ތިބޭ ކުދިން އުރާލެވުނަސް އިހުސާސް ނުވާ ވަރަށް ކުދިން ވެސް އުރާން ޖެހެއެވެ. ސަލާންކޮށް ނިމިގެން ހަތްފެނުން ދޮންނާންވެސް އެވެރިން ފެންނަ އެންމެންނާ ސަލާންކުރަން ޖެހެއެވެ. ދެން ފެންނަހާ މީހެއްގެ ބުރަކަށީގައި ފިރުމައި ރައްޔިތުން ދެކެ ލޯބިން ގޮސް އުޑުން ތަރިބާލާދޭ ހިސާބަށް ދިޔައީމާ ރައްޔިތުން އެކަން ބަލައިވެސް ގަނެއެވެ. އަދި އެ އުއްމީދީ ތަސައްވުރުގައި ހަޤީޤީ ކުލަ ޖެހޭނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް ތިބެއެވެ. އެހެން ހުވަފެން ބަލަބަލާ ތިއްބާ އެއްވެސް ކާމެއް ނުފެނި ދުނިޔެ ދޫކޮށްފައިވާ މީހުންވެސް މަދެއް ނުވާނެއެވެ. އާންމު ދިވެހި ރައްޔިތުންނަކީ މިދިޔަ އަހަރު ކުރާންވީ ކަންތައް މިއަހަރުވެސް ނުކުރެވިތިބި، ނުފުދި އުޅޭ، ލިބޭ އެއްޗަކަށްވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާ ބަޔަކަށްވާތީއެވެ.

މިއަދު ވަރަށް ގިނަ ބަޔަކު ކުރާ އެއް ޝަކުވާ އަކީ އައު ޤާނޫނު އަސާސީ ވުޖޫދުވި ފަހުން، ރާއްޖޭގައި އުފެދުނު ސަރުކާރުތަކުގެ ވަޒީރުންގެ މަޖިލީސްތަކާ އަޅާ ބަލާއިރު، ރައީސް ސޯލިޙް އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހަކީ އާދަޔާ ޚިލާފަށް ދެރަވަރުގެ ވަޒީރުންގެ މަޖިލީހެއްކަމަށް ބުނެ ކުރަމުންދާ ޝަކުވާއެވެ. އެއްވެސް ހަރަކާތެއް ނެތި ހުއްޓިފައި ތިބި ބަޔަކާއި ފޮޓޯ ނަގާ ބަޔަކާއި ދެމީހުން އެއްކޮށްލީމާ ނޫނީ ފުރިހަމަ ވަޒީރަކަށް ނުވާ ބަޔަކު ވެސް ތިބި ވާހަކައެވެ. އަދި ކުއްލިއަކަށް ވަލުދޮރޯށިން ވަދެގަނެ ޕާޓީއެއްގެ ތޮތްޕެއް އަޅައިގެން ސްލޮޓް ނަގައިގެން ތިބި ބައެއްގެ ވާހަކައެވެ.

މިވާހަކަތައް މިގޮތަށް ދައްކާ ސަބަބުތައް ކިތަންމެހާވެސް ގިނައެވެ. އެންމެ މުހިންމު އެއް ސަބަބަކީ، "ފެޅައު" ކޯލިޝަންތަކުގެ ރިޔާސީ ނިޒާމް ތަސައްވުރު ކުރަނީ ވަޒީރުންގެ މަޤާމަކީ މަސްއޫލިއްޔަތެއް ވުރެ ބޮޑަށް ބަޔަކު މީހުނަށް ލިއްބައިދޭ ވަޒީފާއެއްގެ ގޮތުގައެވެ. "ފެޅައު" ކޯލިޝަންގެ ނަމުގައި އެކިއެކި ޕާޓީތަކުން އެ ޕާޓީއެއްގެ ވެރީންނާއި އެންމެގާތް ތަފާތު ބޭބޭފުޅުންގެ ނަންތައް އެވޯޑްތަކަށް ނޮމިނޭޓް ކުރާ އުސޫލުން ހުށައަޅާތީއެވެ. ކަން މިހެން އޮތް އިރު ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑު ހިތްދަތިކަމަކީ، ކަންނިމޭއިރު ވަޒީރުކަމާ ޙަވާލުވެ ވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީ ހިންގުންތެރިކަމާއި ލީޑާޝިޕްގެ ދާއިރާގެ ކަންފުޅެއްވެސް އެމީހެއްގެ ކިބައިގައި ނެތް ބަޔަކު ބޮޑެތި ވުޒާރާތަކާ ޙަވާލުވުމެވެ. ގޮންޖެހުން ކިތަންމެހާވެސް ބޮޑެވެ. އެވަޒީރަކާއި އެންމެގާތް ސިޔާސީ މީހަކު ބުނާހާ އެއްޗެއް ޤަބޫލުކޮށް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް އިޙުލާސްތެރިވުމުގެ ކަންފުޅެއްވެސް ނެތަތީއެވެ. މިހެން ވީމާ ދެން އޮންނަނީ މަގޭ ޕާޓީއާއި މަގޭ ލީޑަރެވެ. ބޮޑަށް ބެލެނީ މަގޭ ޖީބަށް ލާނެ އެއްޗެއް ލިބޭތޯއެވެ. މަގޭ ގާތް މީހަކަށް ކަމެއް ކޮށްދީގެން ލިބޭ މަދު ދުވަސްކޮޅުގެ ތެރޭގައި ވާވަރަށް އަމިއްލަ ބާލީހަށް ކަފަލެއްވޭތޯއެވެ.

ޤަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް، ކަންހިގަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ސާފެވެ. ދިވެހީންނަކީ ތަންދޮރުނޭގޭ ގަމާރުންކަމަށް ހީކޮށްގެންނުވާނެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، މަހްލޫފްގެ ކަމަކީ ރެޔާދުވާލު މީޓިން ބާއްވާ ޓްވިޓާގައި މަޝްހޫރުކަން ހޯދުމެވެ. މިހާރު ފެންނަނީ ގާތް ކުދިންކޮޅު ގޮވައިގެން އުޅޭ ތަނެވެ. މިއޮށް ބޮޑު ކާރިސާގައި ވަޒީފާ ގެއްލުނު ޒުވާނުންނާއި ހާލުގައި ޖެހި ގޮތް ހުސްވެފައި ތިބި ޒުވާނުން އޭނާއަކަށް ނުވެސް ފެނެއެވެ. އެވާހަކައެއް ނުވެސް ދައްކައެވެ. މި ދަތި ގަނޑުގައި އޭނާ ކުރިހާވެސް ކަމަކީ ކަދުރު ބެހުމާއި ޑެލިވަރީ ކުރުމާއި ދޭތެރެއަކުން ކަރަންޓީން ވެގެން އުޅުމެވެ.



ޒަހާ އަކީ ގާވެފައިހުންނަ ބުދެއްކަހަލަ ވަޒީރެކޭ މީހުން ބުނެއުޅެއެވެ. އެޖެންޑާ ނަވާރައިގާ މަސްވެރިންނަށް ދޭން ކަނޑައަޅާފައިވާ ހަމައަގު އެއީ ކޯޗެއްކަން އަމުދުން ނުވެސް އެނގެނީއެވެ. ދެތިން ފަހަރު މަޖިލީހަށް ހާޒިރުކޮށް މެންބަރުން އެކި ގޮތްގޮތަށް "ފެލާ ފެލާވެސް" އެއްޗެއް ނުނުކުތެވެ. އެއެއްޗެއްގައި ނެތް ދިޔައެއް އޮބިއެޅިޔަސް ނެރެވޭނީ ކިހިނެއްޔެވެ؟ މަޖިލީހުގެ ރައީސް ދެއްވި މާކްސްއަކީ ސުމެކެވެ.

ދެން ހުންނެވީ އާތިފާ ޝަކޫރެވެ. އިހުގެ ރެލީއެކެވެ. އެކަމަކު އެއްވެސް ކަމެއް ނެތެވެ. ގިނަ މީހުން ބުނަނީ އެވަރުގެ ބުރަ އުފުލޭ ވަރަށްވުރެ އިންޖީނުގަނޑު ދެރަވަރީ ކަމަށެވެ. އެއްވެސް ޒިންމާއެއް އަދާކުރާތީއެއް އަޑެއް ނީވެއެވެ. ބަހަން ދިން ފްލެތްކޮޅުވެސް ވީ ހިސާބެއް ނޭނގެއެވެ. ވާނުވާ ވެސް ނޭނގެނީ ކަންނޭގެއެވެ.

ސިއްހީ ވަޒީރުގެ ބެލުމުގެ ދަށުން އޯޑަރުކުރި ވެންޓިލޭޓަރަށް ކުރި ޚަރަދުގެ ތެރެއިން 35 މިލިއަން ރުފިޔާ ވީ ނުވީއެއްނޭގި "ގެއްލިގެން" އުޅޭ ވާހަކަ ރަށުތެރޭގައި ދައްކާވަރުން ބޯ ހަލާކުވާ ވަރުވެއެވެ. ވެންޓިލޭޓަރެއްގައި އަޅައިގެންފައި ވެއްޓުނަސް އެނގޭނެ ކަމެއް ނޭނގޭނެއޭ މީހުން ސޯޝަލް މީޑިއާގައި މަޒާޖީކޮށް ބުނެ އުޅެއެވެ. ބައިއެޅޭ ގޮތަށް ނޫން ގޮތަކަށް ކަމެއް ނުކުރާނެ ކަމީ ރައީސް ޔާމިންގެ ދައުރުގައި ރައީސް އޮފީހުގައި ހުންނެވި އިރު ވިއްކާލި ކުޑަ ސިޓީން ވެސް ޔަގީންވާކަމެކެވެ. އެމައްސަލަ މިހާރުވެސް ޕީޖީ އޮފީހުގައި ފައިލް ކޮށްފައި އޮންނާނެއެވެ. ޝަމީމުގެ ގަޓެއް ހުރިއްޔާ އޭތި ތިލަކޮށްލަނިކޮށް އެކަން ނިމުނީއެވެ. ޖުމްހޫރީ ޕާޓީގެ ވަލުދޮރޯށި ހުޅުވިފައި ހުއްޓާ ވައްދާލައިގެން ސްލޮޓް ހޯދި ގޮތެއްވެސް ނޭނގެއެވެ. އެޕާޓީއަށް މިއޮތްހާދުވަހު ގުރުބާންވި ކުދިން އަދިވެސް އެތިބެނީ އެކަމާ ތުން ފިއްތަ ފިއްތައެވެ.

މާލީ ވަޒީރަކީ މެޑިޓެކް ކުންފުންޏަށް ފައިދާ ހޯދަދޭން އެ މަޤާމުގައި ހުންނަ މީހެކޭ ކިޔާލެކެއްވެސް މަދެއްނޫނެވެ. ކުންފުނީގައި ހިއްސާއެއް ނޯންނާނެ ކަމަށް ހަތް ހުވާ ކުރެއްވިއަސް މީހުން އެކިޔަނީ އެ ހިއްސާއެއް ބަދަލު ކުރީ ވަޒީރު ކަމަށް ވަޑައިގަންނަވާން ވެގެން ކަމަށެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. ސޯޝަލް މީޑިއާގައި މީހުން ދައްކާ ވާހަކައެވެ.

އަލީ ވަހީދަކީވެސް ޖުމްހޫރީ ޕާޓީއަށް ހަމަ އަމީން ވެސް ވަތް ދޮރުން ވަތް ބޭފުޅެއް ކަމަށް އެޕާޓީގެ ހަރު މީހުން ބުނެ އުޅެއެވެ. އޭނާ އަކީ ހަމަ އަދި ވަރަށް ޅަ ކުއްޖެއް ކަމާއި ތަންކޮޅެއް "ބާޒާރުމަތީ" ހުނަރެއް ލިބިފައިވާ ކުއްޖެއްކަމަށް ގިނަ މީހުން ގަބޫލު ކުރަން ފެށީ އެ ލީކުވި އޯޑިއޯއަކުންނެވެ. ރާއްޖޭގެ އިގްތިޞާދުގެ މައި ލޭނާރު ބުރި ވެގެން ދިޔައިރުވެސް އޭނާއަށް ވީކަމެއް ހަމަ ހަރާމެވެ. އެވަރުގެ ތަޖުރިބާއެއް ނެތް ޅަ ކުއްޖަކާ ގައުމުގެ އިޤްތިޞާދުގެ މައި ނާރު ބަލަހައްޓަން ހަވާލުކޮށްގެން ރައީސް ސޯލިހް އަދި ވެސް އެ ހުންނަވާ ސަބަބަކާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަމަ ޝަކުވާއެއް ވެސް ކޮށްނުލާތީ ހައިރާންވެ އަންތަރީސް ވެއެވެ.

ޒަމާނީ އޮޕަރޭޝަނަލް ޓެކްނީކް އަދި ލޯ އެންފޯސްމަންޓްގެ ވިސްނުމެއް ފިކުރެއް ޚިޔާލެއް ނެތް މީހަކު އެ ހުންނެވީ ހޯމް މިނިސްޓަރުކަމާ ޙަވާލުވެގެންނެވެ. މި ރާއްޖޭގައި އިލްމީ ޤާބިލް ބަޔަކު ހަމަ ނެތީތޯއެވެ؟ ކޯލިޝަނޭ ކިޔައިގެން ޕާޓީއަކަށް ބައި އެޅިޔަސް ބައި އަޅާފާ ދޭ ސޮލޮޓަށް ގާބިލު މީހަކު ލާން ޝަރުތެއް ވެސް ކުރަން ވާނެ ކަމަށް ގަބޫލު ކުރަމެވެ. ހަޔާތުގައި ދުވަހަކު އެފަދަ އެއްވެސް ތަޖުބާއެއް ކޮށްފައި ވެސް ނުވާ މީހަކާ ގައުމުގެ ދާޚިލީ ވަޒީރުކަން ހަވާލުކޮށް މުޅި ގައުމު ބަލަހައްޓަން ހަވާލު ކުރީމާ ދެން ވާނެ ހައެތި މިދަނީ ވަމުންނެވެ. ދެން ދުވަސްކޮޅަކުން ފެންނާނީ ކުދިން ކޮޅެއް ގޮވައިގެން ލޮނުޒިޔާރަތް ކޮޅުގައި ހުންނަވަނިކޮށް ކަންނޭނގެއެވެ.

މަތީ ތަޢުލީމާ ބެހޭ ވަޒީރުގެ ވާހަކަ ދެއްކުމަށް ވުރެ ނުދެއްކިއްޔާ ހިތައް މާ ފަސޭހަވާނެއެވެ. އެވެސް ހަމަ ނަމެއްގައި ހުންނަވާ ބޭފުޅެއް ކަމަށް ގިނަ މީހުން ބުނެއެވެ. މިހާތަނަށް ކުރިއްޔާ ކުރި ކަމެއް އޮތީ ބޮއްސުންލައި ފެއިލް ވެފައެވެ. އިހުގެ ރެލީއެއް ވިޔަސް ދަބަރު ޖެހިމާ ދެން ކަމަކު ނުދާނެއެވެ.

އަޑުއިވޭ ގޮތުގައި މިސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީޙު ޖަމާލު ކޮންޓްރޯލްކުރަނީ އޭނާގެ ލޯބިވާބޭބެ ޑރ. ޖަމީލެވެ. ގިނަ ވަގުތު އުޅުއްވަނީ ސަރުކާރަށް ހަޖޫ ޖަހާ ގްރޫޕެއް ގޮވައިގެން މަސްވެރިކަމުގެ މަޖަލުގައޭވެސް ގިނަ ބަޔަކު ބުނެއެވެ. އޭނާ ޙަވާލުވެ ހުރި މިނިސްޓްރީން މިހާތަނަށް ވީ ކަމެއް ޙަރާމުން ޙަރާމެވެ. އެތަން މިހާރު ވީ ތަނެއް ވެސް ނޭނގެއެވެ. ކޮމިއުނިކޭޝަން ވަޒީރުވެސް މީ ހަމަ ބޮލެކެވެ. ޖުމްހޫރީއަށް ވެންނެވި ދޮރެއްވެސް އެ ޕާޓީގެ ވެރިންނަށް އެނގިވަޑައިގަންނަވާ ހެނެއްވެސް ހީއެއް ނުވެއެވެ. މިހާތަނަށް ކުރެވުނު އެއްވެސް ކަމެއް ނުފެނެއެވެ. މަޖިލީހަށް ގެންދިޔައިމާ ވިދާޅުވީ ކޯވިޑާ ހެދި ކަމެއް ނުވަނީ ކަމަށެވެ.

ދެންއޮތީ މިހާތަނަށް ނުލިޔެވި އޮތަސް މިލިސްޓުގެ އެންމެ ކުރީގައި ކޮންމެހެން ވެސް އޮންނަން ޖެހޭ ނަމެކެވެ. ޓްރާންސްޕޯރޓް މިނިސްޓަރ އައިޝާގެ ވާހަކައެވެ. ކޮންމެހެންވެސް މިލިސްޓުގައި ޖަހަން ޖެހޭ ނަމެކެވެ. ސަބަބުތައް ބައިވަރެވެ. ހަމައެކަނި ގާބިލުކަން ނެތުން އެކަންޏެއް ނޫނެވެ. އަޚްލާގީ ގޮތުން ވެސް ކުފޫ ހަމަ ނުވަނީއެވެ. މާލީ ބަޔާނުގައި ވެސް ރޯ ބުހުތާން ދޮގެވެ. އެތައް ކަމެއް ސިއްރިޔާތުގައި ހިންގަވަނީއެވެ. މާލޭގެ މާފަންނު ކޮޅުގައި އުޅޭ އެކަމަނާގެ ލޯބިވެރިޔާއާއި އެކު އޮންނަނީ ހަމައެކަނި ލޯބީގެ ގުޅުމެއް ނޫނެވެ. ދެ ލޯބިވެރިން އެކުގައި ވިޔަފާރިވެސް ކުރައްވަނީއެވެ. މިހާރުވެސް އަށެއްކަ އެޕާރޓްމެންޓް ހަދައިގެން ކުއްޔަށްދީގެން ވަރަށް ފުޅާކޮށް އެވިޔަފާރި ހިންގަވައިގެން އާމްދަނި ހޯއްދަވައެވެ. ދައުލަތަކަށް ޓެކުހެއް ނުދައްކަވައެވެ. އެކަމަކު މާލީ ބަޔާން ހުށައެޅުއްވީއިރު އަތްޕުޅުގައި މުކޮސް ވެސް ނެތެވެ. މިކަން މިނޫހަށް ކަށަވަރު ކޮށްދީފައިވަނީ ނިކަން ރަނގަޅަށް މައުލޫމާތު އެނގިހުރި ބީޖީ ސަރަހައްދުގައި އުޅޭ ޒުވާނެކެވެ. އެޒުވާނާ ކިޔައިދިން ގޮތުގައި ދާދިފަހުން އައިޝާއާއި ބެހޭގޮތުން ރާއްޖޭގެ ޓީވީ ޗެނަލަކުން ދެއްކި ރިޕޯޓްގައި އެވަނީ ހަމަ ތެދު ހަގީގީ ވާހަކަ ތަކެކެވެ. އެ ޗެނަލުން ދެއްކި ރުޤިޔާ ކުރާ ހޯރަފުށީ މީހާއާއިއެކުގައި ފެންނަ ފޮޓޯއަކީވެސް ހަމަ ހަގީގަތެކެވެ. އެއީވެސް ހަމަ ހިންގާފައިވާ ހުތުރު އަމަލެކެވެ. މިހެންވުމުން މިނިސްޓަރ އަލީ ވަހީދުގެ ލީކްވެފައިވާ އޯޑިއޯގައި އެދައްކަވާ ބަދުއަޚުލާގީ ވާހަކަތަކާއި ޕާޓީ ކުރާ ވާހަކަތަކަކީ ހަމަ ވަރަށް ޔަގީނާ ގާތްކުރާ ކަންތައްތަކެއް ކަމުގައި މިހާރު ދަންނަވަން ކެރެއެވެ. އެހެންވީމާ މިހާ ސާފުކޮށް ރީތިކޮށް ތެދަށް ހިންގަވަން ބޭނުންފުޅުވާ ސަރުކާރެއްގައި އައިޝާ ފަދަ ފަސްބައި ހަޑިވެފައިވާ ބޭފުޅަކު ނުބަހައްޓަވާ އަވަހަށް ބޭރުކުރައްވައި އެމަގާމަށް ކުފޫ ހަމަވާ ރަނގަޅު މީހަކު ލެއްވުމަށް ރައީސް ޞާލިހަށް ދަންނަވަމެވެ. ޖޭޕީގެ ސްލޮޓަކަށްވާތީ ގާސިމަށް ދަންނަވައިގެން ވެސް މިކަން އަވަސް ކުރައްވާށެވެ.

މި ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ދެވިއްޖެއެވެ. ސަރުކާރުދަނީ ބަލިކަށިވެ ނިކަމެތި ވަމުންނެވެ. ރައްޔިތުން ކިޔާ އެއްޗިއްސާހެދި ކަންފަތް ދިއްކޮށްލާން ނުކެރެއެވެ. ލަދުން ދެފައި ގާތްކޮށްލާން ވެސް ނުކެރެއެވެ. ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު އެހާމެދަށެވެ. ދަންނަ ގާތް ރައްޓެއްސަކު ވުޒާރާއެއްގެ މަތީ މަޤާމެއްގައި ނެތްނަމަ އެމީހަކު ޖެހެނީ ރަށުތެރޭގައި ސަލާމާ ހިނގާށެވެ. ރައްޔިތުންނަށް ވީ ވަޢުދުތަކަށް ކިޔަނީ "މަރިޔަބު" ތޯ ވެސް ބަލާލާ މީހަކު ނެތެވެ. މެންބަރުން ވިދާޅުވިޔަސް ރައީސް ނަޝީދު ވިދާޅުވިޔަސް ރަނގަޅު ވާހަކައެއް ހަމަ ވާނީ ރަނގަޅަށެވެ. ދެން ކެތްކުރެވިއްޖެއެވެ. ދެން މަޖިލީހުން ކުރަންވީ ކަމަކީ ފީ ހޮވާލާ ފަހަރަކު އެއްޗެއް ވިޔަސް އުކާލާ ފީ ވެފައި ހުރި ސާމާނު އުކާލާ ފައި ރަނގަޅު ފެންހެލޭ އެއްޗެހި ލާން ރައީސް ޞާލިހާ ހަވާލު ކުރަން ވީއެވެ.

ޕާޓީތަކުން ނަން ހުށަހަޅާ ވަކި ބަޔަކަށް ވަޒީރުކަން ލިބުމަކުން ޕާޓީ ތަކުގެ ލީޑަރުންނަށްވެސް ވަކިވީ މާމޮޅެއް ނެތެވެ. ވަޒީރުކަން ލިބުމާއެކެ، ތިމާގެ މޮޅުކަމުން ލިބުނު އެއްޗަކަށް ހަދައި ހަށިފޮޅާލައެވެ. އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. ލޮނު ހެޔޮވަރު ކުރަން ޖެހޭނީ ރައީސް މީހާއަށެވެ. ރައްޔިތުން މަނިކުފާނަށް ކުރި އިތުބާރު ނަގާނުލާށެވެ. އެއްލައްކަ ތިރީސް އަށްހާސް ވޯޓު ލިބުނީކީ ހަމަ އެކަނި "ފެޅައު" ކޯލިޝަން އޮވެގެނެއްނޫނެވެ. މަނިކުފާނުގެ ޒާތަށާއި އިޚްލާސްތެރިކަމާމެދު ރައްޔިތުންނަށް އިތުބާރުވެސް ކުރެވޭތީއެވެ. "ފެޅައު" ކޯލިޝަނުން ވިޔަސް އަދި އެމްޑީޕީން ވިޔަސް ނަތީޖާ ނުނެރެވޭ އަދި ނެގިމަޑުވެފަ ތިބި ވަޒީރުން ބަދަލުކުރުން ލާޒިމެވެ. އެބޭފުޅުންނަށް ދެރަ ގޮތްތަކެއް ހަދަންޖެހޭ ވާހަކައެއް ނޫނެވެ. ސަފީރުކަމާއި އެހެނިހެން ކަންކަންވެސް އެބައޮތެވެ. ކުންފުނިތަކުގެ ވަތްގަނޑުވެސް ހަވާލުކުރެވިދާނެއެވެ. މިހެން ހަދައިގެންވެސް ސަރުކާރުގެ އިންޖީނު އިސްޓާޓް ކުރެވެން އެބަ ޖެހެއެވެ.

ލޮބުވެތި ރައީސެވެ. "ފެޅައު" ކޯލިޝަންގެ ޕާޓީތަކުން އިލްމީ އަދި ހިންގުންތެރި ޤާބީލް ބޭފުޅުންގެ ނަންތައް ހުށަހެޅުއްވުމަށް ދަންނަވާށެވެ. ރައީސަށް އެވެރީންވެސް ކަމުނުދަންޏާ ރައީސަށް ފެނިވަޑައިގަންނަވާ ޤާބިލު ބަޔަކު އައްޔަނު ކުރައްވާށެވެ. ވަޒީފައެއްގެ ގޮތުގައެއް ނޫނެވެ. މަސްއޫލިއްޔަތެއްގެ ގޮތުގައެވެ. ޤާނޫނު އަސާސީގައި ބުނާ ވެރިކަން ހިންގާ "ވަޒީރުންގެ މަޖީލީހަކީ" ރައްޔިތުން ބަލައިގަންނަ މަޖިލީހަކަށް ހައްދަވައިދެއްވާށެވެ.


ކިޔުންތެރިންގެ ހިޔާލު


26

ބުރޯ

29-May-2020

އަބްލޯ ޝާހިދު, އަސްލަމް އަދި އައިސްތު އަލީ އެކަނި ދޯ މޮޅު ބަޔަކަށް ތިބީ..ހަހަަހާ ކިހާ ގަބޫލް ކުރެވޭ ވާހަކައެއް މިއީ!! އެކުރާހާ ބޭކާރު ހަރަދޯ! އެޑިޔުކޭޝަން މިނިސްޓަރުގެ ލޯބީގެ ވާހަކަތައް ނައިސް އައިޝާގެ ވާހަކަ އައިމަ އިނގޭ މިއީ ކޮން މަގްސަދެއްގަ ލިޔެފަ އޮތް އެއްޗެއްކަން. ހަމަ ހަމަ ކޮށް ލިޔަންޔާ އެންމެންގެ ވާހަކަ ލިޔޭ. ވަކިބައެއް ފަލީހަތް ކުރާނެ ކަމެއް ނެތް


18

ފާތުމަ

23-May-2020

ލިޔުމަށް ބަލާއިރު މިއޮތީ އެއްކޮށް ފައިން އެރިފަ.


13

ފާތުމަ

23-May-2020

ލިޔުމަށް ބަލާއިރު މިއޮތީ އެއްކޮށް ފައިން އެރިފަ.


15

ސަރާ

23-May-2020

މީގެން އެކަކުވެސް ބަރިއްޔަތް ވާން އެބަ އޮތްތޯ


21

ސަރާ

23-May-2020

މީގެން އެކަކުވެސް ބަރިއްޔަތް ވާން އެބަ އޮތްތޯ


0

އަލީ

23-May-2020

ދެން ފުދިއްޖެ އެރިގޮތަށް ފައިބާން ކިހިނެއް ހަދާނީ


24

އަލީ

23-May-2020

ދެން ފުދިއްޖެ އެރިގޮތަށް ފައިބާން ކިހިނެއް ހަދާނީ


18

ސަހަރޯ

23-May-2020

މިލިއުންތެރިޔާގެ ވާހަކަތައް ދިރާސާކުރާ އިރުބެލެވެނީ ތަސައްރަފު ނުފުދޭ މާލިމީއަކު ގެ ނިންމުންތަކެއްގެ ސަބަބުން ފަޅުވެރިންނާއި އެކު އޮޑި ވަކި މިސްރާބެނެތި އޮޔާދަނީ ފަރަކަށް އެރުމުގެ ކުރިން ފަޅުވެރިންގެ ސަލާމަތް ލިބިގަންނަންޖެހޭ.


1

އައްޑޫ ބެއްޔާ

23-May-2020

ވާހަކަމޮ ކިތަންމެ މޮޅަކަށް ވެސް ލިޔެވިދާނެ. ސަރުކާރު ދަމަހައްޓަން ކަންނެލި އޮޑިއެއް ބަރު ކުރާހާ މިނިސްޓަރުން ނާއި . އަދަދު ނޭގޭހާ ކޮމިޝަންހަދައި 19 ވަނަ މަޖިލިސް އަށް 65 މެންބަރުން ލިބުނީމަ ރަންބުއްދިވެ މިއޮށް ދަނީ ފައިން އެރެމުން. ރައީސް ގެ ހާލަތާ މެދު ކަންބޮޑުވޭ ފޭލް ނުވަނީ ކޮން މިނިސްޓްރީ އެއްތޯ. އިކޮނަމިކް މިނިސްޓަރ ފިނޭންސް މިނިސްޓަރު ފޮރިން މިނިސްޓްރީގެ ޙާލު ކޮބައިތޯ ބައިތަލްމާލު އޮޔާދިޔައިރު ގަވަރުނަރު ހުރިހާ މީހުން ބައި އަޅައިގެން މިކުރަނީ ކީއްތޯ. ހުރިހާ ބާރެއް ލިބި ކުރާ ވެރިކަމުގެ ޢަދުލުވެރިކަން ގެއްލި ޚިޔާނާތުގެ ހާއްޔަކަށް ސަރުކާރު ވެއްޖެ. ސަހަރޯ ކޮންމެވެރިޔަކުގެ ނިމުން ޖަލަށް.


6

ހަސަނޭ

23-May-2020

ތީބޯގަޑުވިލާފައްޔާޒުގެވައްކަންނުލިޔާމީހެއް. ހަސަންލަތީފާބޯގަނޑުވިލާއިބުރާއާއިއެގޭބަނޑޭހަސަނުމެންފަދަ މ ޑ ޕ އަށްވަލުދޮރާށިންވަން ވަގުންގެޥާހަކަނުދައްކާމީހެއް


-4

މެދު ރާއްޖެ ކުޑަ ރައް

23-May-2020

ވ ފުރިހަމަ ލިޔުމެއް ...މީ މިނިވަން ނޫސްވެރިކަމަކީ..މި ލިޔުމުގަ ނަންގެނެވުނު ހުރިހާ މިނިސްޓަރުން (މިހެން ކިޔަންވެސް ލަދުގަނޭ) ބަދަލު ކުރަން ޖެހޭ...ރައީސް އިބޫއައް ވ އިހުތިރާމްކުރަން..ޕްލީޒް ޕުޓް ދީސް ޔޫސްލެސް ޕީޕަލްސް އެސައިޑް


19

ނެތް

23-May-2020

މި ލިޔުމުގައިު ބޭނުންކުރައްވައިފައިވާ “މުކޮސް” އަކީ ބަދުއަޚްލާޤީ ބަހެކެވެ. އިސްލާހުކޮށްލެއްވުމަކީ އަދަބިއްޔާތު ކުރިއެރުވުމަށް ކޮށްދެއްވާ ޚިދުމަތަކަށް ވާނެ އެވެ.


-1

ައަތީފު

22-May-2020

މީ ސަތޭކައިގެ ލިޔުމެއް މިފަހުން ފެނުނު އެންމެ މޮޅު ވަކި އަތަކަށް ބުރަ ނުވެ ލިޔެފަ އޮތް ލިޔުން.. ވީ ލަވް ރަސް..


-7

އެލެކުސް އަހުމެދު

22-May-2020

މިކަހަލަ ރިޕޯޓެއް ކިޔާލެވުނީމާ އެބަ އިހުސާސް ކުރެވޭ މިނިވަން ނޫސްވެރިކަން ކުރުމުގެ މުހިއްމުކަން .ތިޔަ އަދާކޮށްފައިވަނީ ނޫސްވެރިންގެ ދައުރު ސަރުކާރާއި ވަޒީރުން ވެސް ޒިއްމާދާރު ކުރުވަން ޖެހޭ ބަޔަކީނޫސްވެރިން ރަސް ގެ މަސައްކަތައް ސެލިއުޓު ކުރަން


14

ދެކުނު މޫސަ

22-May-2020

މި ހަމަ ވަރަށް ފައްކާ ލިޔުމެއް ވާގިނެތިފައިތިބި ވަޒީރުން ބޭރުކުރުން މާބޮޑަށްވެސް ލާސްވެއްޖެ


17

ސިޔާދު

22-May-2020

ވަރަށް ފައްްކާލިޔުމެއް މީ


16

ޟާމް

22-May-2020

ރައީސަށް ދެން އޮތީ 3 އަހަރު. އެންމެން މިކިޔަނީ ޒަހާ އަލީ ވަހީދު މަހްލޫފް އާތިފާ ޔުމްނާ މަލީހް މިމީހުން ބަދަލް ނުކުރަންނާ މި 5 އަހަރު ނިމިގެންދާނީ ހުސް ދެއަތާ. ރައީސް ބޭނުންވަނީ ކަމެއްނުވި 5 އަހަރުގެ ޟަރަފް ލިބެންތޯ. ޕޮލިޓިކުސްގައި މީހުން ރުއްސަން އުޅޭމީހާ ހަލާކް ވާނީ


15

ޟާމް

22-May-2020

ރައީސަށް ދެން އޮތީ 3 އަހަރު. އެންމެން މިކިޔަނީ ޒަހާ އަލީ ވަހީދު މަހްލޫފް އާތިފާ ޔުމްނާ މަލީހް މިމީހުން ބަދަލް ނުކުރަންނާ މި 5 އަހަރު ނިމިގެންދާނީ ހުސް ދެއަތާ. ރައީސް ބޭނުންވަނީ ކަމެއްނުވި 5 އަހަރުގެ ޟަރަފް ލިބެންތޯ. ޕޮލިޓިކުސްގައި މީހުން ރުއްސަން އުޅޭމީހާ ހަލާކް ވާނީ


10

އިސްލާމް މިއާ

22-May-2020

ވަރަށް އުއްމީދު ކުރެވޭ ވަޒީރުންގެ މަޖިލިސް އަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރު ކާމިޔާބު ކުރުމަށްޓްކައި ކޮންމެހެން ވެސް ރައީސް ސޯލިހް އަށް މިކަން ކުރަންޖެހޭނެ


19

އަލީ

22-May-2020

100 ކައިގެ ލިއުމެއް. ތި ގޮތަށް ލިޔެގެން ސަރްކާރު ޖަވާބްދާރީ ކުރުވާަ. ސާބަހޭ


16

އަލީ

22-May-2020

100 ކައިގެ ލިއުމެއް. ތި ގޮތަށް ލިޔެގެން ސަރްކާރު ޖަވާބްދާރީ ކުރުވާަ. ސާބަހޭ


-1

އަލީ

22-May-2020

100 ކައިގެ ލިއުމެއް. ތި ގޮތަށް ލިޔެގެން ސަރްކާރު ޖަވާބްދާރީ ކުރުވާަ. ސާބަހޭ


8

ޟުވާޒް

22-May-2020

މި ލިޔުން ތެރިއާމިތާގައި މިވިއްކަން އުޅެނީ 19 މަޖިލީހުގެ މޮޅުވާހަކަ..ހަހަ ތިޔަ ހުރިހާ މިނިސްޓަރުން ކިޔާނިމުނު އިރުކީއްވެަ ޕްލޭނިންގް މިނިސްޓަރެއް ކަމެއްނުވާ ވަހަކަ ބުނެލަންނުކެރުނީ ލިޔުނު ސޮރާ އޮތީ ކޮންގުޅުމައްބާ އޮތީ. ޓިޔަ ބުނާ މޮޅު މިނސްޓަރުން ގެ ހާލަކީ އާއްމު ރައްޔިތުމީހާ ޕްލޭނިނގް މިނިސްޓްރީ އަސް ފޮނުވާސިޓީ 4 މަސްވާއިރު ޖަވާބު ނުދޭ އެޑިޔުކޭޝަން މިނިސްޓަރެއް ވާނުވާ އިނގެނީ ކީ އެތައް ލާރިއެއް ހަރަދު ކޮއްފި އޮންލައިން ކިޔަވާއި ދިނުމުގެ ނަމުގައި ވީކަމައް ހަމަ ހަރާން ފޮރިންމިންޓަރ އަބުދުﷲ ޝާހިދު ދަނީ ވައްކަން ކުރަމުން އެކި ނަން ނަމުގައި ބޭރުގައުމު ތަކުން ދޭ އެހީވެސް ބައެއް ކާލަނީ މީނައާ ރައްޔިތުން މަޖިލިސްގެރައީސް


36

އަލީ

22-May-2020

އެތިބަ މަހްލޫފްމެން ކީއްކުރާ ބައެއް


17

އިއްސެ

22-May-2020

މީ ހަމަ ސަތޭކައިގެ ވާހަކަ ތަކެއް ފޭލިޔަރުން ބޭރުކުރަންވީ އެނޫން ގޮތަކަށް ވައުދެއް ނުފުއްދޭނެ


17

ހަސަން

22-May-2020

ވަރަށް ރަނގަޅު ލިޔުމެއް ރަސް ނޫނިއްޔާ މިނިވަން ނޫްސްވެރިކަންކުރާ ނޫހެއް ނުފެނޭ ވަރަށް ފުރިހަމަ



ޓްރެންޑިން