ގާފަރު ކައިރިން އުޅަނދެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ކ. ގާފަރުގެ ދެކުނުން ހުޅަނގާ ދިމާއަށް އުޅަނދެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަަށެވެ. އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތައް އަދި ހާއްސަ ރޭގަނޑު ދަތުރުކުރާއިރު ސަމާލުވާން އިލްތިމާސް ކޮށްފައެެވެ.



ގާފަރު ބޭރުން އޮޔާ ދަނީ ބޭރުގެ މަސް ބޯޓެކެވެ. އޮޔާދާ އެ ބޯޓަކީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން