އިންޑިއާގެ އެެކި ސިޓީ ތަކުގައި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް ދާދިފަހުން ދިއްލީއަށް މޯލްޑިވިއަން ކުރި ދަތުރު
އިންޑިއާގެ އެެކި ސިޓީ ތަކުގައި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް ދާދިފަހުން ދިއްލީއަށް މޯލްޑިވިއަން ކުރި ދަތުރު
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެނާދެވި ތައިލެންޑްގައި ތާށިވެފައިތިބި ދިވެހިން މިރޭ މާލެ އަންނާނެ ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ތައިލެންޑްގައި ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި ތާށިވެފައި ތިބި 26 ދިވެއްސަކު މިރޭ މާލެ އަންނާނެއެވެ. އަދި މާލެ އައުމަށްފަހު އެ އެންމެންވެސް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން 14 ދުވަހުގެ ކަރަންޓީނަށް ދާނެކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޯވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާއިރު، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުވަނީ ބަންދުކޮށްފައެވެ. ނަމަވެސް ރާއްޖޭގައި ތިބި ބޭރު ޤައުމުތަކުގެ މީހުން ދަނީ ޚާއްސަ ފްލައިޓްތަކުގައި އެ ޤައުމުތަކަށް ފޮނުވަމުންނެވެ. އަދި ބޭރު ޤައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިންވެސް ދަނީ ރާއްޖެ ގެންނަމުންނެވެ.

އެގޮތުން މިހާތަނަށް ނޭޕާލްއާއި، އިންޑިއާއާއި، މެލޭޝިޔާއާއި، ބަންގްލަދޭޝް އިންވެސް ވަނީ ދިވެހިން ރާއްޖެ ގެނެސްފައެވެ.

ތައިލެންޑްގައި ތިބި ދިވެހިން މިރޭ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން ތައިލެންޑްއަށް ފުރި ފްލައިޓްގައި މިއަދު ވަނީ އެ ޤައުމުގެ 15 މީހަކު ގެންގޮސްފައެވެ.

ތައިލެންޑްގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލާލާއިރު އެ ޤައުމުން 3042 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭގެ ތެރެއިން 2928 މީހުން ރަނގަޅުވެފައިވާއިރު، މިހާރު އެ ޤައުމުގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 57 މީހެކެވެ. އެ ޤައުމުގައި ކޯވިޑް-19 ޖެހިގެން 57 މީހަކު ވަނީ މަރުވެފައެވެ.

https://twitter.com/MaldivianAero/status/1264774976021897217?s=20



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން