މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ސަޕޯޓަރެއްގެ ފޯނު ހަލާކު ކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވުމުން ރޮނާލްޑޯ އެކަމަށް މަޢާފަށް އެދެފިއެވެ.

މިހާދިސާ ހިނގާފައިވަނީ މިހާރު ކުރިއަށްދާ ޕްރިމިއަރ ލީގުގައި އިއްޔެ މެންޗެންސްޓަރ ޔުނައިޓެޑާއި އެވަރޓަން ކުޅުނު މެޗު ނިންމާލުމަަށްފަހު ދަނޑުން ފައިބައިގެން ދަމުންކަން ވީޑިއޯއިން ހާމަވެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އިއްޔެގެ މެޗުގެ ނަތީޖާއާއި މެދު ހިތްހަމަނުޖެހިފައި ހުރިކަން ރޮނާލްޑޯގެ އަމަލުތަކުން އެނގިގެންދެއެވެ.

މިވީޑިއޯ އާންމު ވުމާއިއެކު ސަޕޯޓަރުގެ ފޯނުގައި ޖަހައި ބިންމައްޗަށް ވައްޓާލެވުނީކަމަށް ބުނެ މަޢާފަށް އެދެމުން ރޮނާލްޑޯ ބުނީ ބައެއް ހާލަތްތަކުގައި އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫވާކަމަށެވެ. ނަމަވެސް އިޚުތިރާމް ކުރުމާއި ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމަކީ މުހިންމުކަމެއްކަމަށާއި، އެހެންކަމުން އޭނާގެ މިއަމަލަށް މައާފަށް އެދޭކަމަށް ބުނެފައިވެއެވެ.

ރޮނާލްޑޯ ވަނީ އެސަޕޯޓަރަށް މެޗެށް ބަލާލުމަށް ހާއްސަ ދައުވަތެއްވެސް ދީފައެވެ.

އިއްޔެ މެންޗެންސްޓަރ ޔުނައިޓެޑާއި އެވަރޓަން ކުޅުނު މެޗުން މެންޗެންސްޓަރ ޔުނައިޓެޑް ބަލިވެފައިވަނީ 1 - 0 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއާއެކު މެންޗެންސްޓަރ ޔުނައިޓެޑް ޗެމްޕިއަންސްލީގަށް ކޮލިފައިވުމާއި މެދު އޮތް އުންމީދާމެދު ސުވާލު އުފެދޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން