ކިމް ކާޑޭޝިއަން މެޓް ގާލާ އަށް ލީ ހެދުން ބާރުކަމުން ޒިބުވެސް ނޭޅުވުނު
ކިމް ކާޑޭޝިއަން މެޓް ގާލާ އަށް ލީ ހެދުން ބާރުކަމުން ޒިބުވެސް ނޭޅުވުނު
އެމެރިކާގެ ނިއުޔޯކްގައި ފަންޑްރައިޒިންގް އިވެންޓެއްގެ ގޮތުގައި ފެޝަން އިންޑަސްޓްރީން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުންދާ މެޓް ގާލާގައި އެއަހަރެއްގެ ތީމަކާއި ގުޅުވައިގެން އާގޮތަކަށް ތައްޔާރުކޮށްފައި ހުންނަ ތަފާތު ހެދުމެއް ލައި ރެޑް ކާޕެޓްގައި ހިނގާލުމަކީ ބޭރުގެ ގިނަ ފަންނާނުންގެ މެދުގައި އާންމުކަމެކެވެ. އެގޮތުން މިއަހަރު ބޭއްވި މެޓްގާލާގައި މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން ލީ ހެދުން ބާރުކަމުން ޒިބުވެސް ނޭޅުވުނުކަމަށްވެއެވެ. ހެދުމުގެ ޒިބު ނޭޅުވި ހުރިތަން ފޮރުވަން އޭނާ ވަނީ ހުދުކުލައިގެ ޖެކެޓެއް ފާޑުގެ އެއްޗެއް ބޭނުންކޮށްފައެވެ.

މީގެ އިތުރުން ކިމް މެޓް ގާލާއަށް ލީ މިހެދުމަކީ ހޮލީވުޑްގެ ލެޖެންޑެއްކަމަށްވާ މެރިލީން މޮންރޯގެ ހެދުމެއް ކަމަށްވާތީ ގިނަ ބަޔަކު ފާޑުވެސް ކިޔައިފައިވެއެވެ. މެރިލީން މެންރޯ 1962 ވަނަ އަހަރުގެ ހަފްލާއެއްގައި ލީމިހެދުމަކީ ފަސް މިލިއަނެއްހާ ޑޮލަރަށްވުރެ އަގުބޮޑު ހެދުމެކެވެ. އަދި މިހެދުމަކީ މެރިލީން މެންރޯގެ ހަނދާނުގައި ރައްކާތެރިކަމާއެކު މިއުޒިއެމްއެއްގައި ބެހެެއްޓިފައި ހުރި ހެދުމެކެވެ.



މިހެދުން ލުމުން ގިނަބަޔަކު ކިމް އަށް ފާޑުކީ ހެދުން ރައްކާތެރިކޮށް އެހާ ގިނަ ދުވަހު ބަހައްޓާފައި ހުއްޓައި، ހެދުން ބާރުވިނަމަވެސް މެޓް ގާލާގެ ރެޑް ކާޕެޓުން މިހެދުމުގައި ކިމް ފެނުމުންނެވެ. ގިނަބަޔަކު ބުނާގޮތުން ކިމްގެ މިއަމަލުން މެރިލީން މެންރޯގެ ހަނދާނުގައި ރައްކާކޮށްފައި ހުރި ހެދުމަށް އެއްވެސް ވަރަކަށް އިހުތިރާމެއްވެސް ނެތެވެ.

އަދި މިހެދުން ނާޒުކު ކަމުން ހެދުން ރައްކާކޮށްފައި ހުރީ ޓެމްޕަރޭޗަރ ކޮންޓްރޯލްކުރެވިފައި ހުރިގޮތަކަށް ކަމާއި، އެހެން ކަމުން މިހެދުން ލައި ބޭނުން ކުރުމުން ހެދުން ހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ގިނަބަޔަކު ބުނެއެވެ.



ކިމް މިހެދުން ލާފައިވަނީ ހަމަ އެކަނި މެޓް ގާލާގެ ރެޑް ކާޕެޓްގައެވެ. މެޓް ގަލާގެ ޑިނާގައި އޭނާ ލީ އެހެދުމާ ވައްތަރު ހެދުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން