ފިލިޕީންސްގެ ރިޔާސީ އިންތިހާބަށްފަހު، ކެމްޕޭނުގައި ބޭނުން ކުރި ޕޯސްޓަރުތަކާއި ކެމްޕޭނުގެ ސަބަބުން އިތުރުވި އެކިކަހަލަ ކުނިތައް ރީސައިކަލް ކުރަން އާސަރުކާރުން ނިންމައިފިއެވެ.

ފިލިޕީންސުގެ އާރައީސަކާއި، ނާއިބު ރައީސް ހޮވުމަށް އިންތިހާބު ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއިންތިހާބާއެކު، ފިލިޕީންސުގެ މަގުތައްމަތީ ކެމްޕޭނާ ގުޅުންހުރި ޕޯސްޓަރުތައް ކުންޏައްވެ މަގުތައްމަތީ އެކިކަަހަލަ ކަރުދާހާ ޕްލާސްޓިކު ގިނަވެފައިވާ މައްސަލައަށް ހައްލުހޯދުމަށް ސަރުކާރުން ވަނީ ކުނި އެއްކޮށް މަގުތައް ސާފުކުރުމުގެ ކެމްޕޭނެއް ފަށާފައެވެ.

އެގޮތުން މިހާތަނަށް 18 ވަރަކަށް ޓަނުގެ ކެމްޕޭނާ ގުޅުންހުރި ކުނި އެއްކުރެެވިފައިވާކަމަށް މެޓްރޯ މަނީލާ ޑިވެލޮޕެންޓް އޮތޯރިޓީއިން ހާމަކޮށްފައިވެއެވެ. ޒީރޯ ވޭސްޓް އެޑްވޮކަސީ ގްރޫޕަކާ ގުޅިގެން ހިންގާ މި ކެމްޕޭނުގެ ދަށުން އެއްކުރެވޭ ކުނި އަންދާލުމުގެ ބަދަލުގައި ކުނި ރީސައިކަލް ކޮށް އަލުން ބޭނުންކުރެވޭ ތަކެތި އުފެއްދުމަަށް ހަމަޖެހިފައިވާކަމަށްވެއެވެ.

ފިލިޕީންސުގައި އާރައީސަކާއި، ނާއިބު ރައީސް ހޮވުމަށް ހޯމަދުވަހު ބޭއްވި އިންތިހާބުން ކުރި ހޯއްދަވާފައިވަނީ ކުރީގެ ރައީސް މާކޯސްގެ ދަރިކަލުން މާކޯސް ޖުނިއަރ، އަދި އޭނާގެ ރަނިންމޭޓް، މިހާރުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދަރިކަލުން ސާރާ ޑުޓާޓޭއެވެ. މާކޯސް ޖުނިއަރ، އަދި ސާރާ ޑުޓާޓޭ، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ ކުރިއަށްއޮތް ޖޫންމަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން