މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ބައެއް ވަޒީރުންނަށް ރައްޔިތުން އެދޭވަރަށް ޚިދުމަތް ނުދެވެނީ އަންނަ ރިޔާސީ އިންތިޚާބަށް އެބޭފުޅުންގެ ވިސްނުން ހުންނާތީ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ އަށް މިރޭ ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަގުސަދަކަށް ވެފައި އޮންނަނީ ވެރިކަމަށް ކުރިމަތިލުމާއި އިންތިޚާބު ތަކުން ކާމިޔާބު ހޯދުން ކަމަށެވެ. ސަރުކާރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން މަޖިލިސް އިންތިޚާބުގެ ސާފު އަގުލަބިއްޔަތު ހޯދައިފައިވަނީ ކޯލިޝަނާއި ނުލައި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ ސަރުކާރުގެ ވަޒީރުން ސަރުކާރަށް ކަމެއް ނުވާކަން ދައްކައި، ސަރުކާރު ތެރޭގައި ކޮރަޕްޝަން ހިމެނޭ ކަމާއި ސަރުކާރު ގޯސްކަން ދައްކަން ބައެއް ވަޒީރުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
"އަަޅުގަނޑުމެން މިދަންނަވަނީ ވަޒީރުންގެ ތެރޭގައި އެބައުޅެޔޭ ގޯހެއް. ބައެއް ވަޒީރުން ކުރަންޖެހޭ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކެއް ފޯރުކޮށްނުދޭ ސަބަބަކީ ރިޔާސީ އިންތިޚާބު އަންނަނީއޭ، އެކަމަށްޓަކައި އެބަހުރޭ އެފަރާތްތަކުގެ ފިކުރު. މިސަރުކާރު ގޯސްވާހަކަ ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް އެބަކުރޭ. ކޮރަޕްޝަން އަމަލުތައް އިންތިހާއަށް އެބަ ހިންގާ. ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނަހަދާ. ހަވާލުކުރާ މަސައްކަތެއް ނުކުރޭ. އެވާހަކަ ދެއްކީމަ މިބުނަނީ ކޯލިޝަނާއި މައްސަލަ އެބައުޅެޔޭ." އެއްވެސް ވަޒީރެއްގެ ނަން ވިދާޅުނުވި ނަމަވެސް ނުސީދާ ގޮތުން ބައެއް ވަޒީރުންނަށް ނިސްބަތް ކުރައްވައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވިއެވެ.
ކޯލިޝަނުން ވަކިވުމަކީ މަޖިލީހަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް ހާލަތަށް ބެއްލެވުމަށްފަހު ކޯލިޝަން ރޫޅާލާން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ބޭނުންފުޅުވާނަމަ އެ ނިންމުން ނިއްމަވާނީ ރައްޔިތުންނަށްޓަކައި ކަމަށް އާޒިމް ވިދާޅުވިއެވެ.
"މިއަދު މިހުންނެވި ރައީސް އިބުރާހިމް މުހަންމަދު ސޯލިހް ރައްޔިތުންނަށް ދެރައެއް ނިކަމެތިކަމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރައްވާނެ." އާޒިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަ ޕާޓީ މޮޅުވަންޖެހޭނެ ކަމަށް ގަބޫލުކޮށް އެވިސްނުމަށް މަސައްކަތްކުރާ ވަޒީރުން މިސަރުކާރު ދަމަހައްޓަން މަސައްކަތް ނުކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިސަރުކާރު ކޯލިޝަންގައި ވަޒީރުންގެ ގޮތުގައި ޖުމުހޫރީޕާޓީ އާއި އަދާލަތު ޕާޓީއާއި އެމްއާރުއެމް ގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ޜައްޔިތުންނަށް ޚިދުމަތް ނުދެވޭނަމަ ކޯލިޝަނަށް ނުބަލައި ވަޒީރުންނާއި އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް މަގާމުތަކުން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު