އަނެއްކާވެސް މަޖިލީހުގެ ބައެއް މެމްބަރުން ދައުލަތުގެ ވެރިއެއްގެ އިތުބާރު ނެތްކަމަށް ވިދާޅުވާން ފަށައިފިއެވެ. މިފަހަރު ސަރުކާރުގެ ވަޒީރެއް ނޫނެވެ. މިފަހަރު ދައްކަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމުގެ ވާހަކައެވެ. 2019 ވަނަ އަހަރު ހުސައިން ޝަމީމް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވިގެން ދިޔައީ 85 މެމްބަރުން ހިމެނޭ މަޖިލީހުގެ 74 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެވަރުގެ ރުހުމެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް، އެމަނިކުފާނު ކުރެއްވި އަމަލަކުން މިހާތަނަށް ފެންނާކަށް ނެތެވެ. ތަޖުރިބާ އާއި ގާބިލުކަމާއި މެދުވެސް ސުވާލެއް ނެތެވެ.
2004 ވަނަ އަހަރު ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ޕީޖީ ޝަމީމް ގާނޫނީ އިލްމު އުނގެނިވަޑައިގެންނެވީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީންނާއި އިނގިރޭސިވިލާތުގެ ސަސެކްސް ޔުނިވާސިޓީންނެވެ.
ޤާނޫނީ ދާއިރާއިން ޝަމީމް ޚިދުމަތްކުރަން ފައްޓަވާފައިވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ސްޓޭޓް އެޓަރނީއެއްގެ މަޤާމުންނެވެ. އެމަޤާމުގެ އިތުރުން، އެއޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަޤާމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމާއި، ދެފަހަރެއްގެ މަތިން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ 4 ވަނަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަކީ މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއް އުފެދުނުއިރު، ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒާއެކު މަސައްކަތްކުރެއްވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދެވަނަ މުވައްޒަފެވެ. އޭގެ އިތުރުން، އޭނާއަކީ، އެންމެ ފުރަތަމަ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.
ޝަމީމްގެ ގާބިލްކަމާއި ނަޒާހަތްތެރިކަމާމެދު މަދު ބަޔަކު ސުވާލު އުފައްދަމުންދާއިރު، އެމަނިކުފާނުގެ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއްް ކުރައްވާފައިވޭތޯ މިއީ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެކެވެ. ނޫނީ މިއީ ޒާތީ ތައައްސަބުން ފުރިގެންވާ މައްސަލައެއްތޯ ބުނެވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
ޕީޖީ ޝަމީމްގެ އިތުބާރު ނެތްކަމުގެ ވާހަކަ ދައްކަން ފުރަތަމަ ފެށިީ މަޖިލީހުގައި ހިމެނޭ މަދު މެންބަރުންތަކަކާއި އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ވަޒީރެކެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތުކުރެވޭ ވަޒީރު ޕީޖީ ޝަމީމާ ދެކޮޅަށް ހިންގަން ފެށި ކެމްޕެއިން މާބޮޑަކަށް ވަޔަކު ނުހިފިއެވެ. އެމައްސަލައިގައިވެސް ގިނަ ބަޔަކު ތިބީ ޕީޖީ ޝަމީމާ އެއްކޮޅަށެވެ.
އަނެއްކާވެސް ޕީޖީ ޝަމީމްގެ އިތުބާރު ނެތްކަމުގެ ވާހަކަ ދައްކަމުންދާއިރު، މި ފަހަރު މައްސަލައަކަށްވީ 42 ކިލޯގެ މަސްތުވާތަކެތި ހިމެނޭ މައްސަލައެއްގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމުމުންނެވެ. މީގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ދައުވާ ނުކުރަން ނިންމި ނިންމުން ނިންމީ، ޕީޖީ ޝަމީމެއް ނޫނެވެ. އެއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިންމުމެކެވެ. އެ ނިންމުން ނިންމަވާނީ ޕީޖީ ޝަމީމް އަމިއްލަފުޅަކަށް ނޫނެވެ. އެއީ އެކަންކަމާއި ހަވާލުވެތިއްބާވާ ބޭފުޅުންގެ މަސްއޫލިއްޔަތެކެވެ.
42 ކިލޯގެ މައްސަލައަށް ބަލާއިރު، ދައުވާ ނުކުރަން ނިންމީ ސަބަބުތަކެެއް ނެތިއެއް ނޫނެވެ.
މިމައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި މައްސަލައިގެ ތެރެއިން ބަލާ ފާސްކުރި، މާފަންނު ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބުނުއިރުވެސް ކޯޓު އަމުރަކާ ނުލައި ބަލައިފާސްކުރުން ހިމެނެއެވެ. އަދި ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހެއްގެ އަތުން ހޯދާފައިވާތީ މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ.ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 149 ވަނަ މާއްދާއާ ޚިލާފަށެވެ.
މީގެއިތުރުން މި މައްސަލައިގައި ބަލާފާސްކުރުން ކުރިއަށްދިޔަ ގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަޙުޤީގަށް ނަގައި ތަޙުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގޭކަށް ނެތެވެ. މީގެއިތުރުން މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ޤަރީނާ ހޯދިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
މިހާ ފާޅުކަން ބޮޑު ގޮތެއްގައި ގޯސްތަކެއް ހަދާފައި ހުންނައިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެކަންކަން "އޮޅާލާފައި" މައްސަލައާއިގެން ކުރިއަކަށް ނުދެވޭނެއެވެ. ކޯޓަށް ދިއުމުން ދިފާއީ ވަކީލުން ފުރަތަމަވެސް ނަގަނީ މި ނުކުތާތަކެވެ. މީގެކުރިން ކިތަންމެ މައްސަލައެއްގައި ކޯޓުން ވަނީ އެފަދަ ނުކުތާތަައް ބަލައިގަނެ، ގާނޫނާއި ހިލާފަށް، ކޯޓު އަމުރެއް ނެތި ހޯދާ މަސްތުވާތަކެއްޗާއި ގުޅޭގޮތުން ނިންމުންތައް ނިންމާފައެވެ. މައްސަލަތައް ބާތިލުކުރުން ނޫން ނިންމުމެއް ނިންމާފައެއް ނުވެއެވެ. އެހެންކަމުން 42 ކިލޯގެ މައްސަލައިގައިވެސް ކޯޓުގެ ނިންމުން އަންނާނެ ގޮތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ތަޖުރިބާކާރު ވަކީލުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމަށްވާނަމަ ކޯޓާއި ޕްރޮސިކިއުޓަރުންގެ ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތެވެ.
ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ފުލުހުން ބަލަނީ "މެޑަލް" ޖަހާށެވެ. މިއީ ގާނޫނީ ދައުލަތަކަށް ވާއިރު ގާނޫނީ އުސޫލުތަކުގައި ހިފެހެއްޓުމުގެ މުހިއްމުކަން ބައެއް ފަހަރު ހަނދާން ނެތެނީއެވެ. ފުލުސް ކޯޓު ހިންގި ޒަމާނުގައިނަމަ މިއީ މައްސަލައެއް ނޫނެވެ. "ނަމަވެސް" ކިޔާފައި ހުކުމެއް ކޮށްލެވޭނެއެވެ. އެކަމަކު މިއަދު ޒަމާން ބަދަލުވެއްޖެއެވެ. ގާނޫނީ އުސޫލުތަކާއި ހަމަތައްވެސް ބަދަލުވެއްޖެއެވެ. ގާނޫނީ ނިޒާމް މުޅިން ބަދަލުވެ، ތަހުގީގްކުރުމާއި ދައުވާކުރުމާއި ޝަރީއަތްކުރުމުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ވަނީ ގެނެވިފައެވެ. ގާނޫނީ ތަންފީޒުކުރާ ފަރާތްތަކަށް ބާރުތަކެއް ދީފައިވާއިރު، ކުށްކުރާ މީހާއަށްވެސް ގާނޫނުތަކުގެ ތެރެއިން ހައްގުތަކެއް ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން ތަހުގީގްކުރުމުން ފެށިގެން ޝަރީއަތްކުރުމުގެ މަރުހަލާއާއި ހަމައަށް މި ހައްގުތައް ކަށަވަރުކޮށްދޭންޖެހެއެވެ. އުސޫލުތަކާއި ގާނޫނީ މަސްއޫލިއްޔަތުތައް ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހެއެެވެ. ކަމަަކަށް ކަމެއް ކޮށްފައި، ދެން އޮންނަ މަރުހަލާއަށް ފޮނުވާލުމުން، އޭގައި އޮންނަ ހުރިހާ ހަޑިއެއް ސާފުކުރާ މީހަކަށް ޕްރޮސެކިއުޓަރ ޖެނެރަލް ވާނަމަ ގާނޫނުގައި ބުނާ ހަމަހަމަކަމާއި މިނިވަންކަމާއި ހައްގުތަކުގެ ބޭނުމެއް ނެތެންނޫންތޯއެވެ؟
މިހާލަތުގައި މަޖިލީހުގެ މެމްބަރުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ބަދަލުގައި، ގާނޫނުތައް އިސްލާހުކުރުމެވެ. ގާނޫނުތަކުގެ ތެރޭގައި ހުރި ދެކޮޅު ނުޖެހޭ ކަންކަން ހަމައަކަށް އެޅުވުމެވެ. ނޫނީ ފުލުހުން ބޭނުން ތަނަކަށް، ބޭނުން އިރަކު ވަދެ، ބޭނުން އެއްޗެއް ނަގައިގެން، ބޭނުން މީހަކާއި ދެކޮޅަށް ދައުވާކޮށް، ހުކުމް ކުރެވޭ ގޮތަށް ގާނޫނުތައް އިސްލާހުކުރާށެވެ.
އެހެން ނޫންނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ބޭރުކޮށްލާފައި ދެން އެމަގާމަށް ގެންނަ ބޭފުޅަކަށްވެސް ޖެހޭނީ "ބަޔަކު ހަވާހާ ހަޑިއެއް ސާފުކުރާށެވެ." ޝަމީމްގެ މައްސަލައަކީ ބަޔަކު ހާވާހާ ހަޑިއެއް ސާފުނުކޮށް، އޭގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކެވުމެވެ. އަދިވެސް ދައްކާނެއެވެ. އެއީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ "ޕްރޮފެޝަނަލް"ކަމާއި ގުޅިފައިވާ ކަމެކެވެ. މަގާމުން ވަކިކުރަން ބިރު ދެއްކިޔަސް އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތައް ބަދަލު ނުކުރައްވާނެކަން މީގެކުރިންވެސް ވަނީ ސާބިތުކޮށްދެއްވާފައެވެ. ހަމަގައިމުވެސް ޕީޖީ ޝަމީމަކީ މިނިވަން މުއައްސަސާތަކަށް ނަމޫނާއަކަށް ނޫނީ ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު