އެމިރޭޓްސް އެއަރލައިންގެ ބޯޓެއްގެ ތެރޭގައި ބައެއް ކްރޫން ފޮޓޯއަކަށް ހުއްޓިލައިގެން
އެމިރޭޓްސް އެއަރލައިންގެ ބޯޓެއްގެ ތެރޭގައި ބައެއް ކްރޫން ފޮޓޯއަކަށް ހުއްޓިލައިގެން
އެމިރޭޓްސް އަދި އިއްތިހާދު އެއަރވޭސްގެ ފްލައިޓުތަކުގެ މުވައްޒަފުންނަށް އަންނަ ސެޕްޓެންބަރާއި ހަމައަށް ލިބޭނީ ކޯވިޑް-19 އާއި ގުޅިގެން ކުޑަކޮށްފައިވާ މުސާރަ ކަމަށް އެ އެއާލައިން ތަކުން ބުނެފިއެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިން އޮތް ގޮތުން ކޯވިޑް-19 އާއި ގުޅިގެން ލިބޭ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުންގެ މުޒާރަތައް ކުޑަކޮށްފައި ވަނީ މި ހިނގާ ޖޫން މަހާއި ހަމައަށެވެ. ނަމަވެސް، އިތުރު ތިންމަސް ދުވަހަށް މުސާރަތައް ކުޑަކުރުމަށް ނިންމާފައިވަކަން އެ ދެ އެއާލައިނުން އަންގާފައިވަނީ މުވައްޒަފުންނަށް ފޮނުވާފައިވާ މެއިލަކުންނެވެ.

މި އީމެއިލްގައި ވާގޮތުން ކުރިން މުސާރައިން އުނިކުރި ވަރަށް ވުރެވެސް އިތުރަށް އުނިކުރަން ޖެހިދާނެ ކަމަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ބައެއް މުވައްޒަފުންގެ ބޭސިކް މުސާރަ 50 އިންސައްތަ އާއި ހަމައަށް އުނިކުރުމަކީ އެކަށީގެންވާކަމެއް ކަމުގައި ބުނެފައިވެއެވެ.

އެމިރޭޓްސް އެއަރލައިންގެ މުވައްޒަފުންގެ މުސާރައިން އުނި ކުރުމަށް ކުރިން ނިންމަވާ ފައިވަނީ 25 އިންސައްތަ އާއި 50 އިންސައްތައާއި ދެމެދުގެ އަދަދަކަށެވެ.

އިއްތިހާދު އެއަރވޭސް އެއަރލައިންގެ މުވައްޒަފުންގެ މުސާރައިން ވެސް އުނި ކުރުމަށް ނިންމަވާ ފައިވަނީ 25 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ އަދަދަކަށެވެ. މިގޮތަށް މުސާރައިން އުނިކުރުމަށް ކުރިން ނިންމާފައިވަނީ އޭޕްރިލް މަހުން ޖޫން މަހާ ހަމައަށެވެ.

މީގެ އިތުރުން މިދިޔަ ހަފުތާގައި އިއްތިހާދު އެއަރވޭސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާކަމަށްވެސް މުވައްޒަފުންނަށް ލިބިފައިވާ އީމެއިލް ތަކުގައި ވާކަމަށް އެ އީމެއިލް ތަކާއި ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވެއެވެ.

ކޯވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުން ހުއްޓުމަކަށް އައިސް އެންމެ ބޮޑަށް ގެއްލުންވީ ވައިގެ އުދުހުން ތަކަށެވެ. މިގޮތުން ގިނަ އެއަރލައިންތަކުގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި މުވައްޒަފުންގެ މުސާރަ އުނިކުރުމާއި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާ މިދަނޑިވަޅުގައި ޤަތަރު އެއަރވޭސް އިންވެސް ވަނީ އެކުންފުނީގެ 20 އިންސައްތަ މުވައްޒަފުން ވަކި ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން