ދިވެހި ދަޢުލަތަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރެއްވި މއ. ހައިވަކަރުގޭ އަހްމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވެއްޖެ އެވެ.

ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 89 އަހަރުގައި ހައިވަކަރު އަޙްމަދުފުޅު އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އަހްމަދުފުޅު އެންމެ ގިނަދުވަހު މަސައްކަތް ކުރެއްވީ ސިފައިންގޭގަ އެވެ. އެގޮތުން 25 އަހަރު ސިފައިންގޭގެ ޚިދުމަތުގައި އުޅުއްވުމަށްފަހު ކެޕްޓަން ރޭންކުގައި ވަޒީފާއިން ވަކިވެވަޑައިގަތީ 1978 ވަނަ އަހަރުއެވެ.



އަހްމަދުފުޅު ވަނީ ޅ. އަތޮޅާއި މ. އަތޮޅާއި އަދި އައްޑު އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރަށްވަވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން