މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ ބައްޕާފުޅު، މޫސާ ވަޖްދީ އަވަހާރަވެއްޖެއެވެ.

މެންބަރު ޝަރީފް މިރޭ ވިދާޅުވީ އައްޑޫ މަރަދޫ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ އަދި އެމަނިކުފާނު ނުހަނު ލޯބިވާ ބައްޕާފުޅު މޫސާ ވަޖްދީ މިރޭގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ.



މަރަދޫ ދާއިރާގެ މެންބަރުގެ ޢާއިލާއަށް މި ކުރިމަތިވި ހިތާމަވެރި ޙާލަތުގައި "ރަސް އޮންލައިންގެ" ފަރާތުން ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ.

މާތްالله މަރުޙޫމް މޫސާ ވަޖްދީގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށި! އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން