ރާއްޖޭގެ ގިނަބައެއްގެ އިތުބާރު ހޯދާފައިވާ ވިލާ ސިމެންތި، މެދުނުކެނޑި ހެޔޮ އަގުގައި ލިބޭނެގޮތް ހެދުމަށްޓަކައި ސިމެންތި ގެންނަން 12000 ޓަނުގެ އިތުރު ބޯޓެއް ހަމަޖައްސައިފިއެވެ.

ވިލާއިން ބުނީ ސިމެންތި އިމްޕޯޓް ކުރުމަށް ހާއްސަ ކޮަށްފައިވާ ސިމެންތި ނިއުމެޓިކް ކެރިއަރެއް މިހާރު ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައިވާކަމަށެވެ.


12000 ޓަނުގެ އެ ބޯޓުގެ ދަތުރުތައް މިހާރުވަނީ ފަށާފައި ކަމަށާ، މި ބޯޓުގެ ސަބަބުން ހުއްޓުމެއްނެތި ސިމެންތި ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް ވިލާއިން މައުލޫމާތު ދެއެވެ.

ވިލާއިން ބުނީ، މި ފަސޭހަތަކާއެކު ވިލާ ސިމެންތީގެ ރީޓެއިލް އަގުތަކާ ހޯލްސޭލް އަގުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

ވިލާ ސިމެންތި އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ އިތުބާރު ހިފޭ ސިމެންތިއެކެވެ. މި ސިމެންތިއަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ އެކަށީގެންވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮތަޅެއްގައި ބަންދު ކޮށްފައި ހުންނަ ސިމެންތިއެވެ. އަދި ވިލާ ސިމެންތިއަކީ އެންމެ ކޮލިޓީކޮށް ވަގުތުން ބަންދުކޮށްގެން ވިއްކާ ސިމެންތިވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު