ލަންކާގެ ލަވަކިއުންތެރިއެއްކަމަށްވާ، ޔޯހާނީ ޑި ސިލްވާ، އަދި "މަނިކޭ: ތޭންކް ގޯޑް" ގެ ލަވައިން ފެނިގެންދާ ސިދާތު މަލްހޯތުރާ، އަދި ނޯރާ ފަތޭހީ.
ލަންކާގެ ލަވަކިއުންތެރިއެއްކަމަށްވާ، ޔޯހާނީ ޑި ސިލްވާ، އަދި "މަނިކޭ: ތޭންކް ގޯޑް" ގެ ލަވައިން ފެނިގެންދާ ސިދާތު މަލްހޯތުރާ، އަދި ނޯރާ ފަތޭހީ.
ލަންކާގެ ލަވަކިއުންތެރިއެއްކަމަށްވާ، ޔޯހާނީ ޑި ސިލްވާގެ "މަނިކޭ މާގޭ ހިތޭ" ލަވައިގެ ހިންދީ ވާޝަނެއް ރިލީޒްކޮށްފިއެވެ.

މިލަވަ ރިލީޒްކޮށްފައިވަނީ "މަނިކޭ: ތޭންކް ގޯޑް" ގެ ނަމުގައި މިއަދުއެވެ. މިލަވަ ހިމަނާފައިވަނީ ހިންދީ ފިލްމު "ތެންކް ގޯޑް" ގައެވެ.


މި ފިލްމުގައި ބޮލީވުޑްގެ ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ސިދާތު މަލޯތުރާ، އަދި ނޯރާ ފަތޭހީ ފެނިގެންދާއިރު، މިފިލްމުގައި ހިމެނޭ ސިދާތު މަލްހޯތުރާ، އަދި ނޯރާ ފަތޭހީ ފަރި ހަރަކާތްތައް މަނިކޭ ލަވައިން ފެނިގެންދެއެވެ.

ޔޯހާނީ ޑި ސިލްވާގެ "މަނިކޭ މާގޭ ހިތޭ" ލަވައިގެ ހިންދީ ވާޝަނެއް ރިލީޒްކުރުމާ ބެހޭގޮތުން އިންޑިއާގެ މީޑިއާއާ ވާހަކަ ދައްކަމުން ލަންކާގެ ލަވަކިޔުންތެރިޔާ ބުނީ އެ ލަވަ ހިންދީ ބަހުން ރެކޯޑް ކުރުން ޗެލެންޖަކަށް ވީނަމަވެސް، ފަހުރުވެރިވާކަމަށެވެ.

"ބަސް ދަސްކުރުމަކީ އެންމެ ބޮޑު ގޮންޖެހުމެއް. އަހަރެން ބޮޑުވީ ހިންދީ މިއުޒިކް އަޑުއަހައިގެން ނަމަވެސް ފިލްމަކަށް މިއުޒިކް ލަވައެއް ހެދުމަކީ ވަރަށް ތަފާތު ކަމެއް. މިލަވަ ރެކޯޑް ކުރިއިރު ބަސްކިޔާގޮތާއި، ޓެކްސްޗާ، ޑައިނަމިކްސް މުޅިން ބަދަލުވި. އެއީ އަހަރެން އެކަހަލަ ކަމެއް ކުރި ފުރަތަމަ ފަހަރު،" ޔޯހާނީ ހާމަކުރި އެވެ.

ޔޯހާނީ އާއެކު މިލަވަ ކިޔާފައިވަނީ ޖުބިން ނޯއްތިޔާލް އެވެ. މި ލަވަ ތައްޔާރުކޮށްފައިވަނީ ތާނިޝްކް ބަގްޗީ އެވެ.


ކިޔުންތެރިންގެ ހިޔާލު


2

އިބިލީސް

19-Sep-2022

ކަޑަ