بسم الله، الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:
ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުން މަނާކުރާނެ ޤަޠްޢީ ދަލީލެއް އައިސްފައިނުވެއެވެ. ނަމަވެސް، ޤަޠްޢީ ދަލީލެއް އައިސްފައިވަނީ ޣައިރު މުސްލިމް މައްޔިތެއްގެ މައްޗަށް ހެޔޮދުޢާކޮށްދިނުމަށެވެ. އެއީ ޙަރާމް ކަމެއްކަމާއި މެދު ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ. ސޫރަތުއް ތައުބާގެ 84 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ ﴿٨٤﴾ ﴾ މާނައަކީ: "އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ رسول އާއަށް كافر ވޫއެވެ. އަދި އެއުރެން މަރުވީ، فاسق ން ކަމުގައިވާ حال ގައެވެ."
ސޫރަތުއް ތައުބާގެ 113 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ﴿مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ ﴿١١٣﴾ ﴾ މާނައަކީ: "ނަބިއްޔާއަކަށްވެސް، އަދި إيمان ވި މީހުންނަކަށްވެސް مشرك ންނަށްޓަކައި ފާފަފުއްސެވުންއެދި دعاء ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ أهل ވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ."
މީގެއިތުރުން ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ. އަބޫޠާލިބަކީ އެކަލޭގެފާނަށް އެންމެބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާކަމަށްވީއިރުވެސް އެވެ.
އިމާމް ނަވަވީ ރަޙިމަހުﷲ އެކަލޭގެފާނުގެ "އަލްމަޖްމޫޢު" ގައި ލިޔުއްވާފައިވެއެވެ. "ކާފިރެއްގެ މައްޗަށް ހެޔޮދުޢާކޮށްދިނުމަކީ ޙަރާމް ކަމެއް ކަމާއިމެދު ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ."
ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ހުއްދަނޫން ކަމެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ދަލީލަކީ އެކަމަކީ އެބައިމީހުންނަށް ހެޔޮދުޢާކޮށްދިނުން ފަދަ ކަމެއް ކަމުގައި ވުމެވެ. އެއީ ޤުރްއާނުގެ ޞަރީޙަ ނައްޞުން ޙަރާމްކުރައްވާފައިވާ ކަމެކެވެ.
އަލްބަހޫތީ އަލްޙަންބަލީ ނަމަކަށް ކިޔާ ބޭފުޅަކު ވިދާޅުވިކަމަށް "އަލްއިޤްނާޢު" ގައި އައިސްފައިވެއެވެ. "ޣައިރު މުސްލިމުންގެ ޖަނާޒާގައި ބައިވެރިވުން މުސްލިމުންގެ މައްޗަށް މަނާކުރެވުނު ސަބަބަކީ އެކަމަކީ ޣައިރު މުސްލިމުން މަތިވެރިކުރުމުގެ ތެރޭގައި ހިމެނޭ އަދި އޭނާ އަކީ ޠާހިރު މީހެއްކަމަށް ހެދުމަށް މަސައްކަތްކުރުން ކަމަކަށްވުމެވެ. އަދި އެއީ އޭނާ އަށް ހެޔޮދުޢާކޮށްދިނުމާއި އެއްގޮތް ކަމަކަށްވާތީވެއެވެ. އެކަމަކީ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ޙަރާމް ކުރައްވާފައިވާ ކަމެކެވެ." އހ.
އެހެންބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޣައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ހުއްދަކަމެކެވެ. ބައެއް ޞަޙާބީންނާއި ތާބިޢީންގެ ފަރާތުން ވާރިދުވެފައިވާ ބައެއް އަޘަރުތަކުން އެބޭފުޅުން ދަލީލު ދައްކަވައެވެ. އޭގެތެރެއިން އެއް ޙާދިޘާ އަކީ އަލްޙާރިޘް ބިން އަބީރަބީޢާގެ މަންމާފުޅުގެ ޖަނާޒާގައި ބައެއް ޞަޙާބީން ބައިވެރިވެވަޑައިގަތުމެވެ. އަލްޙާރިޘް ބިން އަބީރަބީޢާގެ މަންމާފުޅަކީ ކްރިސްޓިއަނެކެވެ.
ހަމައެފަދައިން ޣައިރު މުސްލިމަކު މަރުވެއްޖެނަމަ އެމީހެއްގެ ޢާއިލާ އަށް ތަޢްޒިޔާ ކިޔުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަމަށް އޮންނަ އޮތުމުންވެސް މިބޭފުޅުން ދަލީލު ދައްކަވައެވެ. ޒުވާން ޔަހޫދީއަކު ބަލިވެ އުޅެނިކޮށް ރަސޫލާ ﷺ ޒިޔާރަތްކުރައްވާ އޭނާ އަށް އިސްލާމްދީނަށް ގޮވާލެއްވިއެވެ. އަދި އެކަމުގެ ސަބަބުން އެޔަހޫދީމީހާ އިސްލާމްވިއެވެ. މިޙާދިޘާ ޞަޙީޙޫލް ބުޚާރީ ގައި ގެންނަވާފައިވެއެވެ.
ބައެއް އެހެން ޢިލްމުވެރިން ވިދާޅުވާގޮތުގައި ޣައިރު މުސްލިމުންގެ ތެރޭގައި ގާތްތިމާގެ މީހަކު ހިމެނޭނަމަ އެމީހެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ހުއްދަކަމެކެވެ. އަބޫ ވާއިލް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "ތިމަންކަލޭގެފާނުގެ މަންމާފުޅު ކްރިސްޓިއަނެއްގެ ގޮތުގައިވަނިކޮށް މިދުނިޔެ އާއި ވަކިވިއެވެ. އެހިނދު ތިމަންނާ ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހަށް ގޮސް އެވާހަކަ ދެންނެވުމުން ވިދާޅުވިއެވެ. "ސަވާރީ އަކަށް އަރައިގެން މައްޔިތާގެ ކުރިން ދަތުރުކުރާށެވެ."
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. "މުސްލިމުންގެ މަޞްލަޙަތުހުރި ކަމެއްކަމަށްވަނީނަމަ ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އެފަދަ ކަމެއްގައި ބައިވެރިވުމަކީ އެންމެ ރަގަޅު ކަމެކެވެ."
(އިގްތިޟާއުއްޞިރާޠިލް މުސްތަޤީމް 1/176).

ކިޔުންތެރިންގެ ހިޔާލު