ރާއްޖޭގައި ޤައުމީ ބޭންކެއް އެބަހުރި ހެއްޔެވެ؟ ޤައުމީ ބޭންކެއް ހުރި ކަމަށް ބުނަންޏާ ތިޔަ ބުނާ ޤައުމީ ބޭންކަކުން ދިވެހި ރައްޔިތުންނަށް ވަނީ ކޮން މަންފާއެއް ހެއްޔެވެ؟ މިއީ މިއަދު ގިނަ ބަޔަކު ކުރާ ސުވާލު ތަކެކެވެ. ޖަވާބެއް ނުލިބެއެވެ. އެބުނާ ޤައުމީ ބޭންކަކުން އެޖަވާބު ދޭކަށް ބޭނުމެއް ނުވެއެވެ. މި ސުވަލުތަކަށް ދޭނެ ޖަވާބެއް އޮންނާނެއެކޭ ހިއެއްވެސް ނުވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހި ޤައުމީ ބޭންކެއް ހެއްޔެވެ؟ އެބޭންކުން ދިވެހި އާދައިގެ ރައްޔިތުންގެ ފައިދާއަށް އާދައިގެ ދިވެހި ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކޮށްދިނުމަށް ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ؟ މި ސުވާލުތައް ކުރާއިރަށް އެ ބުނާ ޤައުމީ ބޭންކުން ދައްކާނީ ރާއްޖޭގެ ރަސްރަށުގައި އެބޭންކްގެ ބްރާންޗްތަކެއް ހުޅުވި ވާހަކައެވެ. ބްރާންޗްތައް ނެތް ރަށްރަށަށް ދޯނި ފަހަރުގައި ފައިސާ ކީސާ ހިފައިގެން ގޮސް އެކައުންޓަށް ފައިސާ ދޫކޮށް ފައިސާ ޖަމާކޮށްދީ ހަދާފައިވާ ވާހަކައެވެ.
ރާއްޖޭގައި ބޭންކް އޮފް މޯލްޑިވްސް ކިޔާފައި ބޭންކެއް ހުޅުވުމުގެ ކުރީން ދިވެހީން އާންމުކޮށް ފައިސާ ފޮރުވައި އުޅެނީ ބޮޑުފޮށީގައެވެ. އެނދު ދަށުގައި ނުވަތަ ދުމަށި މަތީގައި ހުންނަ ކަޓޫރައެއްގައެވެ. މާމަ ނިދާ އުތުރު އެނދުގެ ކުނާ ނުވަތަ ސާންތި ދަށުގައެވެ. ކޮންމެ ވެސް އެއްޗެއް އަޅާ ޑަބިޔަލެއް ނުވަތަ ގުޅިއެއްގެ ތެރޭގައެވެ. ރައީސް މައުމޫން ހިންގެވި އެއް ޕްރޮގްރާމަކީ ނުވަތަ ރައްޔިތުން ހޭލުންތެރި ކުރުވި އެއްދާއިރާއަކީ ބޭންކްގައި ފައިސާ ފޮރުވާން ދިވެހީންނަށް ދަސްކޮށްދިނުމެވެ. ބޭންކްގައި އެކައުންޓް ހުޅުވައިގެން ފައިސާ ރައްކާކުރުމުގެ ސަޤާފަތް އުނަގަންނައިދިނުމެވެ. ބޭންކަށް ފައިސާ ލުމަކީ ފައިސާ ރައްކާ ކުރެވޭނެ އެންމެ މޮޅު ގޮތްކަން ކިޔައިދީ އެކަން ސާބިތުކޮށްދިނުމެވެ. އެކަން ކުރީ ދިވެހި ބޭންކުންނެވެ. އެބޭންކުގެ ވެސް ފައިދާ އަކަށެވެ. ރައްޔިތުންގެ ވެސް ފައިދާ އަކަށެވެ. އެއީ ތާރީޚެވެ.
މިއަދު މިއީ އެދުވަހެއް ނޫނެވެ. ދިވެހީން މިއަދު ތިބީ އެ ހާލަތުގައެއްވެސް ނޫނެވެ. އެއަށް ވުރެ ދުނިޔެއަށް ލޯހުޅުވިފައެވެ. ދުނިޔޭގައި ހުރިހާ ފަރާތަކުން ޖެހޭ އޮޔާވައި ޖެހޭ ގޮތް ދަސްކޮށްގެންނެވެ. ވާނުވާ ގައެއް ނޫނެވެ.
މިހާރު ދިވެހި ޤައުމީ ބޭންކަކީ ދިވެހީން ފުރިހަމައަށް ހިއްސާވާ ބޭންކެކެވެ. އެންމެ އާދައިގެ ރައްޔިތުން ވެސް ތިބީ އެ ބޭންކުން ހިއްސާ ގަނެގެންނެވެ. ފައިދާ އެއް ލިބޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. އެ އުއްމީދު ފުރިހަމަ ވާން ވެސް ފެށިއެވެ. އެކަމަކު ވަކި ހިސާބަކުން ފެނުނީ ރައީސް މައުމޫންގެ ރަނިންގ މޭޓަށް ދެއްވި ބޮޑު ލޯނެއް ނުދައްކައިގެން އެތައް އަހަރެއް ވަންދެން އެބޭންކުގެ ހިއްސާދާރުން އެ ދަރަނި ބޮލުގައި އަޅައިގެން އުޅުނު ތަނެވެ. އެތައް އަހަރެއްގެ އަހަރީ އާންމު ޖަލްސާ ނިންމާލާފައި ވަނީ ހިއްސާދާރުން މާޔޫސް ކޮށްލާފައެވެ. އޭރުގެ ޑީއާރްޕީގެ ނާއިބް ޒަޢީމަށް ބޭންކުން ދިން ބޮޑު ލޯނެއް ނުދައްކައިގެން ބޭންކްގެ ހިއްސާދާރުންގެ ފައިސާކޮޅުން އެ ދަރަނި ކަނޑާ ހަލާސް ކުރަމުން ގެންދާތީ މިދަރަނީގެ ސަބަބުން ހިއްސާ ބަހަން ފައިސާ ނެތް ކަމުގެ ހިތާމަވެރި ޚަބަރުންނެވެ.
ދިވެހި ބެންކުން ދިވެހިންނަށް ޚިދުމަތް ނުދެއެކޭ ނުދަންނަވަމެވެ. އެހެން ދަންނަވާކަށް ނުވެސް އުޅެމެވެ. ރަހުނެއް ނެތި ވަރަށް ލުއިކޮށް ލޯނު ދޫކުރާ ކަންވެސް ގަބޫލުކުރަމެވެ. 10 ހާހުން 15 ހާހުން ދޫކުރަމުން ގެންދިޔަ ލުއި ލޯނުތައް ލައްކައަކަށް މަތިކުރި ކަންވެސް އެނގެއެވެ. އެބޭންކުގެ ޚިދުމަތްތަކާއި ރައްޔިތުންގެ ފައިދާއާއި ލާބައަށް އެހަރަ ދޭކަމަށް ބުނާ ލޯނުތަކުގެ ލިސްޓް ވަރަށް ދިގުކަން ވެސް އެނގެއެވެ.
ވަރަށް ވެސް ތެދު ހަގީގަތެކެވެ. ލުއި ލޯނު ލިބޭލެއް ކިތަންމެ ހާވެސް ލުޔެވެ. އެހެންވެ ރާއްޖޭގައި ދާއިމީކޮށް ވަޒީފާ އަދާކުރާ މުސާރަ ލިބޭ އެބޭންކަށް މުސާރަ ޖަމާވާ ގިނަ މީހުން އެތިބީ އެބުނާ ލުއި ލޯނު ނަގައިގެންނެވެ. އެކަމަކު އެބުނާ ލުއި ލޯނު ފުރަތަމަ ދޫކުރީ 18 ޕަސެންޓް އިންޓްރެސްޓް ރޭޓުގައެވެ. މިހާރު ދެން އެއަށް ވުރެ ތަންފުކެއް ތިރި ކޮށްލައިފިއެވެ. ހަމަ ނަމެއްގައެވެ. އެހާ އިންޓްރަސްޓް ބޮޑުވަނީ ރަހުނު ނުބަހައްޓާ މީހާގެ މޫނަށް ބަލާފައި ދޭތީ ކަމަށްވެއެވެ. އެހާވެސް ދިވެހި ޤައުމީ ބޭންކުން ދިވެހީންނަށް ކުރާ އިތުބާރު ބޮޑެވެ. ދެން ހެޔޮފުޅު ކަމުން އެދޭ ލުއި ލޯނަށް އެހެރަ ނަގާ އިންޓްރެސްޓެއްގެ ވާހަކަ މި އުޑުބަޅު ކުރެއްވި ހިސާބުގައި ދެއްކުމަށް ވުރެ ނުދެއްކުން މާ ރަނގަޅުވާނެއެވެ. އެކަމަކު އެބުނާ ލުއިލޯނެއްގެ ގުއި ރޯނުގައި މިޤައުމުގައި މުސާރަ ލިބޭ ބޮޑު ބައެއް ވަނީ ޖެހިފައެވެ. ކުރާނީވެސް ކީއްހެވެ؟ އަތްމަތި ތާށިކަމުން ބޮލާފޮށާއެޅުނަސް އެބުނާ ލުއި ލޯނެއްގެ ގުއިރޯނުގައި ޖެހެން ހާލަތު ޒަރޫރީ މަޖުބޫރު ކުރުވަނީއެވެ.
ދެން މަތީތަޢުލީމަށް ވެސް އެތަނުން ލޯނު ދޭކަމަށް ނިކަން ރަތް އަކުރުން ލިޔެފައި އޮވެއެވެ. އެކަމަކު އެބުނާ އެއްޗެއް ލިބެނީވެސް ކުއްޖާގެ މައިންބައިން ވެސް ރަހުނު ކޮށްގެންނެވެ. ގެދޮރުހަދާންވެސް ލޯނު ނުދެއެކޭ ނުދަންނަވަމެވެ. އެކަމަކު ޤައުމީ ބޭންކުން ޤައުމުގެ ރައްޔިތުން ގެދޮރު ހަދާން ލޯނު ދޭން އެހަރަ ނަގާ އިންޓްރަސްޓް ރޭޓަކުން މީހަކު ބިރުން ފިއްކަނޑައިގެން ދާނެއެވެ. ދިވެހި ރާއްޖެ ފަދަ ޤައުމެއްގައި، މީހުން ގެދޮރުވެރި ކުރުވުމުގެ ވިސްނުމެއް ގެންގުޅެންޏާ، ނުވަތަ ކޮންމެ މީހަކު ސަރުކާރުން ބޯހިޔާވަހިކަން ދޭނެ ކަމަށް ބަރޯސާ ވެގެން ނުތިބޭ ފަދަ ސަޤާފަތެއް، ވިސްނުމެއް ގެންގުޅޭން ބޭނުމިއްޔާ ޤައުމީ ބޭންކުން ބޯހިޔާވަކި ކަމަށް ލޯނު ދިނުމަށް ޚާއްޞަ ސަމާލުކަމެއް، އަހައްމިއްޔަތުކަމެއް ދޭން ޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ.
ތެދެކެވެ އެބުނާ ޤައުމީ ބޭންކުން ވެސް އެހެން ވިޔަފާރި ބޭންކް ތަކެކޭ އެއްގޮތަށް ފައިސާ ވެރީންނަށް ބޮޑެތި ވިޔަފާރިތައް ކުރިއަރުވާން ލޯނުތައް ދެއެވެ. އެބުނާ ލޯނު ދޫކުރާނެ ފައިސާ ހުރިއްޔާ އެމީހުން ގޮސް މުއްސަނދިންގެ ކުންފުނި ތަކުގެ ދޮރުގައި ޓަކި ޖަހާ ހަދައެވެ. އެއީ މައްސަލައެކޭ ނޫނީ ކުރާން ރަނގަޅު ނޫން ކަމެކޭ ދަންނަވަނީކީ ނޫނެވެ. އެކަމަކު މި ރާއްޖޭގެ މެދުފަންތީގެ މީހުންނަށް ބޯހިޔަވަހިކަން ނުލިބި ސަރުކާރުންދޭ ބޯހިޔާވަހިކަމަށް ބަރޯސާވާން މަޖުބޫރުވި އެއް ސަބަބަކީ ހަގީގީ މާނައިގާ ހިންގާ އަސްލު ދިވެހި ޤައުމީ ބޭންކެއް ނުވަތަ ލޯން ސްކީމެއް ނެތުމުން ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.
މާލެގައާއި ހުޅުމާލޭގައި ވިޔަފާރި އުސޫލުން ވިއްކުމަށް އަމިއްލަ ފަރާތްތަކަށް ބިން ދޫކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާތާ ގިނަ ދުވަސް ތަކެއް ވެއްޖެއެވެ. ގެދޮރުއިމާރާތްކޮށް ވިއްކުމުގެ ވިޔަފާރިއަށް ކުންފުނިތައް ވަނީ ދިވެހީން ބޯހިޔާ ވަހިކަމަށް ބޭނުންވެފައިވާ މިންވަރު އެނގި އެ ވިޔަފާރިއަށް ޑިމާންޑް އޮވެގެންނެވެ. މިގޮތަށް ފުރަތަމަ ހެދި އިމާތްތަކުން ދެމިލިއަން ރުފިޔާއަށް ވުރެވެސް ކުޑަކޮށް އެޕާރޓްމެންޓް ވިއްކިއެވެ. އޭގެ ފަހުން ވެސް ދެމިލިއަނާއި ތިންމިލިއަނާއި އަދި އެއަށްވުރެ ފެންވަރު މަތިކޮށް އަގު ބޮޑުކޮށްވެސް އެޕާރޓްމެންޓް ހަދައިގެން ވިއްކަމުން ގެންދިޔައެވެ. އަދިވެސް އެފަދަ އެޕާރޓްމެންޓްތައް ނުވިކިފައި ހުރި ކަމަށް ދާދިފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.
އެކަމަކު މިދެންނެވި ވިޔަފާރި އުސޫލުން އަމިއްލަ ކުންފުނިތަކުން ވިއްކާ އެޕާރޓްމެންޓެއް މެދުފަންތީގެ މީހަކަށް ގަނެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެއްފަހަރާ ލާރި ދެއްކެން ނެތިއްޔާ ދެން ޓަކި ޖަހާން ޖެހެނީ ބޭންކެއްގެ ދޮރުގައެވެ. މިފަދަ ގެދޮރުވެރިކަމުގެ ލޯނު ދޭން ހުރީ އެބުނާ ޤައުމީ ބޭންކެވެ. ދެން ރާއްޖޭގައި ހުރީ މުޅިންވެސް ކޮމާޝަލް ބޭންކް ތަކެވެ. އެބޭންކްތަކުން ގެދޮރު އިމާރާތް ކުރަން ބޮޑެތި ލޯނުތައް ނުދޫކުރާ ވާހަކައެއް ނުދަންނަވަމެވެ. އެކަމަކު ދިވެހި ޤައުމުގެ، ދިވެހި ރައްޔިތު މީހާ ގެދޮރުގަންނާން ދާން ހުރިކަމަށް އަޅުގަނޑު ގަބޫލުކުރާ ބޭންކަކީ މި ދަންނަވާ ޤައުމީ ބޭންކެވެ.
އެކަމަކު އެއްކަލަ ވިޔަފާރިއުސޫލުން ވިއްކާ އެޕާރޓްމެންޓް ގަންނަން ޤައުމީ ބޭންކުން ލޯނު ނަގަން ބަލާއިރު ލޯނު ނަގަންދާ މީހާއަށް މިޤައުމުގެ އެއްވެސް ތާކުން އާންމުކޮށް ނުލިބޭ ވަރުގެ ބޮޑު މުސާރައެއް ނުވަތަ އާމްދަނީއެއް ލިބޭން ޖެހެއެވެ. މި ދެންނެވި ލޯނު ނުވަ ވަރަކަށް އަހަރުން އަނބުރާ ދައްކަން ޖެހެއެވެ. އިންޓްރެސްޓް 11 ނުވަތަ 12 އިންސައްތަ ނޫންނަމަ އެއަށްވުރެވެސް މައްޗަށް އަރާ ކަމަށް ވެއެވެ. ދެން އާދައިގެ މެދު ފަންތީގެ މީހަކަށް މިދަންނަވާ ޤައުމީ ބޭންކުގެ ލޯނު ލިބޭނެ ގޮތެއް ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. ހަމަ ބޯހަލާކުވާނެއެވެ.
އެންމެ ފަހުން އާންމު ރައްޔިތުންގެ ތެރެއިން އެއްފަހަރާ ހައުސިންގ ލޯނު ހޯދަން ދުއްވައިގަތީ ޓާޓާ ފްލެޓް ގަތުމަށެވެ. މިކަން ވީ ވަރަށް މަޖާ ގޮތަކަށެވެ. މާލޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ވެގެން ކުރި ކަމެކެވެ. މިކަން ފެށްޓެވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ދިގުލައިގެން ގޮސް ނިމުނީ ޑރ. ވަހީދު ވެރިކަމުގައި ހުންނަވަނިކޮށެވެ. އެންމެ ފަހުން ގޮސް އެ ބުނާ ޓާޓާ ފްލެޓެއް ދޭނެ މީހުން ކަނޑައަޅައިގެން ލިބޭނެ ފްލެޓާއި ލިބޭ ތަން ކަނޑައެޅުމަށް ގުރުއަތުލީ ރައީސް ޔާމިން ސަރުކާރުގައެވެ. މި ދެމަރުހަލާގައިވެސް ހައުސިންގ މިނިސްރީގައި ހުންނެވީ އެއްކަލަ ޑރ. މުޢިއްޒެވެ.
ޤުރުލައިގެން ފްލެޓް ލިބޭތަނާއި ލިބޭ ފްލެޓްވެސް އެނގިއްޖެއެވެ. މީހުންގަނޑު އުފަލުން ގޮތެއް ނެތެވެ. އަސްތާ ރަންކޮޅާ، ފްލެޓް ހަވާލުވާން ބެލިއިރު ކަމަކު ދާކަށް ނެތެވެ. މިއޮތީ މުޅިން “މުޢިއްޒު” ވެފައެވެ. ލިބުނު ސިޓީގައި މިއޮތީ އެއްފަހަރާ ދެމިލިއަން ރުފިޔާ ދެއްކުމަށެވެ. ބޭނުމިއްޔާ ބޭންކަކަށް ވަދެގެން ވެސް ފްލެޓް ގަނެވިދާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.
ދެން އެއްބަޔަކު ދުވީ އެބުނާ ޤައުމީ ބޭންކަށެވެ. އަނެއް ބަޔަކު ދުނީ މޯލްޑިވްސް އިސްލާމިކް ބޭންކް ކިޔާ ބޭންކަކަށެވެ. އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއަކު ވަރަށް ބާރަށް ދުވެފައި ދިޔައީ އެބުނާ ޤައުމީ ބޭންކަށެވެ. ލޯނު މެނޭޖަރުގެ ފައިންޕުޅު ފެނޭތޯ އެތާ ދޮރެއްގެ ކައިރީގައި އެފަކީރުވެސް މަޑުކޮށްލައިގެން ހުއްޓެވެ. އެތެރޭގައި އިންނަ މީހާ ނުކުންނައިރަށް ބޭރުގައި ހުންނަ މީހަކު ވަދެއެވެ. ކޮންމެ މީހަކު ވެސް ވަންނަނީ ބޮޑު ފައިލް ބޮނޑިއެއް އަތައް ލައިގެންނެވެ. ނުކުންނަނީ ވަރަށް ހެވިފައެވެ. ހީވާ ގޮތުގައި އެއީ މުޅިން ވެސް ވިޔަފާރިވެރިންގެ ފަރާތުން އަންނަ މީހުންނެވެ. ނޫނީ ވިޔަފާރި ވެރިންނެވެ.
އެފަކީރު އެތަނުގައި ހުރެ ފައިވާޅުވިއިރުވެސް އެތަނަށް ވަދެވޭ ގޮތެއް ނުވިއެވެ. ކުޑަކޮށް ދަންނަ ރަހުމަތްތެރިއަކާ ބޭންކުން ދިމާވެގެން ވާނުވާ އަހާލީމާ ރަހުމަތްތެރިޔާ ގެންގުޅު ފޯމު ބޮޑި ބަލާލާފައި މާކަ ރަނގަޅު ގަޔާވާ ޖަވާބެއް ނުލިބުނެވެ. ހަމަކުރާން އެބުނީ ލިސްޓުގައި ހަމަ މަދީ މަރުފެފައިވާ މުނިކާފަގެ އައިޑީކާޑާއި އޭނާގެ ރުހުން އޮތްކަން އަންގައިދޭ ސިޓީއެކެވެ. އެނޫން ހުރިހާ ލިޔުމެއް ގެންނާން އެސޮރު ކިޔެވެ. ގަންނާ ކުރެއްވި ބިރުން ރަހުމަތްތެރިޔާ ނަގޫޖެހިތާ ބޯޖަހާފައި ނުކުމެގެން ރައްކާވީއެވެ.
ދެން އޭނާ ދިޔައީ އެބުނާ އިސްލާމިކް ބޭންކަށެވެ. އެތަނުން ފެހިސިގުނަލެއް ލިބުނެވެ. އެކަމަކު ލޯނު ލިބެނީ ހަމަ މުސާރައަށް ބަލާފައެވެ. ވިހި އަހަރުން އަނބުރާ ދައްކާ ގޮތަށް ނުވަ ޕަސެންޓް އިންޓްރަސްޓްގައެވެ. މިއީ މި ހައުސިންގ ލޯނަށް ޚާއްޞަކޮށްފައިވާ ޕެކޭޖެއްގެ ދަށުން ދޭ ޚާއްޞަ އިންޓްރެސްޓް ރޭޓެކެވެ. އެ ބޭންކަކީ އިސްލާމިކް ބޭންކޭ ކިޔާތީ އެމީހުން ކިޔަނީ އިންޓަރެސްޓެއް ނޫނެވެ. އެކަމަކު ދެމިލިއަން ރުފިޔާގެ ލޯނު ދައްކާ ނިމޭއިރު ބޭންކަށް ފައިދާގެ ގޮތުން ދެމިލިއަނެއްހާ ރުފިޔާ ދައްކަން ޖެހެއެވެ. މުސާރަ ސާޅީސް ހާހުން މަތިވާން ޖެހެއެވެ. މުސާރައަށް ފަންސާސް ހާސް ނުލިބެންޏާ ޕެންޝަން ފަންޑުން ވަކި ވަރެއް ބޭނުންކޮށްފައި ޑައުން ޕޭމަންޓްގެ ގޮތުގައި ދެ ލައްކައެއްހާ ރުފިޔާ ދައްކާން ޖެހެއެވެ. 20 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ދިން މިލޯނަށް މަހަކު 17 ވަރަކަށް ހާސް ރުފިޔާ ދައްކާން ޖެހެއެވެ.
މިދައްކަނީ ރައްޔިތު މީހާއަށް ބޯހިޔާވަހިކަން ހޯދައިދޭން ވެގެން ހެދި ފްލެޓް ތަކެއް ލިބުނު މީހުން އެ ފްލެޓް ގަންނަން އުޅެން ޖެހުނު ހާލުގެ ވާހަކައެވެ. އޭނާ ފްލެޓް ގަންނަން ލޯނު ނަގަން ޖެހުނީ 9 ޕަސެންޓް އިންޓްރަސްޓުގައެވެ. ލޯނު ދައްކާ ނިމޭއިރު ލޯނު ދިން މިންވަރާއި ގާތަށް ބޭންކަށް ފައިދާ ލިބޭ ގޮތަށެވެ.
ކޮންމެއަކަސް ޓާޓާ ފްލެޓަށް މިހެން ވުމުން ގިނަ މީހުންނަށް ޖެހުނީ ފަސް ހަ އަހަރު ކުރި ދިގު އިންތިޒާރު ލިބުނު ފްލެޓްގަނޑު ދޫކޮށްލާފައި ރޮމުން ދާށެވެ. އެބުނާ ޤައުމީ ބޭންކުން މިދެންނެވި މެދުފަންތީގެ މީހާ ފްލެޓް ގަނޑެއް ގަންނާން ދިހަ ވަރަކަށް މީހުންނަށް ވެސް ލޯނު ލިބުނު ކަމަށް އޭރުގެ ޚަބަރުތަކަކުން ނުބުނެއެވެ. އިސްލާމިކް ބޭންކުން ތަންކޮޅެއް ގިނަ މީހުންނަށް ލިބުނެވެ. އެކަމަކު އެވެސް ދިހަ ވަރަކަށް ބާރަ ވަރަކަށް މީހުންނަށެވެ. ދެން ތިބި މީހުން ހަދާނެ ގޮތެއް ނެތިގެން ނޫނީ އެބުނާ ދެމިލިއަނެއްހާ ރުފިޔާގެ އިންޓްރަސްޓާއެކު ހަތަރު މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ބޮލުގައި ނާޅަން ވެގެން ހަތަރެސް ފައިން ހޯހޯ ކިޔާފައި ފަހަށް ޖެހުނީއެވެ. އަނެއް ބަޔަކު އެބުނާ އެޕާރޓްމެންޓަށް ވަދެ އެތަން ބަލާފައި “މޭބޮޑުވެ ހޮޑުލަވާ” ގޮތް ވީއެވެ. އެބުނާ ހަތަރު މިލިއަން ދަރަންޏެއް ބޮލުގައި އަޅާއިރު ފްލެޓްގަނޑު އޮތީ ފްލެޓްވެފައެވެ. އެންމެ އާދައިގެ ތަށިމުށްޓާއި މިހާރު ނުވެސް ގެންގުޅޭ އަންޒަމާނު ކަރައަށް ވައިއެރިއިރުގެ ފާޚާނާ ތައްޓާއި ފިޓިންގްސްއެވެ. ކުޑަދޮރުގެ ބިއްލޫރިތައް ހޫނުވެލާއިރަށް ފައިބަނީއެވެ. ނުރައްކާތެރިކަމުން ދިރިއުޅެންވެސް ކަމުނުދާ މާހައުލެކެވެ. ހުރިހާ ކަމެއް ހުރީ “މުއިއްޒު” ކުރަން ޖެހޭ ގޮތަށެވެ.
މި ދެއްކީ މިގައުމުގެ ޤައުމީ ބޭންކާއި ސަރުކާރު ހިއްސާވާ ބޭންކަކުން އާންމު ރައްޔިތުންގެ ބޯހިޔާވަހިކަމަށް ލޯނު ދޭ ގޮތުގެ ވާހަކައެވެ. ހަގީގަތުގައި ރާއްޖޭގައި އާދައިގެން މެދުފަންތީގެ ރައްޔިތަކަށް ގާތްވެވޭވަރުގެ ހައުސިންގ ފައިނޭންސް ލޯން ސްކީމެއް ނެތެވެ. އެހެންވީމާ އެންމެންވެސް ބަރޯސާވާން މިހެނީ ސަރުކާރުން ހިންގާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ސްކީމް ތަކަށެވެ. މި ނޫން ގޮތަކަށް ވިސްނުން ބަދަލު ކުރެވޭނީ ހަގީގީ ޤައުމީ ބޭންކެއް އުފެދިގެން މި ދަންނަވާ ކަހަލަ، އާންމު ރައްޔިތުންނަށް ކައިރިވެވޭ ކަހަލަ ހައުސިންގ ސްކީމްތައް ވެސް އައިސްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު