މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން ކަސްޓަމަރުންނަށް މުދާ ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެމްއައިބީން ބުނީ ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނައި އަދި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކާއި އަދި މިނޫނަސް ކަރަންޓާއިގުޅޭ ތަފާތު ބްރޭންޑު ތަކުގެ އުފެއްދުންތައްވެސް ކަސްޓަމަރުންނަށް މިސްކީމްގެ ދަށުން ބައްލަވައިގަނެވޭނެކަމަށެވެ.


އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ނެގޭ އެއް ސްކީމެކެވެ. އަދި އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނެވެއެވެ.

މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000ރ. ގެ މުދަލެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ ފަރާތްތަކަށް ނުހަނު ގިނަ ފަސޭހަތައް ލިބިގެންދާނެއެވެ.

ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ޚިޔާރުކުރެވޭނެއެވެ.

މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް 6 މަސް ވަންދެން ބޭނުންކުރެވޭނެއެވެ. އަދި މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ސޭލްސް ސެންޓަރުގެ ނަންބަރު 3338170 / 3337515 ގުޅުއްވާ ނުވަތަ ހޮޓްލައިން ނަންބަރ 9110888 އަށް ވައިބާ ކުރެވޭނެއެވެ. އަދި އީމެއިލް އެޑްރެސް [email protected] އީމެއިލް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު