ވަގު ޑޮލަރުން މުޢާމަލާތު ކުރުމުގެ ތުހުމަތުގައި 3 މީހަކަށް މުއްދަތުޖަހައިފިއެވެ.
މަކަރާއި ހީލަތް ހެދުމާއި ފޯޖަރީގެ މި މައްސަލާގައި ފުލުހުން ހައްޔަރުކުރީ ޢުމުރުން 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެކެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 21 އަހަރުގެ މީހާ 30 ދުވަހަށް އަދި ދެން ތިބި ދެ މީހުން 40 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓުގައި ފުލުހުން ބުނެފައިވަނީ މިއީ ވަގު ޑޮލަރުގެ މައްސަލައެއް ކަމަށާއި އެމީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުރިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު