ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިޔާއިން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ އެހީއަކީ އެއްވެސް ޝަރުތަކާއި ނުލައި ރާއްޖެއިން ބޭނުންވާގޮތަށް ޚަރަދުކުރުމަށް ދިން އެހީއެއް ކަމަށް ދިވެހި ރާއްޖޭގަަައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިޔާއިން އިއްޔެ ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އެފައިސާއަކީ އެސްބީއައި މެދުވެރިކޮށް ޓީބިލްގައި އިންވެސްޓްކޮށްގެން ދޭ ލޯނެކެވެ. މި ފައިސާގެ އެހީއަށް އިންޑިޔާ އިން ވަނީ އެސް.ބީއައި އަށް ސޮވެރެއިން ގެރެންޓީ ދީފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީން ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ ބަޖެޓް ސަޕޯޓްގެގޮތުގައި ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ އެހީ ދިނީ އެއްވެސް ޝަރުތަކާއި ނުލައި ކަމަށެވެ. އެއީ ރާއްޖެ އިން އެދޭގޮތަކަށް ޚަރަދު ކުރުމަށް ދިން ފަައިސާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިޔާ ހައިކޮމިޝަނުން ބުނީ ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓުން ހާމަވަނީ އިންޑިޔާ އާއި ރާއްޖޭގެ ގުޅުމުގެ ހަރުދަނާ ކަން ކަމަށެވެ. އަދި އިންޑިޔާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީ އާއި ރާއްޖޭ އިންޑިޔާ ފަސްޓް ޕޮލިސީގެ ދަށުން ދެ ގަައުމުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް އެކުއެކީގައި މަސައްކަތް ކުރަމުންދާކަމަށް އެ ބަޔާނުގައިވެއެވެ.

އެގޮތުން ރަައީސް ސޯލިހާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޒައާމަތުގެ ދަށުން ކޮވިޑު ވަބާގަައި ކުރިމަތިވި ގޮންޖެހުންތަކާއި ކުރިމަތިލުމުގައި އެކުގައި ވަރަށް ގާތުން މަސައްކަތްތަކެއް ކޮށްފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އުމްރާނީ ގޮތުންނާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ރޮނގުން އިންޑިޔާ އާއި ރާއްޖޭގެ ތަރައްގީގެ ގުޅުން އިތުރަށް ފުޅާވެ އެކަމުގެ ސީދާ ފަައިދާ ދެ ގައުމުގެ ރައްޔިތުންނަށް ލިބެމުންދާ ކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުންޏެެވެ.

"އިންޑިއާއާއި ރާއްޖެއާއި ދެމެދު ވަނީ ހާއްސަ ގުޅުމެކެެވެ. އަދި އިންޑިއާއިން ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންނާއެކު އަބަދުމެވާނެއެވެ. މިއަދަކީ މި ތާރިޚީ ގުޅުމުގައި ފަހަކަށް އައިސް ފުޅާކުރެވުނު ދާއިރާތަކާއި ވަރުގަދަވި އަޒުމަކަށް އިތުރުވި ބޮޅެކެެވެ." ހައިކޮމިޝަންގެ ބަޔާނުގައި ބުނެފަައިވެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން