މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗުތައް ފޯރިއާއެކު ބަލަމުންދާ ދިވެހިންގެ ތެރޭގައި ވޯލްޑްކަޕް ފޯރިގަދަކޮށްލުމަށް އީޓުކުރިން ހާއްސަ ޕްރޮމޯޝަނެއް ފަށައިގެން ކުރިއަށްދާކަމަށް އީޓުކުރިން ހާމަކޮށްފިއެވެ.

އީޓުކުރީގެ ކަސްޓަމަރުންނަށް ހާއްސަ މިޕްރޮމޯޝަނުގައި ބައިވެރިވެލުމަށް ހަމައެހާމެ ފަސޭހައެވެ. އެގޮތުން މިޕްރޮމޯޝަނުގައި ބައިވެރިވެލުމަށް އީޓުކުރި ބޭނުންކޮށްގެން ވިޔަފާރިއެއް ކޮށްލަންވީއެވެ. ވިޔަފާރިކޮށްލައިގެން ހޮވޭ ނަސީބުވެރިއަކަށް 1000 ޑޮލަރުގެ އަގުހުރި ގިފްޓް ޕެކޭޖެއް އީޓުކުރިން ވަނީ ހުށައަޅާފައެވެ.

އީޓުކުރިން ބުނީ، މި ހާއްސަ ޕްރޮމޯޝަނުން ލިބޭ ގިފްޓް ޕެކޭޖުގައި، ވޯލްޑް ކަޕްގެ މަޝްހޫރު ގައުމުތަކުގެ (އާޖެންޓީނާ، ސްޕެއިން، ޖަރުމަނު އަދި ބެލްޖިއަމް) އެޑިޑާސް އޮރިޖިނަލް، އޮތެންޓިކް ޖާޒީތަކާއި ތިން އޮތެންޓިކް/ އޮރިޖިނަލް އެޑިޑާސް ފީފާ ވޯލްޑް ކަޕް އަލް ރިހުލާ ބޯޅަ ހިމެނޭނެ ކަމަށެވެ.

މިޕްރޮމޯޝަނުގެ ދަށުން އީޓުކުރިން ހުށައަޅާފައިވާ ހާއްސަ ގިފްޓް ޕެކޭޖު ހޯދުމަށް، އީޓުކުރީގެ ލޯކަލް ޕްލެޓްފޯމް ބޭނުންކޮށްގެން ވިޔަފާރިއެއް ކޮށްލުމުގެ އިތުރުން، އީޓުކުރީގެ އިންސްޓަގްރާމްގައި ހިމެނޭ މިޕްރޮމޯޝަނަށް ހާއްސަ ކުރެވިފައިވާ ޕޯސްޓް ލައިކްކޮށް އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކޮށްލެވޭނެއެވެ. އަދި އަމިއްލަ އިންސްޓަގްރާމް އެކައުންޓަކީ ޕްރައިވެޓް އެކައުންޓެއްނަމަ، މިޕްރޮމޯޝަނަށް ހާއްސަ ކުރެވިފައިވާ ޕޯސްޓް ލައިކްކޮށް އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކޮށްލުމަށްފަހު، ސްޓޯރީގެ ސްކްރީންޝޮޓެއް އީޓުކުރިއާ ހިއްސާކޮށްލެވޭނެއެވެ. މީގެއިތުރުން، އީޓުކުރި ބޭނުންކޮށްގެން އެއްފަހަރަށްވުރެއް ގިނަފަހަރު ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް، މިޕްރޮމޯޝަން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކަމަށްވެސް އީޓުކުރިން ފާހަގަކޮށްފައިވެއެވެ.

އީޓުކުރީގެ ވޯލްޑްކަޕަށް ހާއްސަ މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީޓުކުރި އަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އޮންލައިންކޮށް ވިޔަފާރިކުރުމާއި، ތަފާތު ބާވަތްތަކުގެ މުދާ ގަނެވިއްކުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އުފައްދާފައިވާ އީ-ކޮމަރސް ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވިއްކާ މުދާ އެއްފުރާޅެއްގެ ދަށުން ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން މީސްމީޑިއާގައި ހިންގާ ވިޔަފާރިތަކުން ވިއްކާ މުދާވެސް މިޕްލެޓްފޯމް މެދުވެރިކޮށް ވިއްކާލެވޭނެއެވެ.

ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ އީޓުކުރި ލޯކަލްގެ އިތުރުން، އެމެރިކާއިން ވިޔަފާރިކޮށްލަން، އީޓުކުރި އިންޓަރނޭޝަނަލް ޚިދުމަތްވެސް ހިޔާރުކޮށްލެވޭނެއެވެ. އެގޮތުން އީޓުކުރި އިންޓަރނޭޝަނަލް މެދުވެރިކޮށް އެމެޒޮން އަދި އެޕަލް ހިމެނޭ ގޮތަށް އެމެރިކާގެ ކޮންމެ ވެބްސައިޓް އަކުންވެސް ވިޔަފާރިކޮށްލެވޭނެއެވެ.

މީގެއިތުރުން، މިހާރުކުރިއަށްދާ ހާއްސަ ޕްރޮމޯޝަނުގެ ދަށުން އީޓުކުރި އިންޓަރނޭޝަނަލް ހިޔާރުކުރައްވާ ފަރާތްތަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. އަދި އީޓުކުރި އިންޓަރނޭޝަނަލް ހިޔާރުކުރައްވައި ކުރާ ކޮންމެ ވިޔަފާރިއަކަށް 30 އިންސައްތައިގެ ޑިސްކައުންޓެއްވެސް އީޓުކުރިން ވަނީ ކަނޑައަޅާފައެވެ. މި ޕްރޮމޯސަން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ކުރިޔަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން