ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހަރަކާތްތަކެއް ހިންގަން އެ ކުންފުނިން ނިންމައިފިއެވެ.

އެގޮތުން މައިގަނޑު ދެ ކަމެއް ކުރުމަށް އެ ކުންފުނިން ނިންމާފައިވާއިރު އޭގެ ތެރޭގައި އެސްޓީއޯ ސޭލްގެ ނަމުގައި ޑިސެންބަރު 20 ވަނަ ދުވަހު ސޭލެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. ސޭލް ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން، އަދި ރީޖަނަލް ފިހާރަތަކުގައެވެ.

އެދުވަހު ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ގުރުއަތުން ހޮވޭ 58 މީހަކަށް ގިފްޓް ހެމްޕަރއެއް ލިބޭނެއެވެ.

މި ސޭލްގެ އިތުރުން ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަންވެސް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯ އަށުވަންނަ، މި ނަމުގައި މާދަމާއިން ފެށިގެން 5 ދުވަހުގެ މުއްދަތަށް އިންސްޓަގްރާމްގައި މި ކެމްޕޭން ކުރިއަށް ދާނެއެވެ. މި ކެމްޕޭން ކުރިއަށް ގެންދާނީ އެސްޓީއޯއާއި "ސޯސަލް" ގުޅިގެންނެވެ. ކެމްޕޭންގައި އެސްޓީއޯއާއި ގުޅޭ 5 ސުވާލެއް އަހާނެ ކަމަށާއި އަދި ކޮންމެ ދުވަހަކު ވެސް އަހާނީ 1 ސުވާލު ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އަދި މި 5 ސުވާލަށް ރަނގަޅު ޖަވާބުދޭ 58 ފަރާތަކަށް ގިފްޓްހެމްޕަރއެއް ލިބޭނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން