އިންޑިއާގައި މަޝްހޫރު ޓިކް ޓޮކް އެޕްލިކޭޝަނާއެކު ޗައިނާގައި އުފައްދާފައިވާ 59 އެޕެއް ބޭނުން ކުރުން މަނާކޮށްފިއެވެ.
އިންޑިއާ ސަރުކާރުން އެޅި މިފަޔަވަޅަކީ އިންޑިއާއާއި ޗައިނާއާއި ދެމެދު ހިނގަމުންދާ ބޯޑަރ މައްސަލައިގައި ސަލާމަތީ ގޮތުން އަތުވެދާނެ ނުރައްކާތަކުން ދިފާއު ވުމުގެ ގޮތުން އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނިގެން އެޅި ފިޔަވަޅެކެވެ. ޗައިނާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ މި އެޕްލިކޭޝަންތައް އިންޑިއާގައި މޭނުން މަނާކުރީ އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންތައް ތަކެއް ރިޕޯޓް ކުރަމުންދާތީ އެޅިފިޔަވަޅެއް ކަމުގައި މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ިއލެކްޓްރޯނިކްސް އެންޑް އައިޓީން މަނާކޮށްފައިވާ ޗައިނާގެ އެޕްލިކޭޝަން ތަކުގެ ތެރޭގައި ބައިޓްސް ޑާންސަސް ގެ ޓިކް ޓޮކް އެޕް ހިމެނޭއިރު އިންޑިއާއަކީ މި އެޕް ބޭނުންކުރާ ބޭރު ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު މާކެޓެއް އޮތް ގައުމެވެ. މިނޫންވެސް ޗައިނާގެ މަޝްހޫރު ގިނަ އެޕްތަކެއް ވަނީ އިންޑިއާގައި ބޭނުން ކުރުން މަނާކޮށްފައެވެ.
މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިންޓަރނެޓް މާކެޓް އޮތް ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ އިންޑިއާގައި އެހެން ގައުމެއްގައި އުފައްދާފައިވާ މިހާ ގިނަ އެޕްލިކޭޝަން ތަކެއް ބޭނުން ކުރުން މަނާކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު