ސުވަރުގޭގެ ވެށިހިމެނޭނީ އެތާނގެ ހަފަރާތުގައި މާތް ﷲ ޙަމްދުކުރެވެމުންދާ ވެއްޓެއް ކަމުގައެވެ. މާތް ﷲ ގެ ކިބްރިޔާވަންތަކަން ފިޔަވައި އެހެންއެއްވެސް ފަރާތެެއްގެ ބޮޑުކަމެއް އެތާނގައި އިޢުލާން ވަމުނެއް ނުދާނެއެވެ. އެހެންކަމުން ސުވަރުގޭގެ އަހުލުވެރީންކަމުގައި ކަނޑައެޅޭނީ މިދުނިޔޭގައި މާތް ﷲ އަށް ޙަމްދުކުރުމާއި އެކަލާނގެ ކިބްރިޔާވަންތަކަމުގެ ތެރެއަށް ފީނައިގެންއުޅޭ މީހުންނެވެ. ތިމާގެ ނުވަތަ އެހެން ކޮންމެވެސް ފަރާތެއްގެ ބޮޑުކަމުގެ އިޙްސާސުން ތިމާމެންގެ މޭހުސްވެގެންދާ މީހުންނެވެ.
ސުވަރުގޭގެ ދުނިޔޭގައި ބަހާއި ޢަމަލުގެ ތަފާތެއް ނުހުންނާނެއެވެ. އެތާކު އެކަކުވެސް އަނެކަކަށް ކެއްސެއް ނުދޭނެއެވެ. އެތާކު އެކަކުވެސް އަނެކެއްގެފަރާތުން ހުއްދަނޫން ފައިދާއެއް ލިބިގަނެ އެމީހަކު ހަފުސްކުރާކަށެއް ނޫޅޭނެއެވެ. އެތާކު އެކަކުވެސް އަނެކެއްގެ ހިތަކު ނުޖައްސާނެއެވެ. އެހެންކަމުން އެސުވަރުގޭގެ އަހްލުވެރިޔަކަށް ވެވޭނީ މިއަދު މިދުނިޔޭގެ ދިރިއުޅުމުގައި ތިމާއަކީ ރަށްވެހިކަމުގެ މިދެންނެވި މަތީމިންގަނޑަށް ފެތޭމީހެއްކަން ސާބިތުކޮށްދިން މީހަކަށެވެ.
ސުވަރުގެ ހިމެނޭނީ މުޅީންވެސް އެދެވޭ ރަނގަޅު ކަންތައްތަކުގެ ދުނިޔެއަކަށެވެ. އެހެންކަމުން އެތާނގައި ވަޒަންވެރިވުމުގެ "ސެޓްފިކެޓް" ލިބޭނީ މިއަދު ދުނިޔޭގައި ތިމާމެންނަކީ ރަނގަޅު ޕޮޒިޓިވް މިޒާޖެއްގެ އަހްލުވެރީންކަން ސާބިތުކޮށްދޭ މީހުންނަށެވެ. އެއްވެސް ބާވަތެެއްގެ ނެގެޓިވް ނުވަތަ ހަލާކުކުރުމުގެ ނުވަތަ ގެއްލުންދިނުމުގެ ހަރަކާތަކާ ތިމާއާ ކުޑަވެސް ގުޅުމެއް ނެތްކަން ސާބިތުކޮށްދޭ މީހުންނަށެވެ.
ސުވަރުގެ ހިމެނޭނީ އެތާނގައި ހަމަކޮންމެ މީހަކުވެސް އަނެކެއްގެ ނުބައިކަމުން ރައްކާތެރިވެގެންވާ ތަނެއް ކަމުގައެވެ. އެހެންކަމުން ސުވަރުގޭގެ "އަވަށްތަކުގައި" އުޅުމުގެ އެކަށޭނަކަން ލިބިގެންވާ މީހަކީ ތިމާއަކީ ތިމާގެ ނުބައިކަމާއި ޙަސަދައިން އަނެކުން ސަލާމަތްވެގެންވާ މީހެއްކަން މިދުނިޔޭގައި ސާބިތުކޮށްދިން މީހެކެވެ. ސުވަރުގޭގެވެށި ހިމެނޭނީ ހަޑިމުޑުދާރުކަމާއި ވިޔާނުދާކަމުން އެއްކިބާވެގެންވާ ތަނެއް ކަމުގައެވެ. އެހެންކަމުން ސުވަރުގޭގެ "ކޮލޮނީ" ތަކުގައި ވަޒަންވެރިކުރުވުމަށް ހޮވައިލެވޭނީ ހުރިހާ ބާވަތެއްގެ ވިޔާނުދާ، ހަޑިމުޑުދާރު ޢަމަލުތަކަކުން ދުރުވެގެންވާކަން ސާބިތުވެފައިވާ މީހުންނެވެ.
*********
* މިލިޔުމަކީ އަލްޢުސްތާޛް އަބްދު ﷲ ފާރޫޤު ހަސަން ލިޔުއްވާފައިވާ "ސީދާވެގެންވާ ތެދުމަގު" ފޮތުން ނަގާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު