މާބޮޑަށް ބިޒީވުމުގެ ސަބަބުން ޞިއްހަތަށް ދޭންވާ ސަމާލުކަން ނުދެވި ހަށިގަނޑަށް ގެއްލުންވާ ހާލަތްތައް މެދުވެރިވެއެވެ.
ޔޫރިކް އެސިޑަކީ ކާނާގައި ހުންނަ ޕްރޫން ކިޔާ މާއްދާއެއް 'ބްރޭކް ޑައުން' ނުވަތަ ފުޑުކޮށް ވަކިކޮށް ކިޑްނީއިން ބޭރު ކުރުމުގެ ނިޒާމުގެ ތެރޭގައި އުފައްދާ ހަށިގަނޑުން ބޭނުން ނުވާބައި ކުޑަކަމުދާ ނިޒާމުގެ ތެރެއިން ބޭރުކުރާ އެއްޗެކެވެ.
ޔޫރިކް އެސިޑް ހަށިގަނޑުގައި ގިނަވެއްޖެނަމަ، ކިޑްނީގައި ހިލަ އުފެދުމާއި ކިޑްނީގެ އެހެނިހެން މައްސަލަތައް ޖެހެން މެދުވެރިވެއެވެ. އާއްމުގޮތެއްގައި ޞިއްޙަތު ރަނގަޅު އަންހެނެއްގެ ހަށިގަނޑުގައި ޔޫރިކް އެސިޑް ހުންނަނީ 2.6 މިލިގްރާމް/ޑީސިލިޓަރ (މގ/ދލ) އާއި 6 މިލިގްރާމް/ޑީސިލިޓަރ އާއި ދެމެދުއެވެ. ޞިއްޙަތު ރަނގަޅު ފިރިހެނުންގެ ހަށިގަނޑުގައި 3.4 އާއި 7 މިލިގްރާމް/ޑީސިލިޓަރ ދެމެދުގައި ޔޫރިކް އެސިޑް ހުރެއެވެ.
ޔޫރިކް އެސިޑް ދަށްކުރުމަށް ބޭނުން ކުރެވިދާނެ ބާވަތްތައް:
1. ބެރީ:
ސްޓޯބެރީއާއި ބްލޫބެރީ ފަދަ ބެރީގެ ބާވަތްތަކުގައި ހުންނަ އެންޓި އިންފްލެމޭޓަރީ މާއްދާތައް އެކުލެވުމުން ލޭގައި ހުންނަ ބްލަޑް ޔޫރިކް އެސިޑްގެ މިންވަރު ދަށްކޮށްދެއެވެ. އެހެންކަމުން މިފަދަ ބެރީތައް ކެއުމުގައި ހިމަނާލާށެވެ.
2. ކޮތަނބިރި:
ޔޫރިކް އެސިޑް ދަށްކުރުމަށް ބޭނުންވާ އަދި މިމައްސަލަ ދިމާވާ މީހުންނަށް މެދުވެރިވާ ކަށިތަކަށް ތަދުވުމުގެ މައްސަލައަށް ލުއިކަން ގެނުވައިދޭ މާއްދާތައް ކޮތަނބިރިގައި ހިމެނެއެވެ. އެހެންކަމުން ކެއްކުމުގައި މިބާވަތް ހިމަނާލާށެވެ.
3. އެޕަލް ސައިޑަރ ވިނެގަރ:
އެޕަލް ސައިޑަރ ވިނެގާގެ 3 ސަމްސާ ފެނަށް ގިރައިގެން ކޮންމެ ދުވަހަކު ބުއިމަކީ ، ހަށިގަނޑުގައި ހުންނަ ޔޫރިކް އެސިޑް ކްރިސްޓަލްސް ނުވަތަ ހިލަތައް ވިރި ހަށިގަނޑުން ބޭރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އެޕަލް ސައިޑަރ ވިނެގާގައި ހިމެނޭ މެލިކް އެސިޑްއިން ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ސާފުކުރުމަށް އެހީތެރިވެދެއެވެ.
4. ޕިންޓޯ ބީންސް:
ޕިންޓޯ ބީންސްގައި ހިމެނޭ ފޮލިކް އެސިޑަކީ ޔުރިކް އެސިޑް ދަށްކޮށްދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މީގެއިތުރުން ސަންފްލާވާ އޮށާއި މުގަކީވެސް ޔޫރިކް އެސިޑް ދަށް ކުރުމަށް ބޭނުންކުރެވޭނެ ބާވަތްތަކެވެ.
5. ގްރީން ޓީ:
ގްރީން ޓީގައި ހިމެނޭ ކެޓަޗިންއަކީ ޔޫރިކް އެސިޑް އުފައްދާ އެންޒައިމްސްތައް ރެގިއުލޭޓް ކުރުމަށް ބޭނުންވާ އެންޓި އޮކްސިޑެންޓް ޕްރޮޓީން ހިމެނޭ ބާވަތެކެވެ.
6. ވިޓަމިން ސީ ލިއްބައިދޭ މޭވާތައް:
ހުރިހާ ބާވަތެއްގެ މޭވާގައިވެސް ހަށިގަނޑަށް ބޭނުންވާ އެކިއެކި މާއްދާތައް ހިމެނެއެވެ. ޔޫރިކް އެސިޑް ދަށްކުރުމަށް ވިޓަމިން ސީ ހިމެނޭ މޭވާތައް ބޭނުން ކުރުން މުހިންމުވަނީ ވިޓަމިން ސީ އަކީ ޔޫރިކް އެސިޑް 'ބްރޭކް ޑައުން'ކޮށް ހަށިގަނޑުން ބޭރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއަކަށް ވާތީއެވެ.
7. ލުނބޯ ފަނި:
ލުނބޮލަކީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ ބާވަތެކެވެ. އަދި މިއީ ގުދުރަތީ ގޮތުން ޔޫރިކް އެސިޑް ހަށިގަނޑުގައި ހުންނަ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެއްވެސް މެއެވެ. ހެނދުނުގަޑީގައި ފެން ތައްޓަކަށް ލުނބޯފަޅިއެއް ފިތާލައި އެފެން ބުއިމުން ހަށިގަނޑު ސާފުކޮށްދޭނެއެވެ.
8. ފެން:
ހަށިގަނޑުގައި ހުންނަ ހުރިހާ ޓޮކްސިންތަކެއް އެންމެ ފަސޭހައިން ބޭރުކޮށްދެނީ ފެނުންނެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ހަށސިގަނޑު ސާފުކޮށްލައި ޔޫރިކް އެސިޑް ދަށްކޮށްލުމަށް ކުރެވިދާނެ ވަރަށް މުހިންމުކަމެކެވެ. އަދި މިފަދަ މައްސަލަތައް ހުންނަ މީހުން ދުވާލަކު 9 ތަށި ނުވަތަ 10 ތަށި ފެން ބުއިމަކީ ކުރެވިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު