އަލްފުޟައިލު ބްނު ޢިޔާޟު رحمه لله ވިދާޅުވިއެވެ: "އަދި ބިދުޢަވެރިއެއްގެ ޖަނާޒާއަކާއި ތަބަޢަވެއްޖެ މީހާ، އޭނާ އެނބުރި އަތުވެއްޖައުމަށް ދާންދެން އޭނާ ވަނީ الله ގެ ކޯފާގައިފިލައި ނުގޮހެވެ."
(شرح السنة للبربهاري: ١ / ١٣٧)
ސުފްޔާނު ބްނު ޢުޔައިނާ رحمه الله ވެސް ވިދާޅުވިއެވެ. "ބިދުޢަވެރިއެއްގެ ޖަނާޒާގައި ބައިވެރިވެއްޖެ މީހާ، ފަހެ އޭނާ އެނބުރި އަތުވެއްޖައުމަށް ދާންދެންވަނީ ﷲ ގެ ކޯފާއަށް ހުށަހެޅިގެންނެވެ."
(ذم الكلام وأهله: ٩٣٩)
ސަލަފުއް ޞާލިޙުންގެ ޢަމަލުފުޅަކީ ކުފުރު ނުވާ ބިދުޢައެއްގެ މަތީގައި މީހަކު މަރުވިނަމަވެސް ދީންވެރިކަމާއި ޢިލްމާއި ޤަދަރުވެރި އިސް މީހުން އެފަދަ މީހެއްގެ މައްޗަށް ކަށު ނަމާދު ކުރުން ދޫކޮށްލާ، ޢާއްމު މީސްތަކުން ކުރުމެވެ.
ދަރަނި މަތީގައި ނުދައްކާ މަރުވާ މީހާއާއި، ޣަނީމާ މުދަލުން ވައްކަންކުރި މީހާއާއި، އަމިއްލަ ނަފްސު ޤަތުލުކޮށްލައިގެން މަރުވި މީހުންގެ މައްޗަށް ނަމާދު ކުރުމުން ރަސޫލާ صلى الله عليه وسلم ދުރުވެ ވަޑައިގެންނެވިއިރު ދެންފަހެ މިފަދަ ބޮޑެތި ފާފަތައް ބަހައްޓާފައި ﷲ އާއި އެކަލާނގެ ދީނުގެ ޝިޢާރުތަކަށް ގޮންޖަހާ މަލާމާތްކޮށް، އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުންފަދަ އެތަކެއް ކުފުރުގެ ޢަމަލުތަކެއް ޖަމަޢަކޮށްގެން ތިބި ބަޔަކަށް ވާގިވެރިވެ އެއް ސަފެއްގައި އެމީހުންނަށް އެހީތެރިވާން ހުރި މީހަކު މަރުވުމުން ޢާއްމު މީހުންވެސް ކީއްކުރަން ޚުދު ޢިލްމަށް ދަޢުވާ ކުރާ ބަޔަކު އިސްނަގައިގެން އެފަދަ މީހެއްގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާއާއި ތަބަޢަވެގެން އުޅުން ކޮންފަދަހެއްޔެވެ!؟
ﷲ ގެ ދީނަށްޓަކައި އޮތް ޣީރަތްތެރިކަން ކޮބައިހެއްޔެވެ؟ މުސްލިމުން ދީނަށްޓަކައި އޮންނަ ގުޅުމާއި،ލޯތްބާއި، ރުޅިވެރިކަމާއި ނަފްރަތަކީ މަރުވުމަކުންވެސް ފިލައިދާނެ އެއްޗެއް ނޫނެވެ. ﷲ ގެ ދީނުން މީސްތަކުން މަގުފުރައްދާ ބިދުޢަވެރިން ދުނިޔެމަތީ ގަދަކޮށް ތިބިހިނދު ސަލަފުންގެ ބޭކަލުން އެމީހުންނާ ވާހަކަ ނުދައްކަވާ، ސަލާމް ނުކޮށް، އެކީގައި ނޫޅެ، އަދި ބަލިވެ އެނދުމަތި ކުރެވުމުން ޒިޔާރަތްވެސް ނުކޮށް، އަދި އެންމެ ފަހުވަގުތު މަރުވުމުން ޖަނާޒާގައިވެސް ބައިވެރިނުވެ، އަދި ކިއެއްތަ، މަރުވިކަމަށްޓަކައި އުފާކޮށް ޙަމްދުކުރުމުގައި ޢިބްރަތެއް ނުވޭ ހެއްޔެވެ؟
މުއައްމަލު ބްނު އިސްމާޢީލު رحمه الله ވިދާޅުވިއެވެ: "(މުރުޖީއެއްކަމުގައިވާ) ޢަބްދުލް ޢަޒީޒު ބްނު އަބީ ރައްވާދު މަރުވުމުން އޭނާގެ ޖަނާޒާ އައްޞަފާގެ ދޮރާށިކައިރި ބޭއްވުނެވެ. ދެން މީސްތަކުން ނަމާދު ކުރުމަށްޓަކައި ސަފުހެދިއެވެ. އެހިނދު ސުފްޔާނު އައްޘައުރީ އެތަނަށް ވަޑައިގަތެވެ. ދެން މީސްތަކުން ކިޔަން ފެށިއެވެ: "އައްޘައުރީ ވަޑައިގަނެއްޖެއެވެ! އައްޘައުރީ ވަޑައިގަނެއްޖެއެވެ!' ދެން އެކަލޭގެފާނު ވަޑައިގެން މީސްތަކުން ބަލަން ތިއްބާ ސަފުތައް ފަޅާލައްވާފައި ނަމާދު ނުކުރައްވާ ޖަނާޒާ ދޫކޮށް ވަޑައިގަތީއެވެ."
(حلية الأولياء: ٧ / ٢٩)
ދެން އެކަމާ އެކަލޭގެފާނާ ސުވާލުކުރެވުމުން ވިދާޅުވިއެވެ:
"ﷲ ގަންދީ ބުނަމެވެ! އަހުރެންގެ ގާތުގައި އޭނާއަށްވުރެ މާ ޤަދަރު ކުޑަ މީހުންގެ މައްޗަށްވެސް ނަމާދުކުރެވޭނެ ކަމަށް އަހުރެން ދެކެމެވެ. އެހެނެއްކަމަކު، އަހުރެން ބޭނުންވީ އޭނާ އެ މަރުވީ ބިދުޢައެއްގެ މަތީގައި ކަން މީސްތަކުންނަށް ދައްކައި ދިނުމަށެވެ."
(الضعفاء الكبير للعقيلي: ٣ / ٦)
ޢިލްމުވެރިން ޢަމަލު ކުރެއްވި ގޮތަކީ މިއީއެވެ. ދެންފަހެ ދީނުން ބޭރުވާފަދަ އެތަކެއް ކުފުރުގެ ޢަމަލާއި ބަސްތަކެއް ޖަމަޢަކޮށްފައިވާ ބަޔަކާ އެއް ސަފެއްގައި އެކުއެކީގައިއުޅެ އެކަމުގެމަތީގައި މަރުވި މީހެއްގެ ކަންތައް މީސްތަކުންނަށް ދައްކައިދިނުން މާއައުލާވެގެންވާއިރު އޭގެ ބަދަލުގައި އެ ޖަނާޒާގައި އިސްނަގާ ދަޢުވަތުދީ އިސްކޮށްއުޅެ، އަދި އެވަރުން ނުފުދިގެން އޭނާއަށް ތަޢުރީފުކޮށް ހެދުމަކީ ކިހިނެއް ކުރެވޭނެ ކަމެއްހެއްޔެވެ!؟
ޖަހްމީންގެ ބޮޑެއްކަމުގައިވާ ބިޝްރުލް މައްރީސީ މަރުވުމުން ޢިލްމާއި ސުންނަތުގެ އަހުލުވެރިންގެ ތެރެއިން އެކަކުވެސް އޭނާގެ ޖަނާޒާގައި ބައިވެރިނުވެއެވެ. ޢުބައިދު އައްޝޫނީޒީ ފިޔަވައިއެވެ. ދެން މައްރީސީގެ ޖަނާޒާއިން އޭނާ އެނބުރި އައުމުން އަހުލުއް ސުންނާ ވަލްޖަމާޢަތުގެ މީހުން އޭނާއާ ދިމާކޮށް ބުންޏެވެ: 'އޭ ﷲ ގެ ޢަދުއްވެވެ! ކަލޭ ސުންނަތަށް އުޅޭކަމަށް ދަޢުވާކުރަމުން މައްރީސީގެ ޖަނާޒާގައި ބައިވެރިވީހެއްޔެވެ!؟' ދެން އޭނާ ބުނެފިއެވެ: "ކަންތައް ވީގޮތުގެ ޚަބަރު ދެންދެން އިހަށް މަޑުކޮށްބަލާށެވެ..."
(تاريخ بغداد: ٧ / ٥٣١)
ހައްނާދު އައްސައްރީ ވިދާޅުވިއެވެ: "(ޝިޔަޢީއެއްކަމުގައިވާ) ޢަމްރު ބްނު ޘާބިތު މަރުވުމުން އޭނާގެ ޖަނާޒާ އުފުލައިގެން ދަނިކޮށް އިބްނުލް މުބާރަކަށް ފެނިވަޑައިގެންނެވިހިނދު މިސްކިތަށް ވަދެވަޑައިގެން އެމީހުން ހުރަސްކޮށް ދަންދެން ދޮރު ލައްޕަވައިގެން ހުންނެވިއެވެ."
(الضعفاء الكبير للعقيلي: ٣ / ٢٦١)
އައްޔޫބު އައްސަޚްތިޔާނީ رحمه الله އަށް އެއްފަހަރަކު މައްޔިތަކު ހިނެވުމަށް ބުނެވުނެވެ. ދެން އެކަލޭގެފާނު މީސްތަކުންނާއި އެކީގައި ވަޑައިގަންނަވާ އެމީހާގެ މޫނު ކަޝްފުކުރެއްވިހިނދު އެއީ ކާކުކަން އެނގިވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ: 'އޭނާގެ ކަންތަކާ ތިޔަބައިމީހުން އުޅޭށެވެ. ހަމަކަށަވަރުން އަހުރެން އޭނާ ނުހިނަވާނަމެވެ. ބިދުޢައިގެ އަހުލުވެރިޔަކާއި އެކުގައި އޭނާ ހިނގާއުޅޭތަން އަހުރެންނަށް ފެނުނެވެ." (الإبانة الكبرى: ٤٩٨)
ދީނުން ބޭރުނުވާ ބިދުޢައިގެ އަހުލުވެރިޔަކާއި އެކުގައި ހިނގުމާއި، ދީނަށް ފުރައްސާރަ ކޮށް ހަޖޫޖަހާ އެކަލާނގެ ޝަރީޢަތަށް އިންކާރު ކުރާ ޖަމާޢަތަކާއި އެކުގައި އެކަންތަކުގައި އިސްސަފުގައި އުޅުމާއި މިދެކަމުގެ ތެރެއިން ނުބައިކަން ބޮޑުވެގެންވަނީ ކޮންކަމެއްކަން އާދައިގެ މީހަކަށް ވެސް ވަންހަނާވެގެން ނުވެއެވެ.
ބަކްރު އަބޫ ޒައިދު ވިދާޅުވިއެވެ: "އަދި ސިޔަރަތުގެ ފޮތްތަކާއި، ސުންނަތުގައި ހިފުމަށްވާ ފޮތްތައްވަނީ ސުންނަތުގެ އަހުލުވެރިން ބިދުޢަތައް ނައްތާލާ، އަދި ބިދުޢަވެރިންނާއި ދެކޮޅަށް ހިފުމާއި، ކައްސަނދުވާނި ބަލިޖެހިފައިވާ މީހެއްގެ ކިބައިން ސަލާމަތުން ހުރި މީހަކު ދުރުވާފަދައިން އެމީހުންނާއި ދުރުވެގަތުމަށްވާ ޚަބަރުތަކުން ފުރިފައިއެވެ. ފަހެ ހަމަކަށަވަރުން ސަލަފުންގެ ބޭކަލުން ބިދުޢަވެރިން ކުޑަކޮށްލާ، ނިކަމެތިކޮށްލާ، ބިދުޢަވެރިޔާއާއި އޭނާގެ ބިދުޢައަށް އިންކާރުކޮށްގެން ﷲ ގެ ޙަޟްރަތުން ހެޔޮ ދަރުމައަށް އެދެއެވެ. އަދި އެމީހުންނާ އެކުވެއުޅުމާއި، މަޝްވަރާކުރުމާއި، އެކުގައި ކައިބޮއެ އުޅުމާއިމެދު އިންޛާރުދެއްވާ ދުރުވެގަނެއެވެ. އަދި ބިދުޢަވެރިއެއްގެ ޖަނާޒާއެއް ވެއްޖެއްޔާ އެމީހަކުގެ މައްޗަށް ނަމާދުނުކޮށް އަނބުރާ ވަޑައިގަންނަވާ ބޭކަލުން ސަލަފުންގެ ތެރޭގައިވެއެވެ. އަދި އަލްޢައްލާމާ އައްޝެއިޚު މުޙައްމަދު ބްނު އިބްރާހިމް އާލުއް ޝެއިޚު رحمه الله ވެސް ބިދުޢަވެރިއެއްގެ ޖަނާޒާއެއްގައި ނަމާދު ނުކޮށް އެނބުރި ވަޑައިގެންނެވިކަންވަނީ ފެނިފައިއެވެ."
(حلية طالب العلم: ١ / ١٦٦)
************
މިލިޔުމަކީ މީސްމީޑިއާގައި ހިންގާ ހެޔޮބަސް ޓެލެގްރާމް ގުރޫޕުން ނަގާފައިވާ ކިނާނަތު އަލްހުޒައިމީ ލިޔުއްވާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު