ބޮލުގައި ހީނާފަތް އެޅުމަކީ ނުވަތަ ލުމަކީ ވަރަށް ގިނަ މީހުން ކުރާކަމެކެވެ. އެއްބަޔަކު މިކަން ކުރަނީ މިއީ ގުދުރަތީގޮތުން ބޮލުގައި ކުލަ ޖައްސާލެވޭނެ ކެމިކަލް- ފްރީ ނުވަތަ ގެއްލުންދެނިވި ކެމިކަލްތަކަށް އިސްތަށިގަނޑު އެކްސްޕޯޒްނުކޮށް ކުލަ ޖައްސާލެވޭނެ ހަމައެކަނި ގޮތަކީ މިއީ ކަމަށްވާތީއެވެ. އަނެއް ބަޔަކު މިއީ ބޮލުގައި ރިއްސުމަށް ފަރުވާއެއް ކަމަށް ބަލައި ބޮލުގައި ހީނާފަތް އަޅާއިރު އަނެއް ބަޔަކު އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ޤަވާއިދުން ބޮލުގައި ހީނާފަތް އަޅައެވެ. އެހެންނަމަވެސް މާގިނައިން ބޮލުގައި ހީނާފަތް އެޅުމަކީ އިސްތަށިގަނޑަށް ގެއްލުން ލިބިދާނެ ކަމެކެވެ.

މިއީ ކޮންމެހެން ހީނާފަތްވެގެން ދިމާވާ ކަމެއް ނޫނެނެވެ. ކޮންމެ ޕްރޮޑަކްޓެއްވެސް މާގިނައިން ބޭނުން ކުރަންފަށައިފިނަމަ ވަގުތީ ގޮތުން ހިތްހަމަޖެހޭ ނަތީޖާ ލިއްބައިދިނަސް އޭގެ ސަބަބުން ފަހުން ވަރަށް ގެއްލުންވެއެވެ. ހީނާފަތް އެޅުމުން ދެތިން ދުވަހަކު އިސްތަށިގަނޑަށް އަލިކަމެއް ގެނުވައި ވިދުން ގެނުވައިދިންނަމަވެސް ފަހުން އިސްތަށިގަނޑު އެއްކޮށް ހިކި ފުސްވާގޮތް މެދުވެރިވެއެވެ.

ހީނާފަތުގައި ލޯސޯން ކިޔާ ޑައި އެއް އެކުލެވިގެންވެއެވެ. މިއީ ކެރަޓިންގެ ވައްތަރެކެވެ. ލޯސޯން އިސްތަށިގަނޑުގެ ބޭރު ފަށަލައަށް ވާސިލުވުމާއިއެކު ވަގުތުން ކުލަ ބަދަލުކޮށްދެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން އިސްތަށިގަނޑު ފުސްވާގޮތް މެދުވެރިވެއެވެ. ތިރީގައި މިވަނީ މާގިނައިން ހީނާފަތް އެޅުމުން އިސްތަށިގަނޑަށް ލިބިދާނެ ގެއްލުންތަކެވެ.

1. އިސްތަށިގަނޑުގެ ޓެކްސްޗަރ ހަލާކުވުން:

އިސްތަށިގަނޑުގެ ޓެކްސްޗަރއަކީ އިސްތަށީގެ ބޯމިނާއި ތުނިމިން އަދި ވަކިވަކި އިސްތަށީގެ ފަލަމިން ދެނެގަތުމަށް ބޭނުންކުރެވޭ ބަހެކެވެ. މާގިނައިން ހީނާފަތް އެޅުމުން އިސްތަށިގަނޑު ފުސްވެ ހަރުވެއެވެ. މިހެން ދިމާވުމުން އިސްތަށިތައް ބަލިކަށިކޮށްލައި މެދުން ބިންދައިގެންގޮސް އިސްތަށީގެ ޓެސްޗަރއަށް އަސަރުކުރުވައެވެ. އަދި މިކަމުގެ ސަބަބުން އިސްތަށިތައް މާބޮޑަށް ކިސުޅިވެ އިސްތަށިފައިބަން ފަށައެވެ.

2. އިސްތަށީގައި ހުންނަ ކުލަ ފަނޑުވާންފެށުން:

ކަޅު އިސްތަށީގައި ހީނާފަތް އެޅުމުން ރަތް ކުލައަކަށް އިސްތަށިގަނޑު ބަދަލުވެއެވެ. އެހެނަނަމަވެސް ނުރަ އިސްތަށީގައި ހީނާފަތް އެޅުމުން އިސްތަށީގެ ކުލަ ބަދަލުވުމުގެ އިތުރުން ޓެކްޗަރވެސް ހަލާކުވެގެން ދެއެވެ.

3. ގޯސްކޮށް ހީނާފަތުން ކުލަ ޖެއްސުމުން އިސްތަށިގަނޑު ހަލާކުވުން:

ރަނގަޅު ކޮލިޓީ ހީނާފަތް ނުވަތަ ގުދުރަތީ ހީނާފަތް އެޅުމުން އިސްތަށިގަނޑަށް ގެއްލުމެއް ނުލިބޭނެއެވެ. ނަމަވެސް ޕެކެޓްތަކުގައި ލިބެންހުންނަ ބައެއް ކެމިކަލް ގިނަ ހީނާފަތުގެ ޕްރޮޑަކްޓުތައް ބޭނުންކުރުމުން އިސްތަށިގަނޑުގައި ގުދުރަތީ ގޮތުން ހުންނަ ތެޔޮކަން ފިލައިގެން ދެއެވެ. މީގެ ސަބަބުން އިސްތަށިގަނޑު ފުސްވުމާއި ބޯ ހިރުވުން މެދުވެރިވެއެވެ.

4. ސްޕްލިޓް އެންޑްސް:

ސްޕްލިޓް އެންޑްސްއަކީ އިސްތަށިގަނޑުގެ ނިމޭހިސާބުގައި އިސްތަށިތައް މެދުން ފެޅި ބަލިކަށިވުމަށް ކިޔާ ނަމެކެވެ. ރިސާޗުތަކުން ދައްކާގޮތުގައި އާއްމުގޮތެއްގައި މިގޮތަށް ބާޒާރުގައި ވިއްކަން ހުންނަ ހީނާފަތުގެ ބާވަތްތައް ބޭނުންކުރުމުން އިސްތަށިގަނޑު 'ޕާމަނަންޓުކޮށް' ނުވަތަ ބަދަލު ނުގެނެވޭ މިންވަރަށް ދާއިމަށް ހަލާކުވެގެންދެއެވެ. އަދި ހީނާފަތުގައި ހިމެނޭ އާޓިފިޝަލް މާއްދާތަކުގެ ސަބަބުން ބޮލުގެ ހަންގަނޑު ރަތްވެ ކުލަ ހިފުމަށް މެދުވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން