މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިލިއަނަރ، އީލަން މަސްކްގެ މެޑިކަލް ފާމް، ނިއުރަލިންކުން އުފެއްދި ސިކުނޑީގެ އިމްޕްލާންޓައް ކްލިނިކަލް ޓްރައަލްސް މެދުވެރިކޮށް ދިރާސާ ކުރުމަށް އެފްޑީއޭއިން ހުއްދަދީފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުގެ މިހުއްދަ އާއިއެކު އިންސާނުން ބޭނުންކޮށް ކްލިނިކަލް ޓްރައަލްސްގެ އެކި ދިރާސާތައް ކުރިއަށް ގެންދެވޭނެއެވެ.

މިކަން އިއުލާންކޮށް ނިއުރާލިންކުން ކުރި ޓްވީޓެއްގައި، ހުއްދަ ލިބުނަސް އަދި އެކުންފުނިން ކްލިނިކަލް ޓްރަޔަލްތައް ނުފަށާކަން ހާމަކޮށްފައިވެއެވެ. އަދި ކްލިނިކަލް ޓްރަޔަލްތައް ފެށުމަށް ތައްޔާރުވުމާއިއެކު މި ޓަރަޔަލް ތަކުގައި ބައިވެރިވާން މީހުން ހޯދުމަށް އިއުލާން ކުރާނެކަމަށް ބުނެފައިވެއެވެ.

ނިއުރާލިންކުން ތައްޔާރުކުރި މި ސިކުނޑީގެ އިމްޕްލާންޓަކީ ޕެރެލައިޒްވެފައިވާ މީހުންނަށް އަލުން ހިނގާ ބިނގާވެ އުޅުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދުކުރާ ސިކުނޑީގެ އިމްޕްލާންޓެކެވެ. އަދި މިއީޖާދުން އިންސާނާގެ ނިއުރޯލޮޖިކަލް އެހެން މައްސަލަތަކަށް ވެސް ފަރުވާއެއް ލިބިގެންދާނެކަމަށް ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން