އަމީނީ މަގުގެ އިތުރު 4 ސެގްމަންޓެއްގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއިން ފަށައިފިއެވެ.
އަމީނީމަގުގެ މަސައްކަތް 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްދާއިރު، ފުރަތަމަ 3 ސެގްމަންޓްގައި ތާރު އެޅުމުގެ މަސައްކަތް ހިމެނޭގޮތަށް ހުރިހާ މަސައްކަތެއް ވަނީ ނިންމާލާފައެވެ. އެއީ ހެންވޭރުން އަމީނީ މަގުގެ ކޮޅުން ފެށިގެން ސްޓެލްކޯއާ ހަމައަށެވެ.
އާރުޑީސީން ރޭ ބުނެފައިވަނީ ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ އަމީނީމަގު ބިލަބޮންގ ހިމެނޭ ސަރަޙައްދުން ފެށިގެންގޮސް ސްޓެލްކޯ ހިމެނޭ ސަރަހައްދާއި ހަމައަށް އޮތް 4 ސެގްމަންޓުގައި ކަމަށެވެ.
ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް ނެތުމުގެ ސަބަބުން އަމީނީ މަގުގެ ކުރިން ނިމުނު 3 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެންނެވެ.
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލި މަނިކު ރޭ ވިދާޅުވީ މިއީ އެކުންފުނީގެ 3 އަހަރުގެ ޙަޔާތުގައި ލިބުނު ކާމިޔާބީތަކަށް އިތުރުވި ބޮޅެއް ކަމަށެވެ. އެގޮތުން އަމިއްލަ މެޝިނަރީއާއި ސާމާނާއި މުވައްޒަފުންނާއެކު މަގުހެދުމުގެ މަޝްރޫޢުތަކުގައި ކުރަންޖެހޭ ހުރިހާކަމެއް އަމިއްލައަށް ކުރެވޭނެ ޤާބިލުކަން މިހާރު އާރް.ޑީ.ސީގައި އެބަހުރިކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މި 4 ސެގްމަންޓްގެ މަސައްކަތް އެކުންފުނިން ނިންމާލީ ދޮޅު މަހުން ކަމަށެވެ. އަދި ތާރުއެޅުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ނިޔަލަށް ނިންމާ، ހަފްތާއެއްގެ ތެރޭގައި އެ ސަރަހައްދު އާއްމުންނަށް ހުޅުވާލުމަކީ އަމާޒުކަމަށްވެސް ވިދާޅުވިއެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.

ކިޔުންތެރިންގެ ހިޔާލު