ދަރިއޮށް އަށަގަތުމާއި ވިހެއުމުން މިއީ އިސްލާމް ދީނަކީ ޙައްޤު ދީން ކަމުގެ ސާފު ހެއްކެކެވެ.
އިންސާނާއަކީ އިންސާނާގެ ސިކުނޑި ޙައިރާން ކުރަނިވި ގޮތަކަށް މާތް ﷲ އަމިއްލަފުޅު ޒާތުފުޅުން އުފައްދަވައި އަމިއްލަފުޅު ރޫޙުން ފުރާނަ އަޅުށްވާފައިވާ އެންމެ ފުރިހަމަ އެންމެ ރީތި އެންމެ މާތް މަޚްލޫޤެވެ. މާތް ﷲ އިންސާނާ އުފެއްދެވި ގޮތާމެދު ވިސްލާއިރު އެއީ ސިކުނޑި ޙައްރާން ކުރަނިވި ޚަލްޤެކެވެ. އުފައްދަވާފައިވާ ލެއް ފުރިހަމަ ކަމުންނެވެ.
ރަސޫލު ﷲ صلى الل عليه وسلم ޙަދީޘު ކުރަށްވާފއި ވެއެވެ.
عَنْ أَبِي الطُّفَيْلِ قَالَ دَخَلْتُ عَلَى أَبِي سَرِيحَةَ حُذَيْفَةَ بْنِ أَسِيدٍ الْغِفَارِيِّ فَقَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأُذُنَيَّ هَاتَيْنِ يَقُولُ إِنَّ النُّطْفَةَ تَقَعُ فِي الرَّحِمِ أَرْبَعِينَ لَيْلَةً ثُمَّ يَتَصَوَّرُ عَلَيْهَا الْمَلَكُ قَالَ زُهَيْرٌ حَسِبْتُهُ قَالَ الَّذِي يَخْلُقُهَا فَيَقُولُ يَا رَبِّ أَذَكَرٌ أَوْ أُنْثَى فَيَجْعَلُهُ اللَّهُ ذَكَرًا أَوْ أُنْثَى ثُمَّ يَقُولُ يَا رَبِّ أَسَوِيٌّ أَوْ غَيْرُ سَوِيٍّ فَيَجْعَلُهُ اللَّهُ سَوِيًّا أَوْ غَيْرَ سَوِيٍّ ثُمَّ يَقُولُ يَا رَبِّ مَا رِزْقُهُ مَا أَجَلُهُ مَا خُلُقُهُ ثُمَّ يَجْعَلُهُ اللَّهُ شَقِيًّا أَوْ سَعِيدًا (ބުޚާރީއާއި މުސްލިމު)
ތަރުޖަމާ:
މާތް ﷲ ރަޙްމަތްލެއްވި އަބުއްޠުފައިލުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއްދުވަހަކު މާތް ﷲ ރުއްސުންލެއްވި ޙުޛައިފާ އަލްޣިފާރީގެ އަރިހަށް ތިމަން ދިޔައިމެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ صلى الله عليه وسلم ގެ އަރިހުން ތިމަންގެ މިދެކަންފަތުން އަޑުއެހި ވާހަކައެއް ކިޔައިދީފާނަމެވެ. އިތުރު އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. މައިމީހާގެ ބަނޑަށް ނުޠުފާ ޤަރާރުވެ ސާޅީސް ރޭ ވެއަތުވުމުން ﷲ ގެ އަމުރުފުޅާ އެއްގޮތަށް ހަށިގަނޑު އުފައްދާ މަލާއިކަތާ ވަޑައިގެން ހަށިގަނޑުގެ ސޫރަ އުފައްދަވާނެއެވެ. ދެން ﷲ ގެ ޙަޟުރަތުގައި ދަންނަވާނެތެވެ. އޭ އަޅުގެވެރި ރަސްކަލާކޮ! މިއީ ފިރިހެން ކުއްޖެއްތޯއެވެ؟ ނުވަތަ އަންހެން ކުއްޖެއްތޯއެވެ؟ ދެން މާތް ﷲ އެކުއްޖާގެ ޖިންސު އެންގެވުމުން މަލާއިކަތާ އެގޮތަކަށް ލައްވަވާނެއެވެ. އެއަށްފަހު މަލާއިކަތާ ދަންނަވާނެތެވެ. އޭ އަޅުގެވެރި ރަސްކަލާކޯއެވެ! މީނާގެ ގުނަންތައް ފުރިހަމަ ވާނެތޯއެވެ؟ ނުވަތަ ޢައިބުވެ އުނިވާނެތޯއެވެ؟ ދެން މަތިވެރި މާތް ﷲ ގެ އަމުރުފުޅަށް އެމަލާއިކަތާ އެކުއްޖާއަކީ ގުނަންތައް ފުރިހަމަ ކުއްޖެއްގެ ގޮތުގައި ލައްވާނެތެވެ. ދެން އަނެއްކާވެސް އެމަލާއިކަތާ ދަންނަވާނެއެވެ. އޭ އަޅުގެވެރި ރަސްކަލާކޮ! މިކުއްޖާގެ ރޯއްޖަކީ ކޮބައިތޯއެވެ؟ ޢުމުރަކީ ކޮބައިތޯއެވެ؟ އާދަކާދައާއި އަޚްލާޤަކީ ކޮބައިތޯއެވެ؟ ދެން ﷲ ގެ އިރާދަފުޅާ އެއްގޮތަށް އެކަންތައްތައް ލެއްވެވުމަށްފަހު އޭނާއަކީ ބާއްޖަވެރިއެއްތޯ ނުވަތަ އަބާއްޖަވެރިއެއްތޯ ﷲ ކަނޑައެޅުއްވި ގޮތަކަށް ލައްވާނެއެވެ.
އިތުރު ތަފްޞީލު:
މިފަދަ ޙަދީޘުތަކުން އިސްލާމް ދީނުގެ ތެދުކަމާއި އެއީ ޙައްޤު ދީންކަން ސާބިތުކޮށް ދެއެވެ. ޙަދީޘުގައި މިވާކަންތައްތައް ޢިލްމީ ގޮތުން ސާބިތުވަނީ މީގެ 111 ވަރަކަށް އަހަރު ކުރިންނެވެ. އެހެނަސް 14 ޤަރުނު ކުރިން އިސްލާމް ދީނުގައި ވަނީ ތަފްޞީލުކޮށް މިވާހަކަތައް ބަޔާންވެގެންނެވެ.
(ހ) މަންމަ ބަނޑުގައި "ދަރިއޮށް" ގަރުބަ ގަތުމުން ފެށިގެން ވިހެއުމާ ހަމައަށް:
އަންހެނާ ބަލިވެ އިނީއްސުރެން ދަރިއޮށަށް ބަދަލުވަމުންދާ މަރުޙަލާތައް އެންމެ ސާފުކޮށް ބަލިވެއިނުމާ ބެހޭ ޢިލްމަށް (Embryology) އެނގުނީ 19ވަނަ ޤަރުނުގެ މެދުތެރޭގައެވެ. އެހެންނަމަވެސް އިސްލާމް ދީނުގައި ވަރަށް ސާފުކޮށް ދަރިއޮށް ގަރުބަގަތީއްސުރެން ފެށިގެން އަންނަ ބަދަލުތައް އޭގެ ޢުމުރާ އެއްކޮށް ބަޔާންކޮށްފައި ވެއެވެ. ކީރިތި ޤުރުއާނުގެ މުއުމިނޫން ސޫރަތުގެ 13 ވަނަ އާޔަތާއި 14 ވަނަ އާޔަތުގައި ﷲ އަންގަވާފައި ވެއެވެ. وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ ﴿١٢﴾ ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ ﴿١٣﴾ ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ ﴿١٤﴾ މާނައީ: ހަމަކަށަވަރުން ތިމަން އިލާހު މަށީގެ ޚުލާޞާއަކުން އެންމެ ފުރަތަމަ އިންސާނާ (އެބަހީ އާދަމުގެފާނު) ހެއްދެވީމެވެ. ދެން އެއިލާހު އެއިންސާނާ މަސްހުނިވެފައިވާ މަނިތިއްކަކަށް ލައްވަވައި އެމަސްހުނިމަތިކި ރައްކައުތެރި ގެވަޅެއްގައި ލެއްވީމެވެ. އެއަށްފަހު ތިމަން އިލާހު މަސްހުނިވެފައިވާމަނިތިކި އެލިފައިވާ ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެލިފައިވާ ގަނޑުލޭކޮޅު ދަށްވަޅުއެޅިފައިވާ ސިފަގައި އޮތް މަސްކޮޅަކަށް ހެއްދެވީމެވެ. ދެން ދަށްވަޅުއެޅިފައިވާ ދިފައިގައ އޮތް އެ މަސްކޮޅު ކަށްޓަށް ހެއްދެވީމެވެ. ދެން ތިމަންއިލާހު އެކަށްޓަށް މަސްއެރުއްވީމެވެ. ދެން އެއަށްފަހު އެއިންސާނާ މުޅިން އާ ސޫރައެއްގައި ލެއްވީމެވެ. ފަހެ، އެންމެފުރިހަމައަށް ޚަލްޤުތަކުން ހައްދަވާ ﷲ މަތިވެރިވެވޮޑިގެންވެއެވެ.
(ށ) ދަރިއޮށް:
މިތާގައި ދަރިއޮށް މިބަސް އަޅުގަނޑު ބޭނުންކޮށްފައި ވަނީ މައިމީހާގެ ބަނޑުގައި އޮންނަ (Embryo) ދަރިއަށެވެ. އެއީ ބަލިވެ އިނީއްސުރެން ފެށިގެން ވިހެން ދެން ބަނޑުގައި އޮންނަ ބޭބީއަށް ކިޔާ ނަމެކެވެ. މިކުއްޖާއަށް ޢަރަބި ބަހުގައި ކިޔަނީ جنين އެވެ.
(ނ) ރަޙިމުގައި އަށަގަތީއްސުރެން ދަރިއޮށް ބަދަލުވަމުންދާ މުއްދަތު:
ޙަދީޘުތަކުން ސާފުކޮށް ބަޔާންވެފައިވާގޮތުން ރަޙިމުގައި އަށަގަތީއްސުރެން ދަރިއޮށަށް އަންނަ ބަދަލާއި އެބަދަލަށް ކިޔާ ނަމާއި ބަދަލުވަމުންދާ މުއްދަތު ހާމަވާން އެބަހުއްޓެވެ. މިއީއަކީ އިސްލާމް ދީން އައުމުގެ ކުރިއަކުން ޢިލްމީގޮތުން އެނގޭންހުރި އެއްޗެއްސެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ޢަރަބިން އަޑުއަހާފައިވާ އެއްޗެއްވެސް ނޫނެވެ. މީލާދީގެ ކުރީ 384ގައި އަވަހާރަވި ޔޫނާނީ ފަލްސަވާ ވެރިޔާ ކަމުގައިވާ އަރިސްޠޫގެ 'އުފެދުމުގެ ނަޒަރިއްޔާ' (Epigenetic Theory) ގައި ކޮންމެވެސް ވަރަކަށް އެވާހަކަ ހުއްޓަސް މިހާރުގެ ޢިލްމީ ހޯދުންތަކުން އެނަޒަރިއްޔާއާއި އޭގެފަހުން އުފެދުނު ނަޒިއްޔާތައް ވެސް މުޅިއަކުން ޞައްޙަ ނޫންކަން އެނގެއެވެ. އެންމެފަހުން 17 ވަނަ ޤަރުނުގެ ފަހުކޮޅުގައި ހޯދުނު ހޯދުންތަކުން ސައިންސްވެރިންނަށް އެނގުނީ މަންމަގެ ރަޙިމުގައި އަންހެނާގެ ބިހާއި ފިރިހެނާގެ ފަނި އެއްވެގެން އިންސާނާ އުފެދުމުގެ ތަފާތު މަރުޙަލާތައް ހިނގަމުންދާ ކަމާއި ފުރިހަމަ އިންސާނާ އުފެދެނީ އެދޭތި އެއްވެގެން ކަމެވެ. އެހެންނަމަވެސް މީލާދީން 7 ވަނަ ޤަރުނުގައި ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވުނު ﷲ ގެ ކަލާމްފުޅުން ސާފުކޮށް އިންސާނާ އުފައްދަވާގޮތާއި ބަދަލުވަމުންދާ މަރުޙަލާތަކާއި އެއިންކޮންމެ މަރުޙަލާއަކަށް ދެވިފައިވާ ނަމާއެކު (މަތީގައި ބަޔާންވެދިޔަ އާޔަތުގައި) އެވަނީ ބަޔާންވެފައެވެ.
(ރ) ބަލިވެ އިންކަން އެނގޭ މުއްދަތު:
1- މިއަދުގެ މެޑިކަލް ސައިންސް ބުނާގޮތުން އަންހެނާ ބަލިވެ އިންކަން އެނގޭނީ ޤަވާޢިދުން ޙައިޟުވާ އަންހެނާ، ޙައިޟު ނައިސް 7 ދުވަސް ނުވަތަ 10 ދުވަސް ވުމުންނެވެ. ލެބޯޓަރީގެ ޓެސްޓުތަކުން ޔަޤީންކަމާއެކު ބަލިވެއިންކަމަށް ދައްކައިދޭނީ 14 ދުވަސް ވުމުންނެވެ. އެހެންކަމުން ބައެއް ޑޮކްޓަރުން ޓެސްޓު ހެދުމަށް ލަފާދޭނީ މަސްދުވަސް ފުރުމުންނެވެ.
2- ދެން އެކުއްޖާގެ ޖިންސު ލައްވަނީ ދަރިއޮށަށް 6 ހަފްތާވުމުންނެވެ. މިވާހަކަ ކީރިތި ރަސޫލާގެ ދޫފުޅުން އަންނަނީ 42 ދުވަސް ކަމަށެވެ. މިބަދަލު އަންނަނީ ދަރިފުޅު އުފަންވުމުގެ ފުރަތަމަ މަރްޙަލާނިމި ދެވަނަ މަރްޙަލާއަށް ފެށުމުންނެވެ. އެހެންކަމުން ބައެއް ރިވާޔަތުގައި 45 ދުވަސްވެސް އާދެއެވެ. މިއަށް ދީނުގައި ނަންދީފައިވަނީ ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً އެވެ. އެބަހީ މަސްހުނިވެފައިވާ މަނިތިކިވަރު އެލިފައިވާ ގަނޑު ލޭކޮޅަކަށް ބަދަލުވުމުގެ މަރްޙަލާއެވެ. މިހިސާބުން އެދަރިއޮށުގެ ޖިންސު އުފައްދަވައެވެ. މީގެ ކުރިއަކުން އެކަކަށްވެސް ޖިންސު ނޭގޭނެއެވެ. ހަމައެކަނި އެކަން އެނގިވޮޑިގަންނަވާނީ ﷲ އަށެވެ. އެހެނަސް 42ދުވަސް ވުމުން ކީރިތި ﷲ ދަރިއޮށުގެ ކަންތަކާބެހޭ މަލާއިކަތާއަށް ޚަބަރު ދެއްވައެވެ. އެއަށްފަހު ފަހަރެއްގައި މައިމީހާއަށް އިޙްސާސު ވެދާނެއެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ ޒަރީޢާއިން ޑޮކްޓަރުންނަށް އެނގިދާނެއެވެ.
(ބ) ފުރާނަ އަޅުއްވާ ވަގުތު:
ތަޖްރިބާކާރުން ބުނާގޮތުގައި އެމީހުންގެ ތަޙްލީލުތަކާއި ވަސީލަތްތަކުން ދަރިއޮށުގެ ޖިންސު ސާފުވަނީ 14 ހަފްތާ ވުމުންނެވެ. ނުވަތަ 18 ހަފްތާއާއި 21 ހަފްތާއާ ދެމެދުގައެވެ. މިއީ ދިވެހިން ކިޔާ ހަތަރުމަސް ދިހަ ފުރުމެވެ. އޭރު ދަރިއޮށް އޮންނާނީ ޤުރުއާނުގައި ބުނާ 3 ވަނަ މަރްޙަލާކަމުގައިވާ "مُضْغَةً" (ދަށްވަޅުއެޅިފައިވާ ސިފައިގައި އޮންނަ މަސްކޮޅު) ނިމި 4 ވަނަ މަރްޙަލާއަށް ލައިގެންފައެވެ. އޭރު ދަރިއޮށުގެ ޢުމުރުން ހަތަރުމަހާ ދިހަ ދުވަސް ވެދާނެއެވެ. ޙަދީޘުގައި ބުނާގޮތުން މިއީ ފުރާނަ އަޅުއްވާ ވަގުތެވެ. އެއީ ޤުރުއާނުގައި ބުނާ ކަށްޓަށް މަސް އަރުއްވާ ވަގުތެވެ. ޞަޙީޙު މުސްލިމުގެ 4781 ވަނަ ޙަދީޘުގައި މިވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާނެއެވެ. މިއިން އެއްވެސް ވާހަކައެއް މީލާދީން 7 ވަނަ ޤަރުނާ ޖެހެންދެން އިންސާނުންނަކަށް އެނގިފައި ނެތެވެ. ކީރިތި ރަސޫލާ ވަޑައިގެން ޢިލްމީ މިބޮޑު ޚަޒާނާގެ ތަޅުދަނޑި އިންސާނާއާ ޙަވާލުކުރެއްވުމަށް ދާނދެނެވެ.
(ޅ) އިންސާ އުފެދުމަށް މެދުވެރިވި މަރްޙަލާތައް:
މަތީގައި ބަޔާންވެދިޔަ ކީރިތި ޤުރުއާނުގެ އާޔަތުން އަންގައިދޭ ގޮތުން މައިމީހާގެ ރަޙިމުގައި ދަރިއޮށް އަށަގަތުމާއި ވިހެއުމާއި ދެމެދު އޭނާ އިންސާނަކަށް ވުމަށްޓަކައި 42 ދުވަހުގެ ނުވަތަ 45 ދުވަހުގެ 6 މަރްޙަލާ ކަޑައްތު ކުރަންޖެހެއެވެ. އެއިން ކޮންމެ މަރްޙަލާއަކަށް ޤުރުއާނުގައި ވަނީ މުސްތަޤިއްލު ނަމެއް ދީފައެވެ. މިއިން މަރްޙަލާއަކަށް އަދިއަދަށް ދާނދެންވެސް ޤުރުއާން ނޫން އެހެންފަރާތުން ނަމެއް ކިޔާފައި ނުވެއެވެ. މިބުނެވުނު ހަ މަރްޙަލާ ނިމުމުން ދަރިއޮށް ފުރިހަމަ އިންސާނަކަށްވެ 9 މަސްފުރި ދެން ބަނޑުގައި އޮންނާނީ ލަހެއް ފަހެއް ނުކޮށް ދުނިޔެއަށް އައުމުގެ އިންތިޒާރުގައެވެ.
ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ.

ކިޔުންތެރިންގެ ހިޔާލު