ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށާއި، މަޖިލީސް ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 9:00 ގައި ފެށުމަށް ތާވަލު ކޮށްފައިވީ ނަމަވެސް 17 މެންބަރުން ތަޅުމުގައި ތިއްބެވުމުން ޖަލްސާ ކުރިއަށް ގެންދާވަރަށް ކޯރަމް ލިބިފައެއް ނުވެއެވެ. މަޖިލީހުގެ ކޯރަމް ހަމަވާނީ 22 މެންބަރުން ތަޅުމުގައި ޙާޟިރުވެ ތިއްބަވައިގެންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ، މަޖިލީސް ހުއްޓުވާފައިވަނީ ރައީސް ޞާލިޙްގެ ބައިވެރިވުމާ އެކުގައި ކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ. އަދި ދަޢުލަތުގެ ބާރުތައް އަތްމައްޗަށް ނަންގަވައިގެން ދަޢުލަތް ހުއްޓުވާލުމަށް ރައީސް ޞާލިޙް ކުރަށްވާ މަސައްކަތް ހުއްޓަވާ ލެއްވުމަށް ރައީސް ނަޝީދު މިއަދު ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުގެ މަސައްކަތް ނުހުއްޓުވޭނެ. ހުއްޓުނަ ނުދީ މަޖިލިސް ކުރިއަށް ގެންދާނަން." ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވާކަން ފާހަގަކުރައްވައި މަޖިލީހުގެ ކުޑަދޮށުގައި ތިއްބެވި މެންބަރުން ވަޑައިގަންނަވަންދެން މަޑުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މެންބަރުން ތަޅުމަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ރައީސް ނަޝީދު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ހާޒިރީގައި ސޮއިކުރެއްވުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހާޒިރުނުވި 14 މެންބަރުންގެ ނަން ވެސް އިއުލާން ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން