ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި ގުޅިގެން އެމްޓީސީސީން "އިންޖީނު ފައިނޭންސިންގ ޕްރޮމޯޝަން" ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ތައާރަފްކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އިންޖީން ގަންނަ ފަރާތްތަކަށް މާލީގޮތުން ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި އެމްއޯޔޫގައި ސޮއި ކުރުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއެކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މުފައްދަލް އިދްރީސް ޚުމްރީއެވެ.

އިއްޔެ ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އިއްޔެއިން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ބައްލަވައި ގަންނަވާ ކަސްޓަމަރުންނަށް ދިގުމުއްދަތަށް ބަހާލައިގެން އިސްލާމީ ޢުސޫލްތަކާއި އެއްގޮތްވާގޮތުގެމަތިން އިންޖީނަށް ފައިސާދައްކާ ޙަލާސްކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ. އަދި ސުޒުކީ އައުޓްބޯޑު އިންޖީނުން (2.5 އެޗ.ްޕީ އިން 325 އެޗ.ްޕީ އާހަމައަށް) 8 ޕަސެންޓްގެ

ޑިސްކައުންޓެއް އަދި ޔަންމާ (35 އެޗްޕީ އިން 1400 އެޗ.ްޕީ އާހަމައަށް) އިންޖީނުން 5 ޕަސެންޓްގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމުގައި އެމްޓީސީސީން ބުންޏެވެ.

ކަސްޓަމަރުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމްޓީސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މީޑިއާއާއި މީސް މީޑިއާގެ ޕްލެޓްފޯރމްތަކާއ،ި އޮޑިވެރިންނާއި

އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ މަޤްސަދަކ،ީ އިންޖީނު ފައިނޭންސްކުރުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމާއ،ި މަސްވެރިންނާއ،ި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއ،ި މޫދު ކުޅިވަރު ފަދަ ހަރަކާތްރަކުގައި ޝާމިލުވާއުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން