މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 3ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބާއި އެޕާޓީންވެސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުނުކުރަން ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ކުރިއަށްދާނެ ގޮތެއް ނިންމުމަށް 18 ސެޕްޓެމްބަރު 2023ވީ ހޯމަ ދުވަހު ބޭއްވި އެޕާޓީގެ އިންޓަރިމް ކައުންސިލްގެ 7ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެ މަތިން 20 ސެޕްޓެމްބަރު 2023 އާ ހަމައަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވެސް އަދި އެމްޑީޕީންވެސް އެއްބަސްވެފައި ނުވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުނުކުރުމަށް ނިންމާފައިވާކަމަށެވެ.
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުން ތަކަށްފަހު އެޕާޓީން ވަކިވެގެން ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15839 ވޯޓެވެ. އެއީ 7.18 އިންސައްތައެވެ.

The Democrats’ decide to refrain from supporting either candidate in the upcoming presidential election runoff.#WeTheDemocrats pic.twitter.com/1O0wen4fWf
— The Democrats (@TheDemocratsMV) September 21, 2023
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުން ތަކަށްފަހު އެޕާޓީން ވަކިވެގެން ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15839 ވޯޓެވެ. އެއީ 7.18 އިންސައްތައެވެ.
ކިޔުންތެރިންގެ ހިޔާލު