ސިފައިންނާ އަމަލީގޮތުން ކުރިމަތިލާން ފެށުން ލުއިކޮށް ނަގައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

މޫސަ މިމޭރުމުން ވިދާޅުވީ، ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅަށް ހުއްދަނެތި ދިޔަ ނޫސްވެރިން ތަކެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާގުޅިގެން މޫސަ ވިދާޅުވީ، ތަކުރާރުކޮށް، ދިވެހި އަސްކަރިއްޔާ ހިމެނޭގޮތަށް ރާއްޖޭގެ މިނިވަންކަން ނަގާލަނީ ކަމަށްބުނެ، ބަހުގެ ހަމަލާތަކުން ސިފައންގެ އަގުވައްޓާލަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ސިފައިންނާ އަމަލީގޮތުން ކުރިމަތިލާން ފުރުސަތުދީގެން ނުވާނެކަމަށް މޫސަ ވިދާޅުވިއެވެ.

"ސިފައިންނާ އަމަލީގޮތުން ކުރިމަތިލާން އެފެށެނީ. މިފަދަކަންކަން ލުއިކޮށް ނުނަންގަވާ." ދިވެހި ސިފައިން ޓެގްކޮށް މީސް މީޑިއާގައި މޫސަ ވިދާޅުވިއެވެ.



އުތުރު ތިލަފަޅަށް ހުއްދަނެތި ދިޔަ ނޫސްވެރިންގެ މައްސަލާގައި އެމްއެންޑީއެފުން ބުނެފައިވަނީ އުސޫލުން ބޭރުން އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރުމަކީ ގަވާއިދާއި ޚިލާފަށް ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެެ. އަދި އެމްއެންޑީއެފުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ އަސްކަރީ މަރުކަޒުތަކަށް ހުއްދަނެތި ވަނުމަކީ އެހެން ގައުމުތަކުގައި ވެސް ސީރިއަސް މައްސަލަ އެއް ކަމަށެެވެ. ހުއްދަނެތި އެފަދަ އަމަލެއް ހިންގުމުން އެ މައްސަލަ ބަލަން އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެެ. އަދި އެއްވެސް ފަރާތަކުން އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އާދިއްތަ ދުވަހު ނޫސްވެރިންގެ ބަޔަކު އެތަނަށް އަރަން މަސައްކަތް ކުރީ އެތަނުން ދޫކުރާ ގޯތިތައް ބެލުމަށް ކަމަށް ބުނެއެވެ. އެތަނަށް އެ ނޫސްވެރިން ދިޔައީ އުތުރުތިޅަފަޅުން ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވުމާއި ގުޅިގެން ކަމަށް ބުނެއެވެެ.

ދާދިފަހުން ސަރުކާރުން ނޫސްވެރިންތަކެއް އުތުރުތިޅަފަޅަށް ގެންގޮސް އެތަން ދައްކާލާފައިވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން