ގިނަ ބަޔަކު ބޮއިކޮޓް ކުރަން ގޮވާލުމުން ވިޔަފާރި ދަށްވުމުގެ ބިރު އުފެދިފައިވާ މެކްޑޯނަލްޑްސްއިން ފަލަސްތީނާއި އިޒްރޭލާއި ދެމެދު އުފެދިފައިވާ މައްސަލައިގައި އެއްވެސް ފަރާތަކަށް ފަންޑު ނުކުރާ ކަމަށް ބުނެފިއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ފާސްޓް ފުޑް ފްރެންޗައިޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި "މި މައްސަލައިގައި ބައިވެރިވާ އެއްވެސް ސަރުކާރަކަށް މެކްޑޮނަލްޑްސް ކޯޕަރޭޝަނުން ފައިސާ ނުވަތަ އެހީތެރިކަމެއް ނުދޭ" ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ ލޯކަލް ޑިވެލޮޕްމަންޓަލް ލައިސަންސް ވިޔަފާރި ބައިވެރިންގެ އެއްވެސް އަމަލެއް މެކްޑޮނަލްޑްސްގެ ރުހުމަކާ ނުލައި މިނިވަންކަމާއެކު ކުރިއަށް ގެންދިޔައީ." އިޒްރޭލުގައި ހިންގާ މެކްޑޮނަލްޑްސް އިން ހަނގުރާމައިގައި ބައިވެރިވާ އިޒްރޭލު ސިފައިންނަށް ފުޑް ޕެކް ހަދިޔާކުރާ މައްސަލައަށް ޢިޝާރާތްކޮށް މެކް ކުންފުނިން ބުނެފައި ވެއެވެ.



މެކްޑޮނަލްޑްސްގެ އިސްރާއީލުގެ ފްރެންޗައިޒް އިން އިސްރާއީލުގެ ސިފައިންނަށް އެތައް ހާސް ކެއުންތަކެއް ފޮނުވާކަން އިއުލާން ކުރުމުން އަރަބި ކަސްޓަމަރުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ. އަދި މެކްޑޯނަލްޑްސްއަކީ އިޒްރާއީލު ސިފައިންނަށް އެއްބާރުލުން ދޭ ބައެއް ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ މެކްޑޯނަލްޑްސްއާއި ދެކޮޅަށް ބޮއިކޮޓް ކެމްޕެއިނެއް ފަށާފައެވެ. އަދި މީގެ ސަބަބުން ކުވައިތު ފަދަ އަރަބި ޤައުމުތަކުގައި ހިންގާ އެކުންފުނީގެ ރެސްޓޯރަންޓްތަކަށް ލިބޭ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

އިޒްރޭލުގައި ހުންނަ މެކްޑޯނަލްޑްސް ގޮފިން މިގޮތަށް ކަންތައްކުރިއިރު ޔޫއޭއީގައި ހުންނަ މެކްޑޯނަލްޑްސް ގޮފިން ވަނީ "ތަރަހުމް ފޯރ ޣައްޒާ" ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. އެ ކެމްޕެއިންގެ ދަށުން ކުންފުނިން ވަނީ ޣައްޒާއަށް އެއް މިލިއަން ދިރްހަމް ހަދިޔާކޮށްފައެވެ.

އެހެން ނަމަވެސް، މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެ މެކްޑޯނަލްޑްސްއިން ދިޔައީ ޕްރޮމޯޝަންތައް މެދުވެރިކޮށް ވިޔަފާރި ދަށް ނުވޭތޯ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން