މި ސަރުކާރުގެ ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ނަންތައް ރޭ ޢާންމުކޮށްފިއެވެ.

ދެވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި 40594 މީހުން ފޯމް ހުށަހަޅާފައި ވެއެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގީއްޗަށް އެދި ފޯމު ހުށައެޅި 19347 ފޯމާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށައެޅި 21247 ފޯމެވެ.

ރޭ 11:53 ގައި ސަރުކާރުން ގެޒެޓްގައި ޢާންމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ރޭ އާންމުކުރި މި ލިސްޓަކީ ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅައި، ޕޮއިންޓް ދީފައިވާ ލިސްޓެއް ނޫނެވެ. މިލިސްޓްގައި ވަނީ ހަމައެކަނި ފޯމް ހުށައެޅި މީހުންގެ މައޫލޫމާތެވެ. ސަރުކާރުން ކުރިން ބުނީ ދައުރު ނިމުމުގެ ކުރިން ފްލެޓާއި ގޯތި ލިބޭ މީހުންގެ ނަންތައް ހާމަކުރާނެ ކަމަށެވެ.

މިއަދު ހަވީރު ވެރިކަމުގެ ހުވައި ކުރަށްވާ ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރުން ގަވާއިދުން ދީފައިވާ އެއްވެސް ގޯއްޗެއްވެސް އަދި ފްލެޓެއްވެސް އަތު ނުލައްވާނެ ކަމަށެވެ. އަދި ގޯއްޗާއި ފްލެޓަށް އެދި ހުށައަޅާފައިވާ އެއްވެސް ފޯމެއްވެސް ބާތިލު ނުކުރަށްވައި އެކަން މާ ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދަޅުޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން