އިންޑިއާގެ އިރުއުތުރުގެ ސްޓޭޓް މިޒޯރާމްގެ ބަކްޓަވަންގް އަވަށަކީ ދުނިޔޭގެ އެންމެ ބޮޑު އާއިލާ ދިރިއުޅޭ ރަށެވެ. ޒިއޯނާ ޗާނާ ނަމަކަށް ކިޔާ މީހަކު ބިނާކޮށްފައިވާ މި ބޮޑު ގޭބިސީގައި އެއް އާއިލާއެއްގެ ޖުމްލަ 199 މެމްބަރުން ހިމެނެއެވެ.
ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެ ދިގު މުއްދަތަކަށް ބަލިވެ އުޅުމަށްފަހުގައި 2021 ވަނަ އަހަރުގައި ޒިއޯނާ ވަނީ އުމުރުން 76 އަހަރުގައި ދުނިޔެއާއި ވަކިވެފައެވެ. ޒިއޯނާ ދުނިޔެއާއި ވަކިވިއިރު 38 އަނބިންނާއި 89 ދަރިންނާއި 36 ކާފަދަރިން ދުނިޔޭގައި މިވަގުތު އެބަތިއްބެވެ.
މި އެންމެން ދިރިއުޅެނީ 4 ފަންގިފިލާ ހިމެނޭ ޖުމްލަ 100 ކޮޓަރި ހުންނަ ގެއެއްގައެވެ. އެހެންކަމުން، ދުނިޔޭގެ އެންމެ ބޮޑު އާއިލާ ދިރިއުޅޭ މި ގެ ވަނީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަަށްވެފައެވެ.
ޒިއޯނާ އޭނާގެ އެންމެ ފުރަތަމަ ކައިވެނި ކުރީ އުމުރުން 17 އަހަރުގައެވެ. ނިޔާވުމުގެ ކުރިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒިއޯނާ ބުނީ އެއް އަހަރު ތެރޭގައި 10 މީހުންނާއިވެސް ކައިވެނި ކުރެވިފައިވާ ކަމަށެވެ.
މި އާއިލާއާއި ގާތް މީހަކު ބުނެދިން ގޮތުންނަމަ އެމީހުން އެންމެން ކައި އުޅެނީވެސް އެއް ތަނެއްގައި ތިބެގެން އެއްވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު