މަރިޔަމް ލަމްޙާ ރަޝީދު   18 ނޮވެމްބަރު 2023 - 15:10
އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގައި ކޮލަޖިން އުފައްދާ މިންވަރު ދަށްވެއެވެ. އަދި ހަންގަނޑު ޒުވާންކަން ގެއްލި ހަންގަނޑުދޫވެ ރޫޖެހެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ކޮލަޖިން އިތުރުކުރުމަށް ކެއިން ބުއިމުންނާއި ކޮލަޖިން ކްރީމްތަކުގެ ބޭނުންކުރެވިދާނެއެވެ. ތިރީގައި މިވަނީ ކެއިން ބުއިމުގައި ގެންގުޅޭ ކޮލަޖިން ޤުދުރަތީގޮތުން އިތުރުކޮށްދޭ ބާވަތްތަކެވެ.

1. ފޮނި ތޮށި: ފޮނިތޮށި ގަހަކީ ނަމީބިއާގައި އުފެދޭ 2000 އަހަރަށް ދެމި ހުންނަ ގަހެކެވެ. ފޮނިތޮށީގައި ހަށިގަނޑަށް ބޭނުންވާ ކޮލަޖިން އުފެއްދުމަށް އެހީތެރިވެދޭ ސިނަމަލްޑީހައިޑް ކިޔާ މާއްދާއެއް ހިމެނެއެވެ.

2. އަޝްވަގަންދާ: އިނގިރޭސި ރަދީފުގައި 'އިންޑިއަން ޖިންގްސެން'ގެ ނަމުން ނަންދެވިފައިވާ މި ބާވަތަކީ ކޮލަޖިން އުފެއްދުމަށް އެހީތެރިވެދޭ އަދި ހަންގަނޑަށް ބޭނުންވާ ތާޒާކަން ލިއްބައިދޭ ބާވަތެކެވެ. އަދި މިއީ އައު ސެލްތައް އުފެއްދުމަށް އެހީތެރިވެދޭ ބާވަތެކެވެ.

3. ޖިންގްސެންގ: ޖިންސެން މުލުގައި ހަށިގަނޑުން ކޮލަޖިން މަދުވުމުން ރައްކާތެރިކޮށްދޭ މާއްދާތައް އއެކުލެވިގެންވެއެވެ. އަދި ކޮލަޖިން އިތުރަށް އުފެއްދުމަށް އެހީތެރިވެދީ ލޭދައުރުވުންވެސް ޖިންގްސެން ކެއުމުގައި ބޭނުންކުރުމުން ރަނގަޅުވެއެވެ.

4. ރީނދޫ: ރީދުލުގައި ހިމެނޭ ކާކުމިންގެ ސަބަބުން އޮކްސިޑޭޝަން ނުވަތަ ހަންގަނޑުގެ ސެލް މެންބްރޭން އާއއެކު ސެލުލާ ޕްރޮޓީންސްއާއި ލިޕިޑްސް އާއި ޑިއެންއޭ އަށް ގެއްލުންވުމުގެ މައްސަތައް ކުޑަވެއެވެ. އަދި މީގެ ސަބަބުން އިންފްލެމޭޝަން ކުޑަވެއެވެ. އަދި ހަންގަނޑުގައި ކޮލަޖިން އުފައްދާ މިންވަރުވެސް އިތުރުކޮށްދެއެވެ.

5. މުރަނގަ ފަތް: މުރަނގަފަތަކީ ވިޓަމިން ސީއިން މުއްސަނދި ބާވަތެކެވެ. އަދި ކޮލަޖިން އުފެއްދުމަށް އެހީތެރިވެދޭ ބާވަތެއްވެސް މެއެވެ. އަދި މީގެ ސަބަބުން މަސްތަކަށް ބާރުވެ ހަންގަނޑު ދޫވުމުގެ މައްސަލަ ކުޑަކޮށްދޭނެއެވެ. މީގެ އިތުރުން މިއީ ހަށސިގަނޑުގައި ލޭދައުރުވުމަށްވެސް އެހީތެރިވެދޭ ބާވަތެކެވެ.

6. އިނގުރު: އިނގުރުގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްތައް ހިމެނެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ލޭދައުރުވުން ރަނގަޅުކޮށްދީ ކޮލަޖިން އުފައްދާ މިންވަރު އިތުރުކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން