ފަލަސްތީނުގެ ބަލިމީހުން އެކުވެރި އަރަބި އިމާރާތް، ޔޫއޭއީ ހޮސްޕިޓަލުތަކުން ފަރުވާދޭން ގެންދިއުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
މިގޮތުން ޔޫއޭއީއަށް ފަރުވާދޭން އެންމެ ފުރަތަމަ ގެންދިޔަ މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ހިމެނޭހެން ނުވަ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއާބަސް އޭ 320 މަރުޖާގެ ފްލައިޓެއްގައި އެގައުމަށް ގެންދިޔަ އެމީހުންނަށް ދުބާއީގެ ހޮސްޕިޓަލުން ފަރުވާދޭން ވެސް ވަނީ ފަށާފައެވެ.
މި ދަތުރުގައި ސިއްހީ މަސައްކަތްތެރިން ހިމެނޭހެން 50 ފަސިންޖަރުން ދަތުރުކޮށްފައި ވެއެވެ. އެމީހުން ޔޫއޭއީއަށް ދަތުުުރު ފަށާފައިވަނީ މިސްރު މަގުންނެވެ.
"މިއީ މިގޮތަށް ފަލަސްތީނަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ތެރެއިން ފުރަތަމަ ފްލައިޓް. ޒަޚަމްވި އިތުރު މީހުން ގެންނަން މަސައްކަތްކުރާނަން." ފްލައިޓުގައި ބަލިމީހުންނާއެކު ދިޔަ އޮފިޝަލަކު ވިދާޅުވިއެވެ.
އިޒްރޭލުން ފަލަސްތީނަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކަށް އަނިޔާވަމުންދާތީ ޔޫއޭއީއިން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ.
"މިކަމާ ގުޅިގެން ރައީސް، ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވަނީ 20 މިލިއަން ޑޮލަރުގެ އިންސާނީ އެހީގެ ޕެކޭޖެއް ދޫކުރުމަށް އެންގުމެއް ނެރެފަ. އަދި 'ގޭލަންޓް ނައިޓް' އޮޕަރޭޝަންގެ ތެރެއިން ޣައްޒާގެ ތެރޭގައި އިންޓަގްރޭޓެޑް ފީލްޑް ހޮސްޕިޓަލެއް ގާއިމް ކުރުމަށް ވެސް އަމުރު ކުރެއްވި." ޔޫއޭއީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

📹The #UAE has flown in the first batch of injured #Palestinian children and women from Egypt to Abu Dhabi.
— Khaleej Times (@khaleejtimes) November 18, 2023
Nine children and women, including a pregnant lady, were carefully transported from an Airbus A320 flight to waiting ambulances.https://t.co/ZQxx3ssv9L pic.twitter.com/ZcmTYdMcMM
މި ދަތުރުގައި ސިއްހީ މަސައްކަތްތެރިން ހިމެނޭހެން 50 ފަސިންޖަރުން ދަތުރުކޮށްފައި ވެއެވެ. އެމީހުން ޔޫއޭއީއަށް ދަތުުުރު ފަށާފައިވަނީ މިސްރު މަގުންނެވެ.
"މިއީ މިގޮތަށް ފަލަސްތީނަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ތެރެއިން ފުރަތަމަ ފްލައިޓް. ޒަޚަމްވި އިތުރު މީހުން ގެންނަން މަސައްކަތްކުރާނަން." ފްލައިޓުގައި ބަލިމީހުންނާއެކު ދިޔަ އޮފިޝަލަކު ވިދާޅުވިއެވެ.
އިޒްރޭލުން ފަލަސްތީނަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކަށް އަނިޔާވަމުންދާތީ ޔޫއޭއީއިން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ.
"މިކަމާ ގުޅިގެން ރައީސް، ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވަނީ 20 މިލިއަން ޑޮލަރުގެ އިންސާނީ އެހީގެ ޕެކޭޖެއް ދޫކުރުމަށް އެންގުމެއް ނެރެފަ. އަދި 'ގޭލަންޓް ނައިޓް' އޮޕަރޭޝަންގެ ތެރެއިން ޣައްޒާގެ ތެރޭގައި އިންޓަގްރޭޓެޑް ފީލްޑް ހޮސްޕިޓަލެއް ގާއިމް ކުރުމަށް ވެސް އަމުރު ކުރެއްވި." ޔޫއޭއީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު