ވިލާ ޓްރޭޑިންގެ ދަށުން ފެށި "ވިލާ މާޓު" ސުޕަމާކެޓް ޗެއިނުގެ ހުޅުމާލެ ފޭސް ޓޫގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓުގެ ޓަވަރ 14ގެ ފިހާރައިން 24 ގަޑީރަށް ޚިދުމަތް ދޭން ފަށައިފިއެވެ.

24 ގަޑީރަށް ޙިދުމަތް ފަށައިފައި މިވަނީ މި ހިނގާ ނޮވެމްބަރ މަހުގެ 15 ވަނަ ވީ އަންގާރަ ދުވަހުން ފަށައިގެންނެވެ.

ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި މި ޗެއިންގެ މާޓެއް ހުޅުވީ މާލެ އަށް ފަހު އެންމެ އާބާދީ ބޮޑު އަދި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ތަނަށް ހުޅުމާލެ ވެފައި، ހުޅުމާލެ ފޭސް ޓޫގައި ހުންނަ ހިޔާ ފްލެޓުފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، އެ ސަރަހައްދުގައި ތަކެތި ބައްލަވައިގަންނަވަން ބޭނުންވާ ކަސްޓަމަރުންނަށް ވީހާ ވެސް ކައިރިން، ފަސޭހަކަމާ އެކު ހިދުމަތް ދިނުމަށް ކަމަށް ވިލާ މާޓު ހިންގާ ވިލާ ޓްރޭޑިންގުން ބުނެއެވެ.

އެގޮތުން ވިލާ މާޓު 4 އަކުން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބޭނެ އެވެ. އަދި ވިލާ މާޓުގެ އެހެން ފިހާރަތަކެކޭ އެއް ފަދައިން މި ފިހާރައިން ވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުތަކުގައި ލިބޭނެއެވެ.



މީގެ އިތުރުން، ވިލާ މާޓުން ލިބޭ ހުރިހާ ސާމާނެއް ވިލާމާޓުގެ ހާއްސަ ވެބްސައިޓުންނާއި މޯބައިލް އެޕުން އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2 އަށް ޑެލިވަރީ ކޮށްދެ އެވެ. އަދި، އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދޭނެ އެވެ. މި ޚިދުމަތުގެ އިތުރުން ވިލާ މާޓު ހަތަރެއްގައި އެކްސްޕްރެސް ކިއު އެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި މިކިއުއިން މަދު އަދަދެއްގައި އެއްޗެހި ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އަވަސް ހިދުމަތް ދިނުމަށް ހަމަޖެިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން