ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ އާއިލާއާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފިއެވެ.

ޝިލްޕާގެ ދެ ކުދިންނާއި ފިރިމީހާގެ އިތުރަށް އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް ޝިލްޕާގެ މި ދަތުރުގައި ބައިވެރިވިއެވެ.



މި އެންމެން ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ކުޑަ ވިލިނގިލި ރިޒޯޓްގައެވެ.



ރާއްޖެއަކީ އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ޗުއްޓީ ހޭދަކުރަން މަޤްބޫލު މަންޒިލެކެވެ. ޝިލްޕާއެކޭ އެއްގޮތަށް ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫއާއި ލަވަކިޔުންތެރިޔާ ނޭހާ ކައްކަރްވެސް ވަނީ މި މަސް ތެރޭގައި އާއިލާއާއިއެކު ރާއްޖޭގެ ރިޒޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން