ނުހިއްކާ ސަރަހައްދަކުން ބިމެއް ރަޖިސްޓްރީ ނުކުރެވޭނެކަމަށާއި، ކުރީ ސަރުކާރުން އެކަން ކޮށްފައި އޮތީ އުސޫލުތަކާއި ހިލާފަށްކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ހައުސިންގ މިނިސްްޓަރ މިހެން ވިދާޅުވީ ނިމިގެން ދިޔަ ރައީސް ސާލިހުގެ ސަރުކާރުން ނުހިއްކާ އޮތް ގިރާވަރުފަޅުން ބަޔަކަށް ގޯތި ދޭން ނިންމައި އެކަމާއި ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްްޓަރ ހައިދަރު ވިދާޅުވީ ގަވާއިދާއި ގާނޫނުތަކުގައި އޮންނަ ގޮތުން ރަޖިސްޓްރީ ކުރެވޭނީ އިން ކަނޑާ ވަކިކޮށްފައި އޮންނަ، ފެންނަން އޮންނަ ބިމެއްގައިކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ބަޔަކަށް ލިޔުންތަކެއް ދީފައި ވަނީ ނުހިއްކާ އޮތް ކަނޑުގެ ސަރަހައްދަކުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ނުހިއްކާ އޮތް ސަރަހައްދަކުން ބިމެއްގެ ރަޖިސްޓްރީ ނުކުރެވޭނެކަމަށާއި އެކަމާއި ގުޅިގެން ގާނޫނީ ލަފާ ހޯދަމުންދާކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމާނީ ގާނޫނީ ލަފާ ލިބުމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ނުހިއްކާ އޮތް ސަރަހައްދަކުން ދީފައި ހުރި ގޯތިތަކުގެ ބަދަލުގައި މާލެ ސަރަހައްދުގައި ހިންގާ އެހެން މަޝްރޫއަކުން ގޯތި ދެއްވާނެކަމަށެވެ.

ކުރީ ސަރުކާރުން ވަނީ މާލެ ހުޅުމާލެ އަދި ގިރާވަރުފަޅުން ގޯތި ދޫކުރިކަމުގެ ލިޔުން ދޫކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ ގޯއްޗަކީ ވުޖޫދުގައި ނެތް ގޯތިތަކެއްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ތިމަންނަ

22-Nov-2023

ސާބަހޭ ބަފަޔާ! ރައްޔަތުން ރަގަޅަށް ޅޮސް އުދޯއްޔަށް އަރުވައިފި


-6

ޕްރޭމްޗޯޕްރާ

22-Nov-2023

ރައްޔިތުންނަށް އެއްޗެއް ދޭންވީމަ ޤާނޫންއަތަށް ނަގައިގެން ހުރިހާކަމެއްކުރަންވީ، ކޮންމެ ބަޔަކަށް ވެރިކަންދިނީމަ ރައްޔިތުންގެ ޚަޒާނާ ލޫޓުވާކަށް ޤާނޫނެއް ހަމައެއްލަމައެއް ކަނޑެއް ފަޅެއް ބިމެއް ނޯވޭ.


6

ޕްރޭމްޗޯޕްރާ

22-Nov-2023

ރައީސް ޑރ މުއިއްޒުވިދާޅުވީ ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓާނަމޭ އެހެންވީމަ ގޯތިދޭން މިދިޔަސަރުކާރުން ހިއްކަން ކަނޑައެޅި ސަރަހައްދުހިއްކީމަ ލިޔުން ދީފަ ހުރި ގޯތިތައް ހުންނާނެއްނު. ކީއްވެ ރައްޔިތުންނަށް އެއްޗެއް ދޭންވީމަ ދިގުދަންމާ ބަހަނާ ގިނަކުރަނީ. ކުރިއަށް އޮތް 5އަހަރަށް ބޮޑުމުސާރައާއެކު ބާރު ރައްޔިތުންދިނީ ކަންކަން ކުރަން. ރައްޔިތުންބޭނުންވާ އެއްޗެހި ރައްޔިތުންނަށް ހޯދައިދޭން.


3

ބަބޫ

21-Nov-2023

ހުޅުމާލެއިން ބެހި ގޯތިތަށް އަތުކައު އެތާ ފްލެޓް އަޅައި ބިން ލިބުނު މީހުނަށއ ފްލެޓް ހިލޭ ދޭންވީ. ނޫނީ ހުޅުމާލެއަކީވެސް މާލެ ކަހަލަ ސްލަމް އަކަށއ ބަދަލުވާނެ


1

ގޯތި

21-Nov-2023

ބަޔަކު ހޭބަލިވެދާނެ. މާޒީގަ އޮތީ މޫދުން ފަޅުން ގޯތި ދީފަ މާލެއިން. ރައީސް އިބްރާހީމް ނާޞިރު ފަޅުން ބާހާލި ގޯތި ތައް މާފަންނު ޝަހީދުއަލީ ހިނގުމުން ފެށިގެން ހުޅަގަށް ގިނަވާނީ. މިފަހަރު ގޯތި އަތުލުމުގެ ކުރިން ތިމިނިސްޓަރ އަށް ރުހުން ދޭން ނުފެނޭ


0

ކުޅަނދޭ

21-Nov-2023

ބިމާ ބެހޭ ގާނޫނުގައި އޮންނަނީ ގޯތި ދޫކުރެވޭނީ ހިކިފަސްތާކުންނޭ.


-2

މޫސީ

21-Nov-2023

އެކީއްވެ? ހަނދުންވެސް މީހުން ބިން މިލްކު ކުރޭ


-6

ފާތުތައު

21-Nov-2023

ފްލެޓެއްގެ ކުރެހުން އަޅާލާއިރަށް ފްލެޓް ގަންނަންފަށާ ދޯ. ކޮބާ ތަފާތަކީ.


3

ޢުސްމާނު

21-Nov-2023

ތިޔަ އުޅުވަނީ ރައިޔަތުން އައް އަނިޔާކުރަން މަގުމަތިން ސަރިޔައި ހިންގަން ގޮވާނުލާ ނޫނީލަސް ތަކެއް ނުވެ ހުޅުންބުދާނީ ވި


1

ނުހިއްކާ

21-Nov-2023

ގިރާވަރު ފަޅުގައި ނުހިއްކާތަނަކުން ގޯތިދިންކަމަށް ބުނަނީ ޖަރީމާއެއް ހިންގަން.. މިވެރިކަން އަވަހަށް ބަދަލުކުރަންޖެހޭ



ޓްރެންޑިން