މަރިޔަމް ލަމްޙާ ރަޝީދު   21 ނޮވެމްބަރު 2023 - 13:32
ބަނޑުހަރުވުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރާ ވޭން ހުރި ކަމެކެވެ.

މަސައްކަތުގައި ބުރަކޮށް އުޅޭ މީހުންނަށް ކޮންމެ ފަހަރަކު ބަނޑުހަރުވުމުގެ މައްސަލަ ދިމާވެގެން ކޮންމެ ފަހަރަކު ހަސްފަތާލަށް ދިއުމަކީވެސް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ ގޭގައި ހުރެ މިއުނދަނގޫތަކަށް ފަސޭހައިން ހޯދޭނެ ލުއިތައް ދެނެގަތުން މުހިންމެވެ. ތިރީގައި މިވަނީ މީގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެކެވެ.

1. ގަނދަކޯޅިފަތު ސައި:

ގަނދަކޯޅިފަތަކީ ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.ވަކިން ޚާއްސަކޮށް ރޯގާތަކަށް މިފަތުގެ ބޭނުން ހިފައި އުޅެއެވެ. މިއީ ބަނޑުހަރުވުމަށްވެސް ހައްލު ލިއްބައިދޭ ބުއިމެކެވެ. މިގޮތުން މިސައިގައި ހިމެނޭ 'ލެކްސޭޓިވް' މާއްދާތަކުގެ ސަބަބުން ބަނޑު ދިޔައިވެ ފާޚާނާ ކުރަން ފަސޭހަވެއެވެ. ގަނދަކޯޅިފަތުގެ ސައި ހެދުމުގައި ކުޑަ އިނގުރުކޮޅެއް ލުމުން ގޮހޮރުގެ މަސްތައް ހަމަޖެހި ނުވަތަ 'ރިލެކްސްވެ' ފަސޭހައިން ފާޚާނާކުރުމަށް އެހީތެރިވެދޭނެއެވެ.

2. ސެސިމީ ސީޑް:

ސެސިމީ ސީޑްސްގެ ދިވެހި ނަމަކީ ތިލެޔޮއެވެ. ސެސިމީ ސީޑްގައި ހިމެނޭ ތެޔޮ ފަށަލައިން ގޮހޮރުގެ އެތެރޭގައި ތެތްކަން އިތުރުކޮށްދީ ކާތަކެތި ހަޖަމުވެ ފާޚާނާ ކުރުމަށް އެހީތެރިވެދެއެވެ. ސެސިމީ ސީޑްއަކީވެސް ލެކްސެޓިވް ނުވަތަ ބަނޑުދިޔައިކޮށްދޭ މާއްދާ އެކުލެވިގެންވާ ބާވަތެކެވެ.

3. ޗިއާ ސީޑް:

ޗިއާ ސީޑްއަކީވެސް ބަނޑުދިޔައިކުރުމަށް ރަނގަޅު ބާވަތެކެވެ. ޗިއާ ސީޑް ފެނުގައި ބެހެއްޓުމަށްފަހު ރަނގަޅަށް ފޯވުމުން ފެނަށް އަޅައިގެން ބޯށެވެ. ޖެލްހެން ހުންނަ މިބާވަތުން ބަނޑުތެރެ ސާފުކޮށްދީ އަވަހަށް ފާޚާނާ ކުރުމަށް ފަސޭހަވާނެއެވެ.

4. އޯޓްސް:

އޯޓްސްގެ ބައި ޖޯޑުގައިވެސް 3 ގްރާއިމް ސޮލިއުބަލް ފައިބަރ އެކުލެވިގެންވެއެވެ. މިއީ ހަޖަމުގެ ނިޒާމަށް ބޭނުންވާ ފެން އިތުރުކޮށްދީ ބަނޑުގައި ކާތަކެތި އަވަހަށް ފަސޭހައިން ހަޖަމުކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

5. މުގު:

މުގަކީވެސް ފައިބަރ ގިނައިން އެކުލެވޭ ބާވަތެކެވެ. ކައްކާފައިވާ މުގުގެ ޖޯޑެއްގައި 13،1 ގްރާމް ފައިބަރ އެކުލެވިގެންވެއެވެ. އެހެންކަމުން މިއީވސް ފަސޭހައިން ބަނޑުހަރުވުމުގެ އުނދަގޫތަކުން މިންޖުވުމަށް ކެއުމުގައި ބޭނުން ކުރެވިދާނެ ބާވަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން