ފެނަކައިން އެކުންފުނީގެ 900 ވަގުތީ މުވައްޒަފުން ދޫކޮށްލައިފިއެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން 900 ވަގުތީ މުވައްޒަފުން ދޫކޮށްލާފައިވާކަން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވަނީ "ރަސް އޮންލައިން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ނިމިދިޔަ ހަފްތާގައި ފެނަކަ ކޮޕަރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކުންފުންޏަށް އެކި މަޝްރޫޢުތަކަށް މީހުން ނަގާފައިވަނީ ނޮވެމްބަރ 30 ގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ އުސޫލުން ކަމަށެވެ. އެހެންކަމުން، އެ މުވައްޒަފުން ނެގުނު ބޭނުން ފުރިހަމަވުމުން އެ މުވައްޒަފުންނާއެކު ހަދާފައިވާ އެެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް ފެނަކައިން ބުނެފަވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެނަކައިން ވަނީ އެކި މަޝްރޫޢުތަކަށް ކޮންޓްރެކްޓް އުސޫލުން 2000 އަށްވުރެ ގިނަ ވަގުތީ މުވައްޒަފުން ނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން