ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ 5 ވަނަ ދައުރަކަށް ޝެއިހް ހަސީނާ ވާޒިދް އިންތިޚާބުވެއްޖެއެވެ.
އެއާއެކު، 2009 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިކަަމަށް ވަޑައިގަތް ހަސީނާ ވަނީ ދުނިޔޭގައި އެންމެ ގިނަ ދުވަހު ވެރިކަންކުރެއްވި އަންހެން ބޭފުޅާގެ މަޤާމު ދަމަހައްޓަވާފައެވެ. އިއްޔެގައި ބޭއްވި އިންތިޚާބު ހަސީނާ ކާމިޔާބުކުރެއްވީ އެކަމަނާއާއި ވާދަކުރެއްވި އިދިކޮޅު ޕާޓީން އިންތިޚާބު ބޮއިކޮޓްކުރުމުގެ ސަބަބުންނެވެ. އިދިކޮޅު ޕާޓީގެ ފަރާތުން ހަސީނާއާއި ވާދަކުރެއްވީ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާއެވެ.
ބަންގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަނުން ބުނީ އިދިކޮޅު ޕާޓީން އިންތިޚާބު ބޮއިކޮޓް ކުރުމުގެ ސަބަބުން ވޯޓުލާން ދިިޔަ މީޙުންގެ އަދަދު މަދުވި ކަމަށެވެ. އެގޮތުން، އިއްޔެގެ އިންތިޚާބުގައި ވޯޓް ލާފައިވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ބަންގްލަދޭޝް އާބާދީގެ 40 އިންސައްތަ މީހުންނެވެ.
އިއްޔެ ބޭއްވި އިންތިޚާބު ތެރެއިން ހަަމަނުޖެހުންތަކެއްވެސް ހިނގާފައިވާ ކަމަށް ކޮމިޝަނުން މަޢުލޫމާތުދީފައި ވެެއެވެ. އެގޮތުން ވޯޓުލުމުގެ ކުރިން ވޯޓު ފޮށިތަކުގައި ރޯކޮށްލި ހާދިސާއެއްވެސް ހިންގާފައި ވެއެވެ. މީގެއިތުރުން، އިއްޔެ ބަންގްލަދޭޝްގެ ރޭލެއްގައި އަލިފާން ރޯކުރުމުގެ ސަބަބުން ދެ ކުޑަކުދިން ހިމެނޭ ގޮތަށް ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައި ވެއެވެ.
ހަސީނާ ވެރިކަން ކުރައްވަނީ ހުދު މުޚުތާރުކޮށް ކަމަށް ބުނެ، އިދިކޮޅު ޕާޓީން ވަނީ އެކަމަނާގެ އިސްތިއުފާއަށް ގޮވާލާފައެވެ. ބަންގްލަދޭޝްއަށް އިގްތިސާދީ މައްސަލަތައްވެސް ކުރިމަތިވެފައިވާއިރު، އެގައުމަށް ވަނީ މިދިޔަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ލޯނެއް ހޯދަންވެސް މަޖުބޫރުވެފައެވެ.
އަނިޔާވެރިކަމާއި ވޯޓުލާ މީހުންނަށް ބިރުދެއްކުމުގެ ރިޕޯޓްތައް އިތުރުވާތީ ފާޑުކިޔާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމުން އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ ހަސީނާ އާއި އޭނާގެ ސަރުކާރު މިސްރާބު ޖަހާފައިވަނީ އެއް ޕާޓީގެ ނިޒާމަކަށް ކަމަށް ބުނެފައެވެ.
އިގްތިސާދީ ކަންބޮޑުވުންތައް އުފެދިފައިވާއިރު، މިދިޔަ މަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކްސްޗޭންޖް ރޭޓް ފްލެކްސިބިލިޓީ ބޮޑު ކުރުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު