އެމެރިކާއާއި އިނގިރޭސިން ގުޅިގެން ޔަމަނާއި ހޫތީންނަށް ހަމަލާ ދޭން ފަށައިފިއެވެ.

އެމެރިކާއިން ދަނީ ރަތް ކަނޑުން އިޒްރޭލަށް ދަތުރުކުރާ ބޯޓުފަހަރަށް ޔަމަންގެ ހޫތީން ހުރަސް އެޅުމަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް އެޅޭ ހުރަހެއް ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް، އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ނިރުބަވެރި ހަމަލާތައް ހުއްޓުވުމަށް ބާރުއަޅަމުންދާ ހޫތީން ކަނޑުމަގުން ދަތުރުކުރި އެއްވެސް މީހަކު މަރާލާފައެއް ނުވެއެވެ.

އެހެން ނަމަވެސް ޣައްޒާގެ ދިފާއުގައި ރަތް ކަނޑުގައި ކުރަމުންދާ މަސައްކަތްތައް ނުހުއްޓާނެ ކަމަށް ހޫތީ ހަނގުރާމަވެރިން ވަނީ ބުނެފައެވެ. މިކަމުގެ ބަދަލު ހިފުމަށް އެމެރިކާގެ އަސްކަރީ ބޭސްތަކަށް ރައްދު ހަމަލާދޭނެ ކަމަށް ހޫތީން ބުނެފައި ވެއެވެ.

އަނެއްކޮޅުން، މިހާރުވެސް ޣައްޒާގައި ކުރާ ހަނގުރާމައާއި ދެކޮޅަށް ސައުތު އެފްރިކާއިން އައިސީޖޭގައި ވަކާލާތު ކުރަމުންދިޔަ ނަމަވެސް، އިޒްރޭލުން ޣައްޒާގައި ކުރިއަށްގެންދާ ނިރުބަވެރި ހަމަލާތައް މެދުކަނޑައެއް ނުލައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 23،469 މީހުން ވަނީ ޝަހީދު ކޮށްލާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން