އިސްރާއިލުން ޣައްޒާގައި ހިންގަމުންދަނީ ގަތުލު އާންމެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަޔަށް ބްރެޒިލުން ވެސް ތާއިދުކޮށްފި އެެވެ.
އެ މައްސަލައިގެ އަޑު އެހުންތައް އިއްޔެ ކޯޓުގައި ފެށުމުގެ ކުރިން ބްރެޒިލްގެ ރައީސް ލޫލާ ދަ ސިލްވާ ވަނީ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަށް ތާއިދުކުރާކަން ހާމަކުރައްވައިފަ އެވެ.
ލޫލާ ވިދާޅުވީ އިސްރާއިލުން ކުރަމުންދާ ހަނގުރާމައަކީ އިންސާނިއްޔަތާ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު ހަނގުރާމައެއް ކަމަށެވެ.
އެ މައްސަލައިގައި އިސްރާއިލާ އެއްކޮޅަށް ވާހަކަ ދައްކަމުން ދަނީ މައިގަނޑު ގޮތެއްގައި އެމެރިކާ އަދި އިނގިރޭސިވިލާތުން ނެވެ.
އެ ދެ ގައުމުން ވެސް ބުނާ ގޮތުން ހަމަލާތައް ހުއްޓާލުމަކީ ހަމާސް ވަރުގަދަ ވުމަށް ލިބޭ ހިތްވަރެއްކަމަށެވެ.
ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކަމުންދާ ގައުމުތަކުގެ ތެރޭގައި އޯއައިސީގެ 57 ގައުމު ހިމެނެ އެވެ.
އިސްރާއިލަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރެކެވެ. އަދި ގަތުލު އާންމާ ދެކޮޅު މުއާހަދާގައި ވެސް ބައިވެރިވެފައިވާ ގައުމެކެވެ.
އިސްރާއިލުން ޣައްޒާގައި ހިންގަމުން ދަނީ ގަތުލު އާންމެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން މައްސަލަ ހުށަހެޅީ ދެ އަސާސެއްގެ މައްޗަށެވެ. އެގޮތުން ޣައްޒާގައި އިސްރާއިލުން މަރާލި މީހުންގެ އަދަދާއި އަދި ޣައްޒާ ސުންނާފަތި ކޮށްލާފައި އޮތް މިންވަރުގެ އިތުރުން ޣައްޒާގައި ގަތުލު އާންމެއް ހިންގުމަށް އިސްރާއިލުގެ އިސް އޮފިޝަލުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށެވެ.
އެހެންވެ އިސްރާއިލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ދިނުމަށް ދެކުނު އެފްރިކާއިން ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު