އީރާނުން ޕާކިސްތާނަށް ދިން ހަމަލާތަކުގެ ބަދަލުގައި ޕާކިސްތާނުން ރައްދު ހަމަލާދީފިއެވެ.
މި މަހުގެ ތެރޭގައި އިރާންގެ އައިއާރްސީޖީގެ ކޮމާންޑަރެއްގެ މަގްބަރާއަށް އައިސިސް އިން ދިން ހަަމަލާއަށްފަހު އިރާނުން ވަނީ އެގައުމާއި ދެކޮޅަށް މަސައްކަތްކުރާ ނިރުބަވެރި އެކި ޖަމާއަތްތަކަަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައެވެ. އީރާނުން ޕާކިސްތާނަށް ހަމަލާދީފައިވަނީ އިރާގާއި ސީރިޔާގެ ސަރަހައްދުތަކަށްވެސް ހަމަލާ ދިނުމަށްފަހުއެވެ.
ޕާކިސްތާނުން އީރާންގައި ހަނގުރާމަވެރިން ފިލައި ތިބޭ ތަންތަނަށް ސިލްސިލާ އަސްކަރީ ހަމަލާތަކެއް ދީފައިވާއިރު، އެންމެ ފަހުން ހިނގި މި ހާދިސާގެ ސަބަބުން ދެގައުމުގެ ސަރަހައްދީ ރޮނގުގައި ވަނީ ހަމަނުޖެހުންތައް އިތުރުވެފައެވެ. މި ހަމަލާގައި ވަރަށް ގިނަ ހަނގުރާމަވެރިން މަރުވި ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ. އީރާނުން ވަނީ އެހަމަލާއަށް ޖަވާބުދާރީވުމަށް ޕާކިސްތާނަށް އަންގާފައެވެ.
ސިސްތާން އަދި ބަލޫޗިސްތާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު އަލިރޭޒާ މަރްހަމަތީ އިރާންގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގޮވުންތަކުގެ ސަބަބުން ހަތް މީހަކު މަރުވެފައިވާ ކަމަށާއި މަރުވި މީހުންގެ ތެރޭގައި ތިން އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށެވެ.
"ހެނދުނު 4:30 ހާއިރު ބޯޑަރު އަވަށެއްގައި ގޮވުމުގެ އަޑު އިވިފަވޭ، އެރަށަށް އެތައް މިސައިލެއް އަމާޒުކޮށްފަވޭ،" މަރްހަމަތީ ވިދާޅުވިއެވެ.
އީރާންގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ ސަރަވާން ސިޓީ ކައިރީގައި އިތުރު ގޮވުމެއް ގޮވި ނަމަވެސް އެ ގޮވުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މީގެ ކުރީގައި މި ދެގައުމުން ވަނީ އެކިފަހަރު މަތިން ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް، މިފަހަރު ދެގައުމުން ދީފައިވާ ހަމަލާތަކުން ސަރަހައްދީ ބޮޑު ހަމަނުޖެހުމެއް އުފެދުމުގެ ފުރުޞަތު ބޮޑު ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދެއެވެ.
ޕާކިސްތާނުން މީގެ ކުރީގައިވެސް އެގައުމަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ޖަމާއަތްތައް އީރާންގައި ހިމާޔަތް ހޯދައިގެން ތިބޭ ކަމަށް ތުހުމަތު މޮށްފައި ވެއެވެ. އަދި އީރާނަށް އެކަމުގެ ހެކިވެސް ހުށަހަޅާފައިވާ ކަމަށްވެސް ޕާކިސްތާނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު